ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 17:42
ފުވައްމުލަކުގެ ބައެއް ގެތަކަށް ފެން ވަނުން
ފުވައްމުލަކުގެ ބައެއް ގެތަކަށް ފެން ވަނުން
ޓްވީޓަރ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި
 
ފުވައްމުލަކުގެ ބައެއް ގެތަކުގައި ފެންބޮޑުވެ ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
 
އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ފަދަ ހާލަތެއް މެދުވެރިވެފައިނުވޭ

ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުންދާ ވިއްސާރައިގައި، ފުވައްމުލަކު ސިޓީގެ 15 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިއްޖެއެވެ.

ހުކުރު ދުވަހު ހެނދުނުން ފެށިގެން ފުވައްމުލަކަށް ކުރަމުންދާ ވިއްސާރައިގައި، އެ ސިޓީގެ ބައެއް އަވަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގެއަށް ވަނީ ގެއްލުންވެފައެވެ.

އެގޮތުން ޖުމްލަ 15 ގެޔަކަށް ފެންވަދެ، ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން އެސިޓީގެ ކައުންސިލުން ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނީ ފެންބޮޑުވީ ބައެއް ގެތަކުގައި ނަމަވެސް ޖުމްލަކޮށް ލިބުނު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފެންބޮޑުވެ އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހުނު ފަދަ ހާލަތެއް މެދުވެރިވެފައިނުވާ ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގެ ބައެއް ގެތަކަށް ވެސް ފެންވަދެ، އެ ސިޓީގެ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫ އަދި ހުޅުމީދޫގައި ފެންބޮޑުވެ، ފޭދޫގެ 60 ށް ވުރެ ގިނަ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެ ސިޓީގެ މުވައްސަސާތަކުން ކުރިއިރު، ހުޅުމީދޫގެ 10 ގެއަކުން ފެން ހިއްކަން ޖެހުނެވެ.

އަދި އައްޑޫ މީދޫގެ 10 ގެއަކަށް ފެންވަދެ، ބައެއް ގެސްޓް ހައުސްތަކާއި ފިހާރަތަކަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން، ވ އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް