ކ. މާލެ
|
3 ނޮވެންބަރ 2021 | ބުދަ 23:21
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ލޮކްޑައުން ތެރޭގައި ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ރާއްޖޭގައި ކޮވިޑްގެ ހާލަތު
ބުދަ ދުވަހުގެ އަދަދުތައް 200ން މަތީގައި
 
ރަށްރަށުން 173 މީހުން ޕޮޒިޓިވްވި އިރު، ރިސޯޓްތަކުން 17 މީހުން ވަނީ ޕޮޒިޓިވްވެފައި

އަތޮޅު ތެރޭގެ އަދަދުތައް އިތުރުވެ ބުދަ ދުވަހު ރާއްޖެއިން 219 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނަގާފައިވާ 4069 ސާމްޕަލްގެ ތެރެއިން, މާލެ ސަރަހައްދުން ވަނީ 1291 ސާމްޕަލް ނަގާފައެވެ. ބުދަ ދުވަހު ޕޮޒިޓިވްވި 219 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 29 މީހުންނެވެ. ރަށްރަށުން 173 މީހުން ޕޮޒިޓިވްވި އިރު، ރިސޯޓްތަކުން 17 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ބުދަ ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް 88،277 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 86،040 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބުދަ ދުވަހު އިތުރު 98 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ 1860 މީހުންނެވެ. މީގެ ތެރެއިން 30 މީހުންނަށް ފަރުވާ ދެމުންދަނީ އެޑްމިޓްކޮށްގެންނެވެ. 243 މީހުން މި ބަލީގައި ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު 23 ރަށެއް މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
4 ނޮވެންބަރ 2021 | ބުރާސްފަތި 13:22
ހެއްރަބެ
އަދިވެސް ތިޔަ ސަކަރާތް ގަނޑު ހުއްޓާލާކަށް ނުވޭތޯ؟