ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 19:11
ގުޅީފަޅުގައި އިމާރާތްކުރަންފެށި ހައުސިންގ ޔުނިޓްތައް - އެތަނުގެ މަސައްކަތް ހުއްޓުވާލީ މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައި
ގުޅީފަޅުގައި އިމާރާތްކުރަންފެށި ހައުސިންގ ޔުނިޓްތައް - އެތަނުގެ މަސައްކަތް ހުއްޓުވާލީ މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައި
ގޫގުލް
މަގޭ ރިޕޯޓް
މާލޭގެ ރައްޔިތުންނަށް ހައްގުވާ ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަން މުއިއްޒު ލަދުފުޅުގަންނަންޖެހޭ
 
ހިޔާ ފްލެޓް ވެސް ބަހާލީ ލިސްޓް ހަދައިގެން، އެއަށް
 
ގުޅީފަޅުގައި ބޯހިޔާވަހިކަމަށް ފައިސާ ދެއްކި މީހުންނަށް ލަނޑު ދިނީ މުއިއްޒު މިނިސްޓަރުކަމުގައި ހުންނެވިއިރު

އެތައް ޒަމާންތަކެއް ވަންދެން މުޅި އާއިލާ, ގޭގައި ހުރި 2 ކޮޓަރިއެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ މާލޭގެ ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން އެތައް މަސައްކަތެއް އަންނަނީ ކުރަމުންނެވެ. އެއީ ފްލެޓް ދީގެންނާއި ގޯތިވެސް ދީގެންނެވެ. މިކަން ކުރުމުގެ ފުރުސަތު އެތައް ސަރުކާރަށް ލިބިގެންދިޔަ އިރު, ވަކިން ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ކަންކަން ފޯރުކޮށްދިނުމުގެ އިސް މިނިސްޓްރީއާ 7 އަހަރު ވަންދެން ހަވާލުވެގެން ތިއްބެވި ވެރިން ވެސް ތިއްބެވިއެވެ.

ނަމަވެސް އެ 7 އަހަރު ވެސް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ވާހަކަ މި ދެންނެވި ބަޔަކު ނުދައްކައެވެ. ނަންނަމުގައި މަޝްރޫއު ހިންގައި, ލިސްޓްތަކަށް އެއިރު ވެސް ދިޔައީ ފްލެޓްތައް ބަހަމުންނެވެ. ކައިރީގައި އުޅުނު ޕާޓީ ކުދިންނާއި ޕާޓީގެ އިސް ފަރާތްތަކަށް ދިޔައީ އެއޮތް ބޮޑު ހުޅުމާލެއިން ވެސް, އެކި ނަންނަމުގައި ބިން ދެމުންނެވެ. އެއިރުވެސް މާލޭގެ ރައްޔިތުން ގޮވަމުން ދިޔައީ ތިމަންނާމެންގެ ހައްގެއް ނެތީހޭއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފަށައި، އެންމެން އެއް ތަނަކަށް ޖަމާކޮށް, އުސް އިމާރާތްތަކުން ބޯހިޔާވަހިކަން ދިނުމުގެ ބަދަލުގައި ސީދާ ބިން ކަނޑާ ބިން ދޭނެކަމުގެ ވައުދުވީ މި ސަރުކާރުންނެވެ. ސީދާ މާލޭގެ ރައްޔިތުންނަށް ދޭނެ ކަމުގެ ވައުދާއެކުގައެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުން ގުޅިފަޅު ހިއްކައި, އެތަނުގައި ފްލެޓްތައް ހަދައި މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭން ނިންމާފައި އޮއްވައި, މި ދެންނެވި 7 އަހަރު ދުވަހު މިނިސްޓަރުކަން ކުރެއްވި ބޭފުޅާ ވެސް ހިމެނޭ ގޮތަށް, އެއިރު އޮތް ސަރުކާރު ވައްޓާލައި, އެ ސަރުކާރުން ނިންމި ނިންމުން އެއީ ކަމުނުދާ ނިންމުމެއްކަމަށް ނިންމިއެވެ.

އެއިރު މުއިއްޒު ވިދާޅުވީ, ރައީސް ނަޝީދުގެ ސަރުކާރުގައި ތަރައްގީކޮށްފައިވާ ގުޅީފަޅަކީ ދިރިއުޅެން އެއްގޮތަކަށްވެސް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި, އެތަނުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދެއްވާނެކަމަށެވެ. ގުޅީފަޅު މައްސަލާގައި މުއިއްޒު ވިދާޅުވީ, ގުޅީފަޅުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ ރިސިޕްޓްތައް އެއިރު ހޯއްދަވާފައި ވާކަމަށާއި, އެ ފަރާތްތަކުގެ ހައްގުތައް ސަލާމަތް ކުރައްވާނެ ކަމަށެވެ. އަދި އެކަށީގެންވާ ގޮތުގައި ބަދަލު ދެއްވާނެކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔައިރު މުއިއްޒަށް އެކަމެއްވެސް ނުކުރެއްވުނެވެ. އެ ރައްޔިތުންނަށް ވަންނާނެ ތަނެއްވެސް ނުދެއްކެވުނެވެ.

އެ މީހުންގެ މަތިން ހަނދުމަދުޅު ނައްތަވާލައްވައި, ހުޅުމާލޭގައި އިމާރާތްކުރި ހިޔާ ފުލެޓްތައް ވެސް އެކި ފަރާތްތަކަށް ލިސްޓް ހައްދަވައި, ބައްސަވާލެއްވީއެވެ. ގުޅީފަޅުން ބިން ގަތް މީހަކަށް, އަދި ފްލެޓަށް ލާރި ދެއްކި މީހަކަށް ވެސް އަޅާނުލެއްވިއެވެ. އެންމެ ފަހުން, އެތަނުގައި ފްލެޓް އިމާރާތް ކުރަން ހަވާލުކުރި ކުންފުންޏަށް ދައުލަތުން ދިން ފައިސާ ބޭކާރު ވެގެންދިޔައީއެވެ.

ނަމަވެސް މިއަދު މޭޔަރު ކަމަށް ވަޑައިގެންނެވުމުން، މި ސަރުކާރާއި އެއިރު އޮތް އެމްޑީޕީ ސަރުކާރުގައި ގުޅީފަޅާ ތިލަފުށީގެ ތަސައްވަރު ފެނިވަޑައިގެން, އެންމެ ފަހުން އެއިރު މުއިއްޒަށް ކަމުނުދިޔަ ގުޅިގަޅު މިއަދު ރަންގަނޑަކަށް ވެސް އެތަނުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަންދޭން ޖެހޭ ކަމަށް ވަކާލާތު ކުރައްވަން ފައްޓަވައިފިއެވެ. ހަމަ ރަނގަޅަށް ވެސް އުނބަށްޖެއްސެވީއެވެ.

2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުން, އޭރު އެންމެ ފުރަތަމަ ޒަމާނީ ފެންވަރަށް ޖާގަ ތަނަވަސްކޮށް އެޅި ފްލެޓްތައް ވެސް ބޮޑު ލޯނު ނަގައިގެން އެތަނަށް މީހުންނަށް ވަދެވޭނެ އުސޫލެއް ހަދައި, އެތަންތަން ލިބިފައި ތިބި ނިކަމެތި ރައްޔިތުން އެތަންތަން ދޫކޮށްލަން މަޖުބޫރު ކުރުވާ ހިސާބަށް ކަންކަން ގެންދިޔައެވެ. ދެން ފަހުން އިވުނީ އެތަނުން ވެސް, ނިމިގެން ދިޔަ ސަރުކާރާއި އޭގެ ކުރިން ބަޣާވާތަކުން ވެރިކަމަށް އައި ސަރުކާރުން ބޭނުންވި ބަޔަކަށް އެތަނުން ފްލެޓްދީ ބަހައި ހުސްކޮށްލި ވާހަކައެވެ. މިއީ މާލޭގެ ރައްޔިތުންނަށާއި، ބޯހިޔާވަހިކަމަށް ބޭނުން ވެގެން އާދޭސް ކުރަމުންދިޔަ ރައްޔިތުންނަށް މުއިއްޒު ކުރެއްވި ޖެއްސުމެކެވެ. ކުރެއްވި މަލާމާތެކެވެ.

ދެން މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭ ވާހަކަ ދައްކައި އެ ކަމުގެ ނިންމުންތައް ނިންމަން ފެށުމުން, އެކަމާވެސް ފާޑުކިޔުން އަމާޒު ވަނީއެވެ. ފަހަރެއްގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ދިނުމުގެ ބަލަދު އަރަނީ ތިމަންނާ ކަމަށް ހިތްޕުޅަށް އަރާތީ ކެތްނުވަނީއެވެ. ނޫނީ ބިން ދޭ ވާހަކަ ދެއްކީމައި, އެ ބަހާލަން ބޭނުންވެގެން އެ ބަހާނެ ގޮތެއް ހޯދުމަށް އެކަމަށް ވެސް އަތް ބާނުއްވަނީއެވެ.

މުއިއްޒު ވިދާޅުވިކަމަށް ވަނީ ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ހަމަ އެހެންމެ ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. ގުޅިފަޅުން މުއިއްޒަށް ވެސް މިކަން ކުރެއްވެން އޮތެވެ. ދެން ހުޅުމާލޭގެ ބިން ވެސް މުއިއްޒު ހިތްޕުޅާވާ ގޮތަކަށް ބޭނުންކުރެއްވެން އޮތެވެ. ނަމަވެސް އެއިރު މާލޭގެ ރައްޔިތުންނަށް އެކަން ކޮށްދެއްވަން ހަމަ ހިތްޕުޅަށް ނޭރީތޯ ސުވާލު އުފެދެއެވެ.

މުއިއްޒެވެ. މާލެއަށް މީހުން ތޮއްޖައްސަވަން މަސައްކަތް ނުކުރައްވައި، ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތަކާއި ޚިދުމަތްތައް ތަރައްގީ ކުރެއްވިނަމަ ތިހެން ކިޔުއްވާކަށް ނުޖެހުނީހެވެ. މާލެއިން ދޫކުރިހާ ފްލެޓެއް ލިސްޓް ލިސްޓަށް ނުބެހި ނަމަވެސް, މިއަދު ތިހެން ވިދާޅުވާކަށް ނުޖެހުނީހެވެ. އަދި ނުވިތާކަށް އެތައް ސަތޭކަ ރައްޔިތުންގެ ބޯހިޔާވަހިކަން ގުޅީފަޅުން ފޭރިވަޑައިނުގަތްނަމަ މިއަދު ތިހެން ވިދާޅުވާކަށް ނުޖެހުނީހެވެ.

މި ސަރުކާރުން މުއިއްޒުމެން ހޭއްވެވި ހަޑި ސާފުކުރަން ޖެހި, ކަންކަން ނިކަން ލަސްވެއްޖެއެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް އެބަކުރެއެވެ. އެގޮތުން، މިހާރުވެސް 14 ރަށެއްގައި 1575 ހައުސިންގ އެޅުމުގެ މަސައްކަތް، ޕްލޭނިންގ މިނިސްޓްރީން ފަށާފައިވާއިރު، އޭގެތެރެއިން 8 ރަށެއްގެ, 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ މަސައްކަތް މިހާރުވަނީ ޓެންޑަރ ކުރެވިފައެވެ. މިއަހަރުގެ ބަޖެޓުގައި ވެސް 1.5 ބިލިއަން ރުފިޔާ އެކަމަށް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
25%
0%
0%
0%
0%
75%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފި