ކ. މާލެ
|
8 މެއި 2022 | އާދީއްތަ 20:04
ލޯނު އުސޫލުން އެސްޓަން ވިލާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ލޯނު އުސޫލުން އެސްޓަން ވިލާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
މާސާ
ޕްރިމިއަރ ލީގު
އެސްޓަން ވިލާއިން ކުޓީނިއޯ ބޭނުން: ޖެރާޑް
 
ކުޓީނިއޯ މިހާރު އެސްޓަން ވިލާއަށް ކުޅެމުން އަންނަނީ ލޯނު އުސޫލުގެ ދަށުން
 
ބާސެލޯނާއިން ކުޓީނިއޯ ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަނީ 40 މިލިއަން ޔޫރޯއަށް

ކުރިއަށް އޮތް ސީޒަނުގައިވެސް އެސްޓަން ވިލާއިން ފިލިޕޭ ކޯޓީނިއޯ ބޭނުންވާ ކަމަށް އެޓީމުގެ ހެޑް ކޯޗު ސްޓީވެން ޖެރާޑް ބުނެފިއެވެ.

ކޮޓީނިއޯ މިހާރު އެސްޓަން ވިލާއަށް ކުޅެމުން އަންނަނީ ލޯނު އުސޫލުގެ ދަށުންނެވެ. ބާސެލޯނާއިން ކޮޓީނިއޯ އެސްޓަން ވިލާއަށް ދޫކުރީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައެވެ. ނަމަވެސް ކުރިއަށް އޮތް ސަމަރ ޓްރާންސްފާގައި ޓީމަށް މުހިންމު ކުޅުންތެރިން ގަތުމަށްޓަކައި ބާސެލޯނާއިން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ކޮޓީނިއޯވެސް ހިމެނެއެވެ. ބާސެލޯނާއާއެކު ކޮޓީނިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ޖެރާޑް ބުނީ އެސްޓަން ވިލާއިން ކުރިއަށް އޮތް ސީޒަނުގައިވެސް ކޮޓީނިއޯ ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ފަސް މެޗު ކުޅެން ޖެހޭއިރު، ކޮޓީނިއޯ އާއި އެމިލްއަށް ވެސް ހިތްހަމަ ޖެހޭ ވަރަށް ކުޅެން ވަގުތުދޭނެ ކަމަށް ޖެރާޑް ބުންޏެވެ. މިހާތަނަށް ޓީމުން ނިންމާފައިވާ ނިންމުންތަކަށް ކޮޓީނިއޯ އިހްތިރާމްކުރާ ކަމަށާއި، ޓިމާއި ކޮޓީނިއޯ އާއި ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތަކަންވެސް ޖެރާޑް ފާހަގަކުރިއެވެ.

ބާސެލޯނާއިން ވިއްކާލަން މަސައްކަތްކުރާ ކުޅުންތެރިންގެ ލިސްޓުގައި ކޮޓީނިއޯ ހިމެނޭއިރު ބާސެލޯނާއިން 2018 ވަނަ އަހަރު ކޮޓީނިއޯ ގަތީ 120 މިލިއަން ޔޫރޯއަށެވެ. ނަމަވެސް ބާސެލޯނާގައި ކޮޓީނިއޯއަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އެހެންކަމުން އެކްލަބުން އޭނާ ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަނީ 40 މިލިއަން ޔޫރޯއަށެވެ. ބާސެލޯނާ އާއި އެސްޓަން ވިލާއާއި ދެމެދު މިކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ލޯނު އުސޫލުން އެސްޓަން ވިލާއަށް ކޮޓީނިއޯ ކުޅެން ފެށި ފަހުން މިހާތަނަށް 15 މެޗު ކުޅެފައިވެއެވެ. އެ މެޗުތަކުގައި ކޮޓީނިއޯ ވަނީ ހަތަރު ލަނޑުޖަހާ ތިން ލަނޑު ޖެހުމަށް އެެހީތެރިވެދީފައެވެ. ބާސެލޯނާއަށް ކޮޓީނިއޯ ކުޅުނު 16 މެޗުގައި އޭނާއަށް ޖެހުނީ އެންމެ ދެލަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް