ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 15:04
ފުލެޓް މައްސަލައިގައި ފުލެޓް ލިބުނު ފަރާތްތައް ޖަވާބެއް ހޯދަން މިނިސްޓްރީގައި
ފުލެޓް މައްސަލައިގައި ފުލެޓް ލިބުނު ފަރާތްތައް ޖަވާބެއް ހޯދަން މިނިސްޓްރީގައި
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ފުލެޓްތަކުގެ އެގްރީމެންޓުގައި ސޮއިކުރާނެ ތާރީހު އަންގާރަ ދުވަހު ހާމަކުރަނީ
 
ފުލެޓް އެގްރީމެންޓް ތައްޔާރުކުރަމުންދަނީ
 
އަންގާރަ ދުވަހު ޖަވާބެއް ދޭނެ

ފުލެޓްތަކުގެ އެގްރީމެންޓުގައި ސޮއިކުރާނެ ތާރީހު އަންގާރަ ދުވަހު ހާމަކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިިނިސްޓްރީން މިގޮތަށް ތާރީހެއް ދީފައިވަނީ، ފުލެޓް ލިބުނު ފަރާތްތަކުން ޖަވާބެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ދިއުމުން، އެ މިނިސްޓްރީން އެ ފަރާތްތަކާއި ބައްދަލުކުރި އޮފިޝަލެކެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ދަނީ އެގްރީމެންޓް ތައްޔާރު ކުރަމުން ކަމަށާއި، އެގްރީމެންޓްތައް ތައްޔާރުކޮށްފައި ހައުސިންގ މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީއަށް އެގްރީމެންޓްތައް ލިބުމާއެކު އެގްރީމެންޓް ހަވާލުކުރަން މިނިސްޓްރީން ގުޅަމުންދާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފަހިދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީއާއި ވާހަކަ ދައްކާފައިވާ ކަމަަށާއި، އެގްރީމެންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އެކަން ނިމޭނެކަމަށެވެ.

ނަމަވެސް އޮފިޝަލުންގެ މި ވާހަކައާއި ގުޅިގެން އެތަނަށް ދިޔަ ފުލެޓްތައް ލިބިފައިވާ ފަރާތްތަކުން ވަނީ ވަރަށް އަވަސް ތާރީހަކީ ތާރީހެއް ނޫން ކަމަށާއި، ވަކި ތާރީހެއް ދިނުމަށް އެދިފައެވެ. އެކަމާއި ގުޅިގެން ހައުސިންގެ އޮފިޝަލް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ތާރީހެއް ހޯއްދަވާފައި ޖަވާބެއް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތަށް އެ ވާހަކަފުޅާއި ތާރަޒު ނުވާގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ފުލެޓް ހަވާލުކުރަން ފަށާނެ ތާރީހެއް ހޯއްދަވައިގެން 2 ދުވަހެއްގެ ތެރޭގައި އެ ތާރީހު ދެއްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން އަންގާރަ ދުވަހު އެކަމާއި ގުޅޭ ތާރީހު ދެއްވާނެ ކަމަށާއި، އެ ދުވަހު މިނިސްޓްރީއަށް ދިޔުމަށް ވަނީ އެދިފައެވެ.

އަދި ފުލެޓްތަކުގެ މައްސަލައިގައި މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބުވެސް ލިޔަމުންދާ ކަމަށެވެ. އަދި އެ ޖަވާބުތައް ވެސް ދެއްވާނެ ކަމަށެވެ.

ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް މިހަފުތާއާއި އަންނަ ހަފުތާގައި ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ފްލެޓުތަކުގެ މަސައްކަތް ނުނިމޭ، އެމަސައްކަތް ނިމޭއިރު ފެލެޓު ކޮމެޓީގެ މަސައްކަތް ވެސް ނިންމާ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރާނެ: ހީނާ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ގޯއްޗާއި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅޭކަމަށް ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު ޚަބަރެއް: މިނިސްޓްރީ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!