ކ. މާލެ
|
5 މެއި 2023 | ހުކުރު 19:08
ހުޅުމާލޭ-ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތައް
ހުޅުމާލޭ-ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްތައް
އަމްނާ އިމާދު
ހިޔާގެ ދެ އެޕާޓެމެންޓު އެއްކޮށްލި މައްސަލަ
ހިޔާގެ ދެ އެޕާޓްމެންޓެއް އެއްކޮށްލުމުން ބޮޑު ޖޫރިމަނާއެއް
 
އެއީ ކޮން ދެ އެޕާޓްމެންޓެއް ކަމެއް އާބަންކޯއިން ހާމައެއް ނުކުރޭ
 
ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި
 
ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ

ހުޅުމާލޭ-ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓެމެންޓެއްގެ އިންފާރު ތަޅާލައި، އެއްކޮށްލުމުން ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އާބަންކޯއިންއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާއި ގުޅިގެން، ބެލި ބެލުމުން މިހާރު އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިދެ އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެކޯޕަރޭޝަނުން ހަދައިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައިވާ ކަމަށެވެ.

އެއީ ކޮން ދެ އެޕާޓްމެންޓެއް ކަމެއް އާބަންކޯއިން ހާމައެއް ނުކުރެއެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކު ވެސް އެތަނުގައި ދިރިއުޅެނީ އާބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ހިޔާގެ ފުލެޓުތައް ދޫކޮށްފައިވާ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި ސިނގިރޭޓު ބުއިން އަދި އަޅި ކެނޑުމަކީވެސް އެއްބަސްވުމުގެ ދަށުން މަނާކަމެކެވެ. އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތު ވެސް އާބަންކޯއިން އަށް ލިބިގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
29%
0%
14%
43%
0%
14%
ކޮމެންޓް
5 މެއި 2023 | ހުކުރު 21:39
މުހައްމަދު
ޖޫރިމަނާކުރުމަށް ފަހު ފާރު ރާނަންވެސް ޖެހޭނެ ނޫންތޯ. އެހެންނޫނިއްޔާ ގަވާއިދު ތަންފީޒުކުރެވުނުކަމަކަށް ނުވާނެ. ފާރު ނުރާނާކަމަށް ވެއްޖެއްޔާ އެކަން ކުރިމީހުން ގެ މަގުސަދު ހާސިލު ނޫންތޯ.