ކ. މާލެ
|
24 ނޮވެންބަރ 2021 | ބުދަ 22:33
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 91،000ން މައްޗަށް
 
ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 19 މީހުންނަށް
 
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 102 މީހުން

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 91،046ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 102 މީހުންނެވެ. އެއީ 4300 ސާމްޕަލްގެ ތެރެއިންނެވެ. ޕޮޒިޓިވްވި 102 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 14 މީހުންނެވެ. އަތޮޅުތަކުން 81 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން ޕޮޒިޓިވްވެފައިވަނީ 7 މީހުންނެވެ.

ރާއްޖޭގައި މިވަގުތު 1914 ކޭހެއް އެކްޓިވް ކޭހުގެ ގޮތުގައި އަންނަނީ ގުނަމުންނެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 19 މީހުންނަށެވެ. 88،871 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 248 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަނީ އަތޮޅުތެރޭގައެވެ. މާލެ ސަރަހައްދުގައި ވަނީ ކޮވިޑްގެ ކޭސްތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް