ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 10:01
ރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ރާއްޖެ-ބޮޓްސްވާނާ ގުޅުން ގާއިމުކުރުމުން
ރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފި
 
މިއީ ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި 186 ވަނަ ގައުމު

ދިވެހިރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފިއެވެ.

ދެ ޤައުމުގެ ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ހުންނަ އދ. ގެ ބޮޓްސްވާނާ މިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސެކެޓްރީ، ހާލާ ހަމީދެވެ. އަދި ބޮޓްސްވާނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ލެމޯގަންގް ކްވާޕޭއެވެ.

އެއް ޤައުުމު އަނެއް ޤައުމަށް އިޙްތިރާމް ކުރާ ޤައުމުތަކާ ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަކީ ދިވެހި ޚާރިޖީ ސިޔާސަތުގެ މުހިއްމު އަސާސެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަކީ ދެ ޤައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އިތުރަށް އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ބޮޓްސްވާނާ އަކީ ދެކުނު އެފްރިކާގައި އޮންނަ، ގާތްގަނޑަކަށް 2.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އެ ޤައުމަކީ ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރި 186 ވަނަ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް