ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 05:40
ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް، ރާގިބް އަހުމަދު ހަލަފް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް، ރާގިބް އަހުމަދު ހަލަފް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފަލަސްތީނުގެ އޮނަރަރީ ކޮންސުލް
ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްއާ ޝާހިދު ބައްދަލުކުރައްވައިފި
 
ރާއްޖެއާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއްނެތި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރަން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް، ރާގިބް އަހުމަދު ހަލަފް އާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

އޮނަރަރީ ކޮންސުލްގެ މަގާމުގެ ފަތްކޮޅު، ފޮރިން މިނިސްޓަރު ޝާހިދާ ރާގިބް ހަވާލުކުރެއްވީ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއްނެތި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރަން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ ދައުލަތާ އެކީގައި ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ފަލަސްތީނުގެ ކޮންސުލް އަށް މިނިސްޓަރ ޝާހިދު ދެއްވި އެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ހަމަލާތައް ދެމުންދާއިރު ރާއްޖެއިން ވަނީ އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އ.ދ ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން އެދިފައެވެ. އަދި ރާއްޖޭގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ ރައްޔިތުން، ވަކި ދައުލަތެއް އުފެއްދުމަަށާއި އަމިއްލަ ޙައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއިދު ކުރުންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް