ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 18:17
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
ފަތުރުވެރިއެއްގެ ތަކެތި ވަަގަށްނެގުން
ފަތުރުވެރިއެއްގެ ތަކެތި ވަަގަށްނެގިކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި
ފަތުރުވެރިޔާގެ އަތުން ފޭރުނު ގޮތް ކިޔާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން
ފަތުރުވެރިޔާގެ ޑްރޯންއާއި، ކުޑަ ދަބަސް ވަނީ ވަގަށް ނަގާފައި

ފުވައްމުލަކުގައި ފަތުރުވެރިއެއްގެ ތަކެތި ވަަގަށްނެގިކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ފަތުރުވެރިއެއްގެ އަތުން ފޭރުނު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި ފޭރުނު މީހުން މިހާރު ދެެނެގަނެވިފައިވާ ކަމަށެވެ.

ފަތުރުވެރިޔާގެ އަތުން ފޭރުނު ގޮތް ކިޔާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯގައި އެމީހާ ބުނެފައިވަނީ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އޭނާ ކައިރިއަށް އައިސް، ވާހަކަ ދައްކައި ޑްރޯންއާ ގުޅޭގޮތުން ސުވާލުކޮށް ހެދި ކަމަށެވެ. އެއީ ވަރަށް ރަނގަޅު ދެކުދިން ކަމަށް ހީކުރެވުނު ކަމަށް އެމީހާ ބުނެއެވެ.

އޭގެ އިރުކޮޅެއްފަހުން ޑްރޯން ތިރިކުރުމަށްފަހު ފަތުރުވެރިޔާ އެރުނީ މޫދަށެވެ. އޭރު އެކުދިން ފެންނަ ހިސާބަކު ނެތެވެ. ނަމަވެސް ފަހުން އެކުދިން އައިސް ދަބަސް ނަގާތަން ފެނުނު ކަމަށް ފަތުރުވެރިޔާ ބުނެފައިވެއެވެ.

އެކުދިން ވަނީ ދަބަހާއި ޑްރޯންވެސް ނަގާފައެވެ. އޭނާގެ މޮބައިލް ފޯނުވެސް އޮތީ އެދަބަހުގެ ތެރޭގައެވެ. އެ ދަބަހުގެ ތެރޭގައި އޭނާ ވޮލެޓާއި ކްރެޑިޓް ކާޑުތަކާއި 200 ޑޮލަރާއި 1،500 ރުފިޔާ އާއި އެކި ލިޔެކިޔުންތަކާއި ސައިކަލުގެ ދަޅުގަނޑި ވެސް އޮންނާނެ ކަމަށް އެފަތުރުވެރިޔާ ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް