ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 08:06
ޗެސްޓާ ބެނިންޓަން
ޗެސްޓާ ބެނިންޓަން
އޭޕީ
ޗެސްޓާ ބެނިންޓަން
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
 
 ދެކައިވެންޏެއްކޮށް 6 ދަރިން ވަނީ ލިބިފައި
 
ޗެސްޓާ ދަންޖެގެން މަރުވިއިރު އޭނާގެ  އުމުރުރަކީ 41 އަހަރު

އެމެރިކާގެ މަޝްހޫރު ބޭންޑެއްކަމަށްވާ ލިންކިން ޕާކް ގެ ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންގްޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.

އޭނާ ފެނިފައިވަނީ އެމެރިކާގެ ލޮސް އެންޖަލްސްގައި ހުންނަ އޭނާގެ ގެ ކަމަށްވާ ޕަލޮސް ވާޑަން އެސްޓޭޓް ގެ ކޮޓަރިއެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ.

ޗެސްޓާ ދަންޖެގެން މަރުވިއިރު އޭނާގެ  އުމުރުރަކީ 41 އަހަރެވެ. އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޗެސްޓާ މަރުވެފައިހުއްޓާ ފެނިފައިވަނީ ބުރާސްފަތިދުވަހުގެ ރޭ 9 ޖެހިއިރުގައި ކަމަށެވެ.

ޗެސްޓާ  ދެކައިވެންޏެއްކޮށް 6 ދަރިން ވަނީ ލިބިފައެވެ.

މީގެ ކުރިން ޗެސްޓާ ވަނީ އޭނާއަށް ކުޑައިރު އޭނާއަށް އެކިމީހުންގެ ފަރާތުން އަނިޔާ ލިބިފައިވާކަމަށާއި އެކަމާހެދި އޭނާ މަރުވާން މަސައްކަތް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި އޭނާ އަކީ ރަލާއި މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހެއްކަމަށް ބުނެފައެވެ.

އެމެރިކާގެ ތަހުގީގު ޓީމުން ޗެސްޓާގެ މަރުގެ ތަހުގީގު މިހާރު ފަށާފައިވާއިރު އޭނާ އަމިއްލައަށް ދަންޖެހެން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭގޭ ކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޗެސްޓާ އަކީ މިދިޔަ މެއިމަހުގެ ތެރޭގައި އަމިއްލައަށް މަރުވި ސައުންޑް ގާޑެންގެ ލަވަކިޔުންތެރިޔާ ކްރިސް ކޯރްނެލްގެ ވެސް ގާތް ރަހުމަތްތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
20%
20%
20%
20%
20%
0%
ކޮމެންޓް