ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 18:02
ހިޔާ ފްލެޓް
ހިޔާ ފްލެޓް
ރާއްޖެއެމްވީ
ހިޔާ ފްލެޓް
ހިޔާ ފިނިޝިންގއަށް ދިޔަ ދެ ލައްކަ ރުފިޔާއެއް ނުދޭނެ، ކުލިން އެބައި ހަމަޖައްސާގޮތަށް ނިންމައިފި
 
ކުރިއަށް އޮތް 7 އަހަރަށް ހިޔާ ފްލެޓުގެ ކުލީގެގޮތުގައި މަހަކު ދައްކަންޖެހޭނީ 3،984.21 ރުފިޔާ

ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ޚަރަދުވި ފައިސާގެ ތެރެއިން، އެވްރެޖެއް ކަމަށް ބަލައި، ދެ ލައްކަ ރުފިޔާ، ނަގުދު ފައިސާގެ ބަދަލުގައި ކުލިން މައާފްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ހިޔާ ފްލެޓު ފިނިޝިންގއަށް ޚަރަދުވި ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ މައާފްކޮށްދެއްވާނެ ކަމަށް ނިންމެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންގާރަ ދުވަހު ރައީސް އެފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދިޔަ ޚަރަދުތަކުގެ ތެރެއިން، އެވްރެޖްގޮތެއްގައި ދެ ލައްކަ ރުފިޔާ، އެ ފްލެޓްތަކުގެ ވެރިންނަށް ޑިސްކައުންޓްވާނެ ގޮތަށް ހައްދަވައިދެއްވާނެ ކަމަށް އޮތުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެހެންކަމުން އެ ކަންތައް ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، ހިޔާ ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ ފްލެޓްތަކުގެ އަގުން އުނިކުރާގޮތަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދެން އެކަންތައް ހުށަހަޅާ، [ފްލެޓްތަކުގެ އަގު ކަނޑައެޅުމުގެ ކަންކަން] އަޅުގަނޑުމެން މި ނިންމީ. ދެ ލައްކަ ރުފިޔާއަށް ވާވަރަށް ފްލެޓުގެ އަގުން އުނިކުރާ ގޮތަށް
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، އެއާއެކު، މިހާރު އޮތް އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތް އަހަރަށް މަހަކު ހިޔާ ފްލެޓަށް ދައްކަން ޖެހޭނީ 5،300 ރުފިޔާ ކަމަށާއި، އެހެން ނަމަވެސް ދެ ލައްކަ ރުފިޔާ ކަނޑާލުމާއެކު ކުރިއަށް އޮތް 7 އަހަރަށް، މަހަކު ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
43%
0%
29%
0%
29%
ކޮމެންޓް
5 ޑިސެންބަރ 2023 | އަންގާރަ 20:54
ފިނިޝް
މިގޮތް ރަނގަޅު. ފިނިޝިންގ ނުނިންމާ މީހުން އެބައުޅޭ އަދިވެސް.
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި