ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 19:19
އޮސްޓްރޭލިޔާ ގައި ވަޅި ހެރި މޯލްގެ ބޭރުގައި ފުލުހުން
އޮސްޓްރޭލިޔާ ގައި ވަޅި ހެރި މޯލްގެ ބޭރުގައި ފުލުހުން
ގެޓީ އިމޭޖަސް
އޮސްޓްރޭލިޔާގެ މޯލް އެއްގައި ވަޅި ހެރުން
ސިޑްނީގައި ހިންގި ވަޅި ހެރުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެ އެތައްބަޔަކު ޒަޚަމް ވެއްޖެ
 
މިކަން ހުއްޓިފައިވަނީ ސީންގައި ހުރި އަންހެން ފުލުހަކު އޭނަގަޔަށް ފިސްތޯލަ ޖެހުމުން

އޮސްޓްރޭލިޔާގެ ސިޑްނީގައި މީހަކު ހިންގި ވަޅި ހެރުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެ އެތައްބަޔަކު ޒަޚަމް ވެއްޖެ އެވެ. މިހަމަލާގައި ސިޑްނީގެ ކާރޫބާރު ބޮޑު ޝޮޕިންގ މޯލް އަކަށް ވަދެ މީހަކު ހަމަލާދީފައިވަނީ ތަނެއް ދޮރެއް ނުބަލާކަމަށް މަންޒަރު ދުށް މީހުންނާހަވާލާ ދީލިބޭ ޚަބަރުތައް ބުނެއެވެ.

އެތާގަޑިން 3 ޖަހާއެހާއިރު ބޮންޑީ ގައި ހުންނަ ވެސްޓްފީލްޑް ޝޮޕިންގ ސެންޓަރ އަށް ވަދެ އެމީހާ ތަނެއް ދޮރެއް ނުބަލާ ދިމާވިހާ މީހެއްގެ ގަޔަށް ވަޅި ހަރަމުން ދިޔަ ކަމަށް އެތައްބަޔަކު ކިޔާދީފައިވެއެވެ. މިކަން ހުއްޓިފައިވަނީ ސީންގައި ހުރި އަންހެން ފުލުހަކު އެކަން ހުއްޓާލަން އެންގުމުންވެސް ހުއްޓާނުލާ ކުރިޔަށް ގެންދަން ފެށުމުން އޭނަގަޔަށް ފިސްތޯލަ ޖެހިހަމައިންކަމަށް ވެއެވެ.

ފުލުހުން ބުނި ގޮތުގައި މިމީހާ މިއަމަލު ހިންގީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. މިއާއެކު ޓެރަރިޒަމްގެ އަމަލެއްތޯވެސް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސީ ވަނީ ހާދިސާގައި ހަރަކާތްތެރިވި ފުލުސް އޮފިސަރަކީ ހީރޯ އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އޭނަ ވަގުތުން ފިޔަވަޅު ނޭޅިނަމަ އިތުރު އެތައްބަޔެއްގެ ފުރާނަގެއްލުނީސް ކަމަށް ވިދާޅުވެފައި ވެއެވެ.

ހާދިސާ ހިންގި ވެސްޓްފީލްޑް މޯލް އަކީ ސިޑްނީގެ އިރުމަތީގަ،މަޝްހޫރު ބޮންޑީ ބީޗް އާކައިރީގަ ހުންނަ މޯލްއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް