ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 18:34
މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދު
މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދު
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟
 
އަދީބާއި މެދު ކަންކުރަނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި، އެންޓި ޓޯޗަރ ޤާނޫނާއި ޚިލާފަށް
 
މުލަކު ދާއިރާގެ މެންބަރު ހައްޔަރުކުރި މައްސަލައިގައި އަމީން ފައިސަލްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވޭ
 
ޢަބްދުﷲ ގާޒީގެ މައްސަލައިގައި ރައީސް ނަޝީދާއި ތޮލްހަތަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފަ

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުޙައްމަދު ޤާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެމަނިކުފާނު އެވަނީ 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 117 ވަނަ މާއްދާ އޮތް ގޮތުން، އެމަނިކުފާނު މިހާރުވެސް އެ ގެންދަވަނީ އެ ޙުކުމް ތަންފީޒުކުރަމުން ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. ހަމަ އެ މައްސަލައިގައި އޭރުގެ ޑިފެންސް މިނިސްޓަރު، ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާކޮށް، އެމަނިކުފާނަށް ވެސް ވަނީ 10 އަހަރުގެ ޖަލުގެ ހުކުމެއް ލާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި، ސަރުކާރު ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި، 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ، އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހައްޔަރުކުރެވުނެވެ. އެ މައްސަލައިގައި އޭރު ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އަމީން ފައިސަލްގެ މައްޗަށް ނިމިގެން ދިޔަ އަހަރު ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. މި ތިން މައްސަލައަށް ރިއާޔަތްކޮށް، މިހާރުގެ ހާލަތަށް ބަލާލާއިރު، ސާފުވަމުންދާ މަންޒަރަކީ މިހާރުގެ ހޯމް މިނިސްޓަރުވެސް ޓެރަރިޒަމްގެ ގޮޅިއަށް ފެތޭ މަންޒަރެވެ.

ދައްކަން އަދި މި އުޅޭނީ ސިޔާސީ ބޭނުމުގައި ގޮޅިތަކުގައި ތަޅުވަމުންދާ އެތައް ރައްޔިތުންނެއްގެ ވާހަކައެއް ނޫނެވެ. ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން، އޭރު އެބަޔަކާއި ދެކޮޅަށް ބޮޑެތި ދައުވާތައް އުފުއްލެވި ބައެއްގެ މެދުގައި ހިމާޔަތެއް ނެތި އޮންނެވި ވާހަކައެއްވެސް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ވެރިއަކު އާދައިގެ ގޮޅިއެއްގައި އޮތް ވާހަކައެއްވެސް ނޫނެވެ. އައްސޭރި ޖަލުގައި ހުންނަވަން ޖެހޭ، ފްރޭމް ކުރެވިފައިވާކަން ހާމަވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމް މާފުށީ ޖަލުގައި އެކަހެރި ކޮށްފައި ހުރި ވާހަކައެއްވެސް ނޫނެވެ.

ދައްކަން މި އުޅެނީ، މި ޤައުމުގެ ނައިބު ރައީސްކަން ކުރެއްވި އެންމެ ޒުވާން ބޭފުޅާ، އަޙުމަދު އަދީބް ޢަބްދުލް ޣަފޫރު، ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި އެންޓި ޓޯޗަރ ޤާނޫނާއި ޚިލާފަށް ދޫނިދޫގެ ގޮޅިއެއްގައި ބަންދުކޮށްފައިވާ މައްސަލައިގެ ވާހަކައެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 4 ވަނަ މައްދާގައި ބުނެފައިވާ ގޮތުން، ތަޙުޤީޤަށް ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައެވެ. އަދި ޝަރުޢީ ޙުކުމެއް ތަންފީޛު ކުރަމުންދާ މީހުން ބައި ތިއްބަން ޖެހެނީ އާންމު ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަލުތަކުގައެވެ. އަދީބު މިހާރު ބާއްވާފައި އޮތް ދޫނިދޫ ޖަލަކީ ތަޙުޤީޤަށް ބަންދުކުރާ މީހުން ބައިތިއްބަން ކަނޑައަޅާފައިވާ ކަސްޓޯޑިއަލް ޖަލެކެވެ. އެހެންކަމުން އެ ޖަލުގައި އަދީބު ބާއްވޭނެ ޤާނޫނީ ހަމައެއް ނެތެވެ.

ދެން އޮތީ އަދީބުގެ ތަޙުޤީޤެއް ކުރިއަށް ދާތީ އެމަނިކުފާނު ދޫނިދޫގައި ބާއްވާ ވާހަކައެވެ. ޤާނޫނީ ހަމަތަކާއި، މީގެ ކުރިން ޚުދު އަދީބާމެދު ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް، އެމަނިކުފާނުގެ ތަޙުޤީޤު ކުރިއަށް ގެންދަން ޖެހޭނީ އެމަނިކުފާނު މާފުށީގައި ބަހައްޓައިގެންނެވެ. ޤާނޫނީ، އަދި ތަޙުޤީޤީ ބޭނުމަށް މާފުށީ ޖަލުގައި ފުލުހުން އެމަނިކުފާނާ ބައްދަލުކުރުމުގައި ހުރަހެއް ނެތެވެ.

މިކަން މިހެން އޮއްވައި، ދެން ފެންމަތިވި މައްސަލައަކީ ދޫނިދޫގައި އަދީބާމެދު ކަންކުރެވެމުންދާ ގޮތް އެންޓި ޓޯޗަރ ޤާނޫނާއި ތަޢާރުޒުވާ މައްސަލައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ޓްވީޓް ކުރެއްވި ފޮޓޯއަކުން، ދޫނިދޫގައި އަދީބު ބާއްވާފައިވާ ގޮޅީގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާކަން ވަނީ އާންމުކޮށް ހާމަވެގެން ގޮސްފައެވެ. އެންޓި ޓޯޗަރ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ޤައިދީއެއްގެ ރޫހު މަރާލަނިވި ކަންކަމާއި، އިންސާނީ އެއްވެސް ކަރާމާތެއް އޭނާގެ ނެތްކަން އޭނާއަށް ވިސްނުވައިދެނިވި ކަންކަމަކީ، ރަޙުމު ކުޑަ ލާއިންސާނީ އިހާނެތި އަމަލެވެ.

މި މަފްހޫމުން ބަލާއިރު، މިނިވަންކަން ނަގާލައި ޖަލުގައި ބަނދުކުރެވިފައިވާ ޤައިދީއަކަށް، ނިދުމާއި، ކެއުމާއި، ފާޚާނާ ކުރުންވެސް ހިމެނޭ ގޮތަށް، އޭނާ ކުރާ ކޮންމެ ހަރަކާތެއް، ބަޔަކު ބަލާކަން ދޭހަވާ ގޮތަށް ކެމެރާ ހަރުކޮށްފައި ބެހެއްޓުމަކީ، އޭނާގެ ރޫހު މަރާލަނިވި ކަންކަމަށް މެނުވީ ނުވާނެއެވެ. މިއީ އަދީބާ މެދު އަމަލުކުރެވެމުންދާ ލާއިންސާނީ ގޮތުގެ ކުޑަ މިސާލަކަށް ވާއިރު، ޤައިދީންނާއި ގުޅޭ ހުރިހާ ޤާނޫނަކުން ކަށަވަރުކޮށްދީފައިވާ ބޭސްފަރުވާގެ ފުރިހަމަ ޙައްޤުން އިސްތިސްނާ ކުރެވި އަދީބު ވަނީ މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފައެވެ. ހަމަ ގައިމުވެސް އޭނާގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެކަން އެގޮތަށް ހިނގައިފި ނަމަ، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން، އެކަމުގައި ޒިންމާވާ ފަރާތްތަކަށް 7 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމަކާއި ކުރިމަތިލާން ޖެހޭނެއެވެ.

މި ކަންކަން މިހެން ހުރިހިނދު، ގާޒީ ޢަބްދުﷲ މުޙައްމަދާއި، މުލަކު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޔާމީނުގެ މައްސަލައިގައި މިހާތަނަށް ކޮށްފައިވާ ދައުވާތަކަށް ރިއާޔަތްކުރާއިރު، ޤާނޫނާއި ޚިލާފަށް ދޫނިދޫގައި އަދީބު ހައްޔަރުކޮށްފައިވާ މައްސަލައިގައި މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަޙުމަދުގެ މައްޗަށްވެސް ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ދައުވާ ކުރެވެން ވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
3%
55%
3%
21%
17%
0%
ކޮމެންޓް
10 ޖުލައި 2017 | ހޯމަ 11:04
؟؟؟
ޔާމީން2018 މީ ވީއެފްޕީތަ ރާއްޖެ އެމްވީ ތަ؟#
8 ޖުލައި 2017 | ހޮނިހިރު 15:33
އަސުރުމާ
މީ ވަޒީރުކަން ޔާމީނު ދިނީމަ ފެންވަރު އޮޅިފަވާ ބޭކަލެއް. ރީތިރޯޅިއަކުންދާަނެހެން ހީވަނީ.
7 ޖުލައި 2017 | ހުކުރު 21:11
ޔާމީން2018
ތީ ތެދަކަށްވެސް ވެދާނެ... އެކަމަކު މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދެއްވާށޭ ތިޔަ ވިދާޅުވަނީވެސް ހަމަ ވީއެފްޕީން އެކަމަކު "ވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާކަމުގެ އިޝާރާތެއް އަދުރޭ ކުރައްވައިފި" މީ އަސްލު މިހާރު ވެރިކަމުގަ މިހުރި ޔާމީނާ ދެކޮޅަށް ވީއެފްޕީން ހެދި ޕްރޮޕަގެންޑާއެއްތޯ ނޫނީ އަސްލު އަދުރޭގެ ވާހަކައިގެ މަފްހޫމް ގަސްތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ޖެއްސި ސްޓަންޓެއްތޯ؟ ޙަޤީްަތަށް ލޯބިކުރާ ނަމަ ވިދާޅުވެބައްލަވާ އަދުރޭ އެހެން ބުނީ އޭނާގެ އަމިއްލަނަފްސާއި ރިޢާޔަތް ކުރައްވައިފަތޯ ނުވަތަ ސަރުކާރުގެ ނޭވާ ހޮޅިޔަށް އެޅިފައިވާކަމަށް ޢިޝާރަތްކުރައްވައިފަތޯ... ޙަޤީގަތާ އެއްގޮތަށް މަޢުލޫމާތުފަތުރުއްވާ އޭރުން އަޅުގަނޑުމެންވެސް ތިޔަބުނާ މިނިވަން ނޫސްވެރިކަމަށް އެހިތެރިވާނަން... އެއްފަރާތަށް ބުރަވެހުރެ މިނިވަން ނޫސްވެރިކަމޭ ކޮންމެ އާރޓިކަލް އެއްގަ ހައިލައިޓް ނުކުރައްވާ