ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 01:08
ރައީސް އޮފީހުގެ ކުރީގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު
ރައީސް އޮފީހުގެ ކުރީގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު
ރައީސް އޮފީސް
ޝަހީބު މަގާމުން ވަކިކުރުން
ޝަހީބު އިސް ތަރުޖަމާނުކަމުން ވަކިކޮށްފި
 
ބަދަލުކޮށްފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
 
ޝަހީބު މަގާމަށް އައްޔަންކުރީ 13 ޑިސެމްބަރުގައި

ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށްފިއެވެ.

އޭނާ އެ މަގާމުން ވަކިކުރީ ޑިސެމްބަރު 31 ވަނަ ދުވަހުއެވެ.

ޝަހީބު ރައީސް އޮފީހުގެ އިސް ތަރުޖަމާނުކަމުގެ މަގާމަށް އައްޔަންކުރެއްވީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު މަހަކާ ގާތްވެފައިވަނިކޮށް ޝަހީބު އެ މަގާމަށް އައްޔަން ކުރެއްވުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.

ވަކިން ހާއްސަކޮށް، ޝަހީބަކީ މީޑިއާތަކާއި ބީރަށްޓަހި، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން ނޫސްތައް ހުއްޓުވާ ބޮޑު އަދަދުތަކުން ޖޫރިމަނާކުރަމުން ދިޔަ ބޭފުޅަކަށްވުމާއެކު، އޭނާ އިސް ތަރުޖަމާނަކަށް އައްޔަންކުރުމުން ނޫސްވެރިންނާއި، މީޑިއާތަކުގެ އިސް ފަރާތްތަކުގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ.

ޝަހީބު އިސް ތަރުޖަމާނުކަމުގެ މަގާމުން ވަކިކުރުމަށްފަހު އޭނާ ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވާފައެވެ. އިސް ތަރުޖަމާނަކަށް ޝަހީބު އައްޔަންކުރެއްވީ ވެސް ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ މަގާމުތަކުގައި ހިމެނޭ ފަަރާތްތަކުގެ މައުލޫމާތު ހިމެނޭ ސަފްހާގައި ވެސް ބުނެފައިވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.

ޝަހީބު މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް އޮފީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޝަހީބު އަމަލުކުރައްވަމުން ގެންދަވާ ގޮތާއި، ނޫސްވެރިންނާއި ޒާތީ ގޮތެއް ގެންގުޅުއްވާތީ އޭނާއަށް ނޫސްވެރިންގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އަދި ކުރާ ސުވާލުތަކަށް ޖަވާބު ނުދެވި، ސަރުކާރަށް ފާޑިކިއުން ވެސް އިތުރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް