ކ. މާލެ
|
10 ޖޫން 2022 | ހުކުރު 09:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ރައީސް އޮފީސް
ރައީސް ނޫސްވެރިންނާއި ބައްދަލުކުރެއްވުން
ހިލޭ ކުރެވެން އޮތްއިރު ފުރަތަމަ އެޅި ބްރިޖަށް ފައިސާ ޚަރަދު ކުރެއްވީ ކީއްވެ؟
 
ގައުމުތަކުން އެހީވާންވާނީ އެ ގައުމެއްގެ ރައްޔިތުންނަށް
 
ވަކި ބޭފުޅަކު ވެރިކަމުގައި ހުންނެވީތީ ހިލޭ ކޮށްދޭނެ ކަމަށް ގަބޫލު ނުކުރެވޭ

ހިލޭ ކުރެވެން އޮތްއިރު ފުރަތަމަ އެޅި ބްރިޖަށް ފައިސާ ޚަރަދު ކުރެއްވީ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސުވާލު އުފައްދަވައިފިއެވެ.

ރައީސް މިގޮތަށް ސުވާލު އުފެއްދެވީ، ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޗައިނާއިން ތިލަމާލެ ބްރި ހިލޭ އަޅައިދޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވާ ކަމަށް ބުނެ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، އެކަން އެގޮތަށް އޮތްނަމަ ޗައިނާއިން ފުރަތަމަ އެޅި ބްރިޖު ހިލޭ ނޭޅި ސަބަބަކީ ކޮބައިތޯ ކަމަށެވެ.

އަޅުގަނޑު ކައިރީ އަޅުގަނޑުގެ ރައްޓެއްސަކު ބުނި، މިއީ، ބައި ވަން ގެޓް ވަން ފްރީ ގޮތަށް އޮންނަ ކަމެއްހެއްޔޭ. ބައި ވަން ގެޓް ވަން ފްރީ. އެކަތި ގަތީމާ އަނެކަތި ހިލޭ ލިބެނީހެއްޔޭ. އެކަހަލަ ގޮތަކަށް ކުރާ ކަމެއްހެއްޔޭ، މި ބްރިޖް އެޅުމަކީ. އެހެންވީމާ، އެއް ބްރިޖް، އަގުދީފައި އެޅީމާ، އަނެއް ބްރިޖް ހިލޭ ލިބެނީހެއްޔޭ
އިބްރާހިމް މުހައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖެއާ ގުޅުން ހުރި އެއްވެސް ގައުމަކުން ވެރިކަމުގައި ހުންނަ ވަކި މީހަކަށް ކަމެއް ނުކޮށްދޭނެ ކަމަށެވެ. އެގޮތަށް އެކަން ކުރަންޏާ އެއީ ގޯހެއް ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމުތަކުން އެހީ ވާން ވާނީ ދިވެހި ރައްޔިތުންނާއި، ގައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިތާ ހުއްޓޭ ކިޔާފައި، އަޅުގަނޑަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްގެނެއް ނުވާނެ. އެއީ ކޮންމެ ޤައުމެއް ކަމަށްވިޔަސް. އެހެންވީމާ، ތިޔަ ވިދާޅުވާ ޤައުމުންވެސް އަޅުގަނޑު ނުބުނާނަން، ތިޔަގޮތަށް އެކަން ކުރާނެއެކޭ
އިބްރާހިމް މުހައްމަދު ސާލިހު / ރައީސުލްޖުމްހޫރިއްޔާ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
11%
11%
0%
78%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ރައީސް ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު