ކ. މާލެ
|
13 ނޮވެންބަރ 2021 | ހޮނިހިރު 12:58
ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވެފައި
ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވެފައި
ހިޔާ ފްލެޓް ޔޫނިއަން
ހިޔާ ފުލެޓަށް ފެން ވަންނަ މައްސަލަ
ހިޔާ ފުލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރަނީ
 
ކަހާލެވޭ ދޮރުތަކެއްވީމާ ތިރީގައި އިންނަ ބަޔަށް ފެން އެޅިފައި އެފެން ދާން އިންނަ ލޯވަޅުން ވައިވަންނާތީ ފެން ދައުރެއްނުވޭ

ވިއްސާރަ މޫސުމުގައި ހިޔާފުލެޓްތަކުގެ ކުޑަދޮރުން އެޕާޓްމަންޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ހައުސިންޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ނިމިގެން ދިޔަ ވިއްސާރަ މޫސުމުގައާއި، ވައިގަދަވެ ވިއްސާރަވާ ދުވަސްތަކުގައި ހިޔާފުލެޓްތަކުގެ އެތެރެއަށް ފެންވަންނަ މައްސަލަ ބޮޑުވެ، އެތަނުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ މުދަލަށް ގެއްލުން ލިބިފައިވާކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާދެއެވެ. އަދި މި މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދާތީ އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާ ފުލެޓްތަކަށް ފެން ވަންނަ މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހުޅަނގު މޫސުމުގައި ހުޅަނގުފަރާތުން ވަރަށް ގަދައަށް ވަޔާއިއެކު ވިއްސާރަވުމުގެ ސަބަބުން ކުޑަ ދޮރުތައް ކައިރިން ފެން ވަންނަ ކަމަށާއި، ފެން ވަންނަނީ ކުޑަ ދޮރުތަކަކީ ކަހާލެވޭ ދޮރުތަކެއްވީމަ ތިރީގައި އިންނަ ބަޔަށް ފެން އެޅިފައި އެ ފެންދާން އިންނަ ލޯވަޅުން ވައިވަންނާތީ ފެން ދައުރުނުވެގެން ކަމަށެވެ.

އަދި މި މައްސަލަ ހައްލު ކުރުމަށް ކޮންޓްރެކްޓަރާއި ވާހަކަ ދައްކައިގެން ކޮންޓްރެކްޓަރ ދެތިން އޮޕަޝަނެއް ދީފައިވާ ކަމަށާއި، އެތަނުން އެންމެ ރަނގަޅު އޮޕްޝަންގައި އެކަން ކުރަން ރާވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އެގޮތަށް ދިމާވާ ތަންތަނައް ހައްލެއް ހޯދޭނެ ކަމަށާއި، އިމާރާތް ހުރިގޮތުން ވައިވެއްދުމަށާއި އެހެނިހެން ކަންކަމަށް ހަދާފައި ހުރި ކޮރިޑޯގެ ކޮޅު ބައްދާ ނުލާ އިނުމުގެ ސަބަބުން ވެސް އިމާރާތުގެ ތެރެއަށް ފެން ވަންނަ ކަމަށެވެ. އަދި އެތަން ބައްދާލަން ކޮންޓްރެކްޓަރ ޑިޒައިނެއް ދީފައިވާ ކަމަށާއި، ކޮންޓްރެކްޓަރ އެކަމަށް ބޭނުންވާ ސާމާނު އެޗްޑީސިއަށް ދިނުމުން އެ ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ފްލެޓުތަކުގައި ފެންބޮޑުވެ, ވައިގޮޅިތަކުން ވަންނަ ފެނުގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގައި ފެންބޮޑުވެއެވެ. މިކަން މިހެން ދިމާވަނީ ފެން ހިންދާނެ ރަނގަޅު ނިޒާމެއް ވައިގޮޅި ކައިރީގައި ނެތުމުގެ ސަބަބުންނެވެ. އެކަމުގެ ޝަކުވާވެސް ބައެއް ރައްޔިތުން ވަނީ ހިއްސާކޮށްފައެވެ. ކަން މިހެން ހުރިއިރު ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ވަނީ ފްލެޓުގައި ދިރިއުޅުމަށް އިތުރު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. މިހާރު ވެސް ހިޔާ ފްލެޓް ހަދާފައި ހުރި ގޮތުންނާއި ތަނުގެ އެތޭރެގެ އިންތިޒާމުތައް އެހާ ރަނގަޅު ނޫންކަން ރައްޔިތުން ފާހަގަކުރެއެވެ. އެގޮތުން މަދު ލިފްޓްތައް ހުންނައިރު އެ ލިފްޓްތަކުގެ ކިޔޫ އެހާ ދިގެވެ. އެތަނުގައި 15 ނޫނީ 20 މިނެޓް ލިފްޓްގެ އިންތިޒާރުގައި މަޑުކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފިނިޝިންގއަށް ދިޔަ ދެ ލައްކަ ރުފިޔާއެއް ނުދޭނެ، ކުލިން އެބައި ހަމަޖައްސާގޮތަށް ނިންމައިފި
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟