ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 08:24
އާޖެންޓީނާގެ ކުޅުންތެރިން ދަތުރު ކުރަމުން ދިޔަ ބަސް
އާޖެންޓީނާގެ ކުޅުންތެރިން ދަތުރު ކުރަމުން ދިޔަ ބަސް
ޓްވީޓަރ
އާޖެންޓީނާ ޤައުމީ ޓީމު
އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބެއިޖިން އަށް
 
ސަޕޯޓަރުން ވަނީ އާޖެންޓީނާ ޤައުމީ ޓީމު ތިބުމަށް ހަމަޖެހިފައިވާ ހޮޓެލްގެ ސަރަހައްދުގައި އެތައް ގަޑިއިރެއް ވަންދެން ކިޔޫ ހަދަައިގެން ތިބެފައި

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުމަށް، އެންމެ ފަހުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އިން ޗައިނާގެ ބެއިޖިން އަށް ގޮސްފި އެވެ.

އާޖެންޓީނާ ޤައުމީ ޓީމު ބެއިޖިން އަށް ގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. އެ ސަރަހައްދުން އާޖެންޓީނާ ޤައުމީ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޖަމާވެފަ އެވެ. އާޖެންޓީނާގެ ޖާޒީގައި ތިބި މީހުން ވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ނަން ކިޔައިފަ އެވެ. އެ ސަޕޯޓަރުން ވަނީ އާޖެންޓީނާ ޤައުމީ ޓީމު ތިބުމަށް ހަމަޖެހިފައިވާ ހޮޓެލްގެ ސަރަހައްދުގައި އެތައް ގަޑިއިރެއް ވަންދެން ކިޔޫ ހަދަައިގެން ތިބެފަ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އާޖެންޓީނާ އާއި އޮސްޓްރޭލިޔާ އެންމެ ފަހުން ބައްދަލު ކުރީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައެވެ. އެފަހަރު އާޖެންޓީނާ އިން ވަނީ އޮސްޓްރޭލިޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބަށް ފަހު އާޖެންޓީނާ އިން ކުޅޭ ތިން ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ރަހުމަތްތެރިކަމުގެ މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ވެރިރަށުގައި ދާދި ފަހުން އަލުން އިމާރާތްކުރި ވޯކާސް ސްޓޭޑިއަމްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް