ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 17:40
"ޖައްގާ ޖާސޫސް" ގެ ޕޯސްޓަރ
"ޖައްގާ ޖާސޫސް" ގެ ޕޯސްޓަރ
ގޫގުލް
ޖައްގާާާ ޖާސޫސް
"ޖައްގާ ޖާސޫސް" މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑްގެ ފިލްމުބާ؟
 
ފިލްމާމެދު އެއްޗެކޭ ބުނަން އަދި އަވަސް
 
ފިލްމު ސިނަމާތަކަށް އައިސްފައިވަނީ އިއްޔެ

"ޖައްގާ ޖާސޫސް" ވަނީ ޖުލައި 14 ވަނަ ދުވަހު ސިނަމާތަކަށް އައިސްފައެވެ. ފިލްމު އެޅުވި ފުރަތަމަ ދުވަހު ވަނީ 8.57 ކުރޯޑް ރުޕީސް ލިބިފައެވެ. 

 

"ޖައްގާ ޖާސޫސް" އަކީ ބޮލީވުޑްގެ މިއުޒިކް ރޮމެންޓިކް އަދި ކޮމެޑީ ފިލްމެކެވެ. "ޖައްގާ ޖާސޫސް" ގެ ސްކްރިޕްޓް އަދި ޑައިރެކްޓް ކޮށްފައިވަނީ އަނޫރާގް ބާސޫއެވެ. ޕްރޮޑިއުސް ކޮށްފައިވަނީ ބާސޫ އަދި ރަންބީރު ކަޕޫރެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރު، ކެޓްރީނާ ކައިފް އަދި އަދާހް ޝަރުމާއެވެ. މިއީ ފުރާވަރު ކުއްޖަކަށް އޭނާގެ ބައްޕަ ނެތުމުން ކުރާ އިހްސާސްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ޖުމްލަ 10 ލަވަ ހިމެނޭކަމަށް ޑައިރެކްޓަރ އަނޫރާގް ބާސޫ ބުނެފައިވެއެވެ.

 

ދިގުމިނުގައި 3 ގަޑިއިރު ހުންނަ މި ފިލްމުގައި ބެލުންތެރިން އެންމެ ގަޔާވާނެ ފަދަ ގޮތަކަށް މަންޒަރުތަކާއި ލަވަތައް ގެނެސްދީފައިވެއެވެ.

 

"ޖައްގާ ޖާސޫސް" ނެރުމާއެކު އެ ފިލްމަށް ސޯޝަލް މީޑިއާގައި ދަނީ ތައުރީފު އޮހެމުންނެވެ. އެގޮތުން ޓްވިޓާގައި އެފިލްމަށް ލިބެމުންދަނީ ޕޮޒެޓިވް ކޮމެންޓްސް އެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ "ޖައްގާ ޖާސޫސް" އަކީ މިއަހަރު ނިކުތް އެންމެ މޮޅު ބޮލީވުޑް ގެ ފިލްމު ކަމަށެވެ. 

 

އެގޮތުން އެ ފިލްމު ބެލުމަށްފަހު ކޮމެންޓު ކޮށްފައިވާ ފަރާތަކުން ބުނެފައިވަނީ ފިލްމުގެ ވިޝުއަލް އާއި ވާހަކައިގެ އިތުރުން ފިލްމުގައި ދައްކުވައިދީފައިވާ ހުނަރަކީ ބަލައިގަންނަ ހުނަރު ކަމަށާއި ފިލްމު ރީތިކަމަށެވެ.

 

 

ބޮލީ ކިޔާ މީހަކު ޓްވީޓް ކޮށްފައިވަނީ  ޖައްގާ ޖާސޫސްއަކީ 2017 ވަނަ އަހަރު ނިކުތް ބޮލީވުޑް ފިލްމު ތަކުގެ ތެރެއިން މިހާތަނަށް ނިކުތް އެންމެ މޮޅު ފިލްމު ކަމަށާއި އެ ފިލްމު ނުބަލާ ދޫކޮށް ނުލުމަށެވެ. އަދި އޭނާ އެ ފިލްމު އަލުން އަދި ބަލާނެކަމަށެވެ.

 

 

އަނޫރާގް ބާސޫ "ބާރްފީ" އަށްފަހު އަނެއް މޮޅު ފިލްމު ލިބިއްޖެކަމަށާއި ރަންބީރަކީ މިދާއިރާގެ ވިޔަފާރިއަށް އެންމެ ރަނގަޅު ފަރާތް ކަމަށް ބުނެ ފިލްމު ބެލި އެހެން މީހަކު ބުނެފައިވެއެވެ.

 

 

"ޖައްގާ ޖާސޫސް" ނިކުތްތާ އެއްދުވަސް ފާއިތުވެފައިވާއިރު އެ ފިލްމަށް އަދި ލިބެމުންދާ ކޮމެންޓްސް ރަނގަޅުކަމަށް ހުރިހާ ފަރާތްތަކުންވެސް ބުނެއެވެ. އެހެން ނަމަވެސް އެ ފިލްމަކީ މޮޅު  ކާމިޔާބު ފިލްމެއްކަން އެނގޭނީ ކުރިއަށް އޮތްތާނގައި ފިލްމަށް ލިބޭ އާމްދަނީ އިން ކަމަށް ކްރިޓިސްޓުން ބުނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް