ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 19:02
ޤައުމީ މުބާރާތުގައި ވެމްކޯއާއި އާބަންކޯ ވާދަކުރި މެޗުގެ ތެރެއިން
ޤައުމީ މުބާރާތުގައި ވެމްކޯއާއި އާބަންކޯ ވާދަކުރި މެޗުގެ ތެރެއިން
ޤައުމީ ވޮލީ މުބާރާތް
ވެމްކޯ ކަޓާ، އާބަންކޯ ތިންވަނަ ސެމީއަށް
ފުރަތަމަ ސެމީގައި ވާދަކުރާނީ ސިފައިންނާއި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް, ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ސެމީފައިނަލުން އާބަންކޯ ޖާގަ ހޯދއިފި އެވެ.

ފިރިހެން ޑިވިޝަންގެ ސެމީފައިނަލް ދެވަނަ މެޗުގައި އާބަންކޯ އަތުން ބަލިވުމާއެކު ވެމްކޯ އަށް ވަނީ ފައިނަލްގެ ފުރުޞަތު ގެއްލިފައެވެ. އާބަންކޯ އަށް ފައިނަލްގެ ފުރުޞަތު އޮންނާނީ ތިންވަނަ ސެމީފައިނަލުން މޮޅުވެގެންނެވެ. ވެމްކޯއާ ވާދަކޮށް, ސެމީފައިނަލް ދެވަނަ މެޗު އާބަންކޯ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އާބަންކޯއިން ގެންދިޔައީ 25-21, 25-15, އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާބަންކޯގެ ކަވިޝްކާ މަދުޝަންކާ ނިލްވާލާ އެވެ.

ފައިނަލްގެ ޖާގައެއް ހޯދަން އާބަންކޯ ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީގައި ސިފައިންނާއި, ސިޓީ ސްޕޯރޓްސް ކްލަބް ވާދަކޮށް ބަލިވާ ޓީމަކާއެވެ. އެމެޗު ކުޅޭނީ ހޯމަ ދުވަހުގެ ރެއެވެ. ސެމީފައިނަލް ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކްލަބާ ސިޓީ ސްޕޯރޓްސް ކްލަބް ވާދަކުރާނެއެވެ. ސިފައިންނަކީ ލީގުގެ ޗެމްޕިއަން ޓީމެވެ. ސިޓީ އަކީ ލީގުގެ ދެވަނަ ޓީމެވެ.

- ކޮމެންޓް