ކ. މާލެ
|
12 ޖޫން 2017 | ހޯމަ 23:14
ރަޝިޔާގެ ސެއިން ޕީޓަސްބާގުގައި ހޯމަދުވަހު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން
ރަޝިޔާގެ ސެއިން ޕީޓަސްބާގުގައި ހޯމަދުވަހު ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން
އޭޕީ
ރަޝިޔާގައި މުޒާހަރާ
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
 
އިދިކޮޅު ލީޑަރުވަނީ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރު ކޮށްފައި

ރަޝިޔާގެ ރައީސް ވިލަޑިމިއަރ ޕޫޓިންގެ ވެރިކަމާ މެދު ހިތްހަމަ ނުޖެހޭ އެތައް ހާސް ބަޔަކު ހޯމަ ދުވަހު ރަޝިޔާގެ އެކި ސަރަހައްދު ތަކުގައި މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާ ގައި ބައިވެރިވުމަށް ތައްޔާރުވަމުން ދަނިކޮށް އިދިކޮޅު ލީޑަރު އެލެކްސީ ނެވަލްނީ ވަނީ ރަޝިޔާ ފުލުހުން ހައްޔަރު ކޮށްފައެވެ.

ވެރިރަށް މޮސްކޯގެ މައި މަގުތައް މުޒާހަރާކުރާ މީހުންނަށް ނުވަދެވޭނެ ގޮތައް ފުލުހުން ބަންދުކޮށްފައިވާއިރު، އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިޔާ ރިޕޯޓު ކޮށްފައިވާ ގޮތުގައި ސެއިން ޕީޓަސްބާގުން އެކަނި ފަންސާސް މީހުންވަނީ ހައްޔަރު ކޮށްފައެވެ. އެއީ ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ރަޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ސަތޭކަ ފަންސާސް މީހުން ސެއިންޓް ޕީޓަސްބާގުން ހައްޔަރު ކުރި ކަމަށެވެ. އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓަރުންނަށް ވެރިރަށް މޮސްކޯއިން މަދުވެގެން 10 މީހުން ހައްޔަރު ކުރި މަންޒަރު ވަނީ ފެނިފައެވެ. އެހެން ރިޕޯޓުތައް ބުނާ ގޮތުގައި މޮސްކޯއިން 100 ށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ އޮފިޝަލުން ބުނެފައިވަނީ އަޑުގަދަގަދަ ނުކޮށް އަދި ލިޔުންތައް ނުގެންގުޅޭނަމަ، މުޒާހަރާ ކުރާ މީހުންނާ ފުލުހުން ކުރިމަތި ނުލާނެ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން އުފައްދާނަމަ ބަލާނީ އާއްމު މަސްލަހަތައް ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ.

ރަޝިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިވަނީ ރަޝިޔާގެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އަށަގެންފައިވާ މައްސަލައިގައެވެ.

2018 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިދިކޮޅު ލީޑަރު ނެވަލްނީ އިއުލާން ކޮށްފައެވެ. މާޗް މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއަކާ ގުޅިގެން ނެވަލްނީ ފަނަރަ ދުވަހަށް ޖަލުގައި ބަންދު ކުރިއެވެ. އޭޕްރީލް މަހުގެ ތެރޭގައި މީހަކު އޭނާގެ މޫނަށް ކެމިކަލްއަކުން ދިން ހަމަލާއަކާ ގުޅިގެން އެއް ލޮލަށް ވަނީ ގެއްލުން ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް