ކ. މާލެ
|
17 އޯގަސްޓް 2021 | އަންގާރަ 08:44
ހިޔާ ފުލެޓް - އަގު ކުޑަ ނުކުރެވެނީ އަގުބޮޑުކޮށް ހަދަން ދިނުމުން
ހިޔާ ފުލެޓް - އަގު ކުޑަ ނުކުރެވެނީ އަގުބޮޑުކޮށް ހަދަން ދިނުމުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހިޔާ ފްލެޓުގެ އަގު ކުޑަ ނުކުރެވޭ ވަރަށް ކުރީ ސަރުކާރުން އޮތީ ގޯސް ހަދާފައި!
 
މި ސަރުކާރުގައި 2 ކޮޓަރީގެ އެޕާޓްމަންޓެއް ފިނިޝިންއާއެކު އަރަނީ 45،000 އާއި 47،000 އާއި ދެމެދުގެ އަގަކަށް
 
580 އަކަ ފޫޓުގެ ޔުނިޓެއް ހަދަން ހަވާލު ކުރީ 62،000 ޑޮލަރަށް

ރާއްޖޭގެ ރައްޔިތުންނަށް ވަކިން ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔަވާހިކަމުގެ މައްސަލައެވެ. ޒަމާންތަކެއް ވަންދެން ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައި ތިއްބާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން ސްކީމެއް ތައާރަފްކޮށް ރައްޔިތުންނަށް އެކަމުގެ ތަސައްލީއެއް ދީފައިވަނީ އެންމެ ފުރަތަމަ ވެރިކަމަށް އައި އެމްޑީޕީގެ ވެރިކަމުގައެވެ.

ގާކޮށްޓާއި އަރަބިއްޔާ ކުރިން ހުރި ބިމުގައި ބޯހިޔަވަހިކަމުގެ ޒަމާނީ ފުރަތަމަ މަޝްރޫއު ފެށިގެން ދިޔައެވެ. ނަމަވެސް އެ ހައުސިން ޔުނިޓްތައް ހަވާލު ނުކުރެވެނީސް ސިޔާސީ ބޭނުމުގައި ބަޔަކު ނުކުމެ ވެރިކަން ވައްޓާލިއެވެ. ވެރިކަން ވައްޓާލުމަށްފަހު ޖެހިގެން އައި ދެ ސަރުކާރުގައި ވެސް އެ ފުލެޓްތައް ހިތުހުރި ގޮތަކަށް ބަހާލިއެވެ. މޮޅެތި ޑޮކްޓަރުންނާއި އިކޮނޮމިސްޓުން އިސްކޮށް ތިބެގެން އެ ފުލެޓަށް ހެދި ނެހެދިއެއް ނާންގާ ޕާޓީގެ ކުދިންނާއި އަވަށްޓެރިންނާއި ކައިރީގައި އުޅޭ މީހުންނަށް ބަހައި ހުސްކޮށްލިއެވެ. މޮޅު ރޭވުމެއްގެ ތެރެއިން އާންމު މީހާއަށް ފައިސާ ނުދެއްކޭނެ ފަދަ އުކުޅެއް ހަދައިގެންނެވެ.

އެކަމުގެ މާޔޫސްކަމުގައި ތިބި ފަރާތްތަކަށް ދުނިޔެ ބަނަކޮށްލީ ކުރީގެ ރައީސް އަބްދު ﷲ ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ އުއްމީދުގައި ތިބި ރައްޔިތުންގެ މޫނުގައި ތަފާއްޔެއް އަޅައި އެބޮޑު ޕްރޮޖެކްޓްވެސް ހުއްޓުވާލުމުންނެވެ. 10 އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެ މީހުންނަށް އަދިވެސް ބޯހިޔާވަހިކަމުގެ އުއްމީދެއް ނުލިބުނެވެ.

ދެން ނިމިގެން ދިޔަ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބުރި ބުރިއަށް އިމާރާތްތަކެއް ނަގައި ފުލެޓް ލިބޭނެކަމަށް ބުނެ ދަޅަ ދައްކަން ފެށިއެވެ. ފުލެޓުގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށް އަގުތައް ހަދައި ރައްޔިތުންގެ ލޮލުގައި އަދުނެއް އެޅުވިއެވެ. އެ ދުވަސްވަރަކީ މައުލޫމާތު ލިބިގަތުމާއި ހޯދުން ވެސް ކުށަކަށް ހަދާފައިވާ ދުވަސްވަރެއްކަމުން މި ބޮޑު ޕްރޮޖެކްޓުގެ އެއްވެސް މައުލޫމާތެއް ރައްޔިތަކަށް ވެސް އަދި މީޑިއާއަކަށް ވެސް ތިލަކޮށް ނުދެއެވެ.

ރާއްޖޭގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތް ނޭނގޭ ކަންތައްތައް އަދިވެސް ތިލައެއް ނުވެއެވެ. އެއީ އެކަން ކުރި ފަރާތްތަކަށް ވެސް އެކަން ވެފައި އޮތް ގޮތެއް ނޭނގޭތީއެވެ. ހިޔާ ޕްރޮޖެކްޓަކީ ބޯހިޔާވަހިކަމަށް ހޯދައި ދިން ލުޔަކަށްވުރެ ބުރައަކަށް ވަނީ ވެފައެވެ. ކުރީގެ ސަރުކާރުން އެތަނަށް މަހެއްގެ މައްޗަށް ދައްކަން ޖެހޭނެ ކަމަށް ބުނި ކުޑަ އަގުގެ ވާހަކަ ހާމަވެގެން ދިޔައިރު މިއީ ދައުލަތަށް ވެސް ނުކަތާ ގޮތަށް ނިންމާފައި އޮތް ޑީލެއް ކަން ހާމަވެގެން ދިޔައެވެ. ދައުލަތަށް ގެއްލުންވުމުގެ އިތުރުން އެތަނުން ފުލެޓެއް ލިބޭ މީހާއަށް ވެސް އެތައް ގެއްލުމެއް ލިބޭ ގޮތަށް ކުރީ ސަރުކާރުން ހިސާބު ހެދީ ކޮން ބޭފުޅެއް ކަމެއް ވެސް އެނގެން ނެތެވެ.

ހިޔާ ފުލެޓުގެ އަގުގެ ވާހަކައަކީ މިހާރު ކޮންމެ ދުވަހެއްގައި ކަހަލަ ގޮތަކަށް ދެކެވޭ ވާހަކައެވެ. އަގު ކުޑަކުރުމަށް ޑިމާންޑް ކުރުމާއި އެތަނުގައި ހުރި މައްސަލަތަކުގެ ވާހަކަތަކާއި ޝަކުވާތައް އިންތިހާއަށް ގިނައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގެއްލުމުގައި ވެސް ހިޔާގެ އަގު ކުޑަކުރެވޭނެ އެންމެ ބޮޑަކަށް ކުޑަކޮށްފައެވެ. ހިޔާ ފުލެޓެއްގެ އަގު އެތަން އެގްރީމެންޓްކޮށްފައިވާ ގޮތުންނާއި ހަދާފައިވާ ގޮތުން 11،000ށް އަރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް މަހު ކުލި ވަނީ 7500 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއެކު ޖުމްލަ ދައްކަން ޖެހޭނީ 8500 ރުފިޔާއެވެ. މިއަށްވުރެ ކުޑަ ވެއްޖެނަމަ މިއީ ދައުލަތަށް ނުއުފުލޭނެ ބޮޑު ދަރަންޏަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ (6.692 ބިލިއަން ރުފިޔާ) ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. މިއީ އެ ހައުސިން ލޯނުގެ ސީދާ އަދަދުން 7000 ފްލެޓަށް ބަހާލާނަމަ، ފްލެޓަކަށް 62،000 ޑޮލަރު ނުވަތަ 956،040 ރުފިޔާގެ ރޭޓެކެވެ.

ހިޔާ ފުލެޓުގެ ހަގީގަށް ފުރަތަމަ ފަހަރަށް އާންމުންނާ ހަމައަށް ތިލަވެގެން ދިޔައީ ކުލީގެ މައްސަލައާއި ގުޅިގެން ސަރުކާރުން އެކަމާއި ގުޅޭ މައުލޫމާތު އާންމު ކުރުމުންނެވެ. ހިޔާ ފުލެޓަކީ ޖީބަށް ބަރުކުރުމަށް ކޮށްފައިވާ މަސައްކަތެކޭ ބުނެވޭ ވަރަށް ކަންކަން ހުރީ ގޯސްކޮށް ކޮށްފައެވެ. އެންމެ ބޮޑު އެއްކަމަކީ މި މަސައްކަތް ކުރަން ހަވާލުކުރި ފަރާތަކީ މަސައްކަތް ކުރަން އެންމެ އަގުބޮޑުކޮށް އަގު ހުށަހެޅި ފަރާތްކަން ހާމަވުމުންނެވެ.

ހިޔާ މަޝްރޫއުގެ ފުލެޓްތަކާއި ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓް އިއުލާން ކުރުމުން މި ޕްރޮޖެކްޓަށް 5 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އަދި ޗައިނާގެ އެހެން ކުންފުނިތައް ވެސް ހިމެނެއެވެ. އަދި މިހާރު ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ފަރާތްތައް ނޫން ދެންތިބި ފަރާތްތަކުން ޕްރޮޕޯސަލް އަގުކޮށްފައިވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާއި ދޭތެރޭގެ އަގެއްގައެވެ. ނަމަވެސް ހަވާލުކުރެވުނު ކުންފުންޏާއި ހަވާލު ކުރެވުނީ 62،000 ޑޮލަރަށެވެ.

ޖީބަށް ބަރުކުރާ ވާހަކަ ކުރިން ފާހަގަ ކުރީ މި ސަބަބާއި ހެދިއެވެ. ހަވާލު ކުރެވުނު ޕާޓީ ނަގާފައި ދެން އެންމެ ބޮޑުކޮށް އަގު ހުށަހެޅި ޕާޓީ ވެސް 10،000 ޑޮލަރު އަގުހެވެއެވެ. ޖުމްލަ އަގު ހުށަހެޅި 5 ޕާޓީގެ ތެރެއިން އެންމެ އަގުބޮޑުކޮށް ހުށަހެޅި ޕާޓީއަށް ހަވާލުކޮށްފައި އޮތީ އެއް ސްކޯޕެއްގައެވެ. އަދި މިއީ ކިހިނެއް ކޮންގޮތަކަށް ވިސްނާފައި އިތުރަށް ފައިސާ ދޭން ނިންމި ކަމެއްކަންވެސް ލިޔެކިޔުމަކުން ހާމަވާކަށް ނެތެވެ.

ހިޔާގެ ކޮންޓްރެކްޓް ހަވާލު ކުރެވުނު އިރު ރިޕޯޓުގައި ތަށިމުށި ޖެހުމެއް އެތެރޭގެ އެއްވެސް ދޮރެއް ހަރުކުރުމެއް، ބަދިގެ ކަބަޑު ހެދުމެއް، ފަންކާއެއް ބޮތްކެއް ހަރުކުރުމެއް ނުހިމެނޭކަން ރިޕޯޓުން އެނގެން އެބައޮތެވެ. ނަމަވެސް ޔުނިޓަކަށް 62،000 ޑޮލަރަށް ހަވާލުކުރެވުނު އިރު، ހަމައެކަނި ހިމެނިފައިވަނީ ކަރަންޓް ވަޔަރުކުރުމާއި ފެން ސަޕްލައި އަޅައިދިނުން އެކަންޏެވެ.

މި ސްކޯޕުގެ ތެރެއިން ނިމިފައި ހުރި ކަންކަން މިހާރު އެހުރީ ފެންނާށެވެ. ދެން މި އަގާއި ދޭތެރޭގައި އިތުރުގޮތަކަށް ވިސްނާއިރު 50،000 އާއި 52،000 އާއި ދޭތެރޭގައި އަގު ހުށަހަޅާފައި އޮއްވާ 62،000 ގެ އަގަކީ ރަނގަޅު އަގެއްތޯ ނުވަތަ ރީޒަނަބަލް އަގެއްތޯ ބަލާލަން ޖެހެއެވެ. އެކަމުގެ އެއްވެސް ލިޔެކިޔުމެއް ހަވާލުކުރެވުނު ގޮތެއް އެވޯޑް ކުރެވުނު ގޮތެއް އެނގޭކަށް ނެތެވެ.

ދެން ތަނުގެ ބޮޑުމިނުގެ ގޮތުން ބަލާއިރު އެތަނަކީ ކުޑަ އަދި ތަކްލީފު އުފުލަން ޖެހޭ ވަރުގެ ފުލެޓް ހަދާފައިވާ ތަންތަނެވެ. ކޮތަރުކޮށްޓޭ ކިޔުނީ ވެސް މި ސަބަބާއި ހެދިއެވެ. މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި އެންމެ ކުޑަ އެޕާޓްމެންޓެއްގައި ވެސް 650 އަކަފޫޓް ހުރެއެވެ. އަދި ހިޔާ ފުލެޓުގައި ހިމެނެނީ 580 އަކަފޫޓުގެ ޔުނިޓްތަކަކަށް ވާއިރު، އަގުވެސް ކޮށްފައި ހުންނަނީ 580 އަކަފޫޓުގެ ޔުނިޓްތަކަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2 ކޮޓަރީގެ އެޕާޓްމަންޓެއް ފިނިޝިންއާއެކު އަރަނީ 45،000 އާއި 47،000 އާއި ދެމެދުގެ އަގަކަށެވެ. މިބުނާ ކަންކަން ނުކޮށް އެއަށްވުރެ ކުޑަ ޔުނިޓް ހިޔާ މަޝްރޫއުގައި ހަދަން ހަވާލުކުރީ 62،000 ޑޮލަރަށް ޔުނިޓެއްގެ ރޭޓުންނެވެ. 10،000 ޑޮލަރު ބޮޑުކޮށް ހަމައެކަނި ހަތަރު ފާރެވެ.

މި ސަރުކާރުން 750 އަކަފޫޓްގެ ބޮޑުމިން ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓް ހަދަން ހަވާލުކުރުމުން އެއިން ޔުނިޓަކަށް ވެސް އަރަނީ 62،000 ޑޮލަރާއި 66،000 ޑޮލަރާއި ދޭތެރޭގެ އަގެކެވެ. އެއީ ފިނިޝިންގް މަސައްކަތާއި އެކުގައެވެ. އަދި މިއީ ކުރީ ސަރުކާރުން 2 ކޮޓަރީގެ 580 އަކަފޫޓްގެ ޔުނިޓެއް ހަދަން ހަވާލުކުރި އަގެވެ. ތަފާތު މިހުރީ ފެންނާށެވެ.

އަގުބޮޑުކޮށް ތަނެއް ހަދާނަމަ އެތަނެއް ކުއްޔަށް ވެސް ދޫކުރެވޭނީ އަގުބޮޑުކޮށެވެ. އަގު ބޮޑުކޮށް ހަދާފައި އަގުހެޔޮކޮށް ދިނުމަކީ މާލީ ކަންކަން ދަންނަ ކަމެއް ނޫނެވެ. އަދި ދުނިޔޭގެ އެއްވެސް ހިސާބެއްގައި ކުރާ ކަމެއް ވެސް ނޫނެވެ. ފުލެޓުގެ އަގުގެ މައްސަލައިގައި ޔޫނިއަންއާއި އާންމުން މުޒާހަރާ ކުރާނަމަ އަދި ބަޔަކު ޖަވާބުދާރީ ކުރަން ބޭނުންވާނަމަ ދާންވީ މާލޭގެ ދެފަރާތުގައި އުސްކޮށް ނަގާފައިވާ ދެ ގެއެއްގެ ކައިރިއަށް ޖަވާބު ހޯދުމަށެވެ. މި ބުނާ ދެ ސަރަހައްދެއްގައި މި ޕްރޮޖެކްޓް ހަވާލުކުރެވުނު މަސައްކަތުގެ މުގުލުގައި ތިބި ފަރާތްތައް އަރާމާއި އިއްޒަތާއި ލައްޒަތުގައި އުޅެމުންދެއެވެ.

ހިޔާ ފުލެޓާއި ގުޅިގެން ހިތްހަމަ ނުޖެހޭ ފަރާތެއް ވާނަމަ ފުލެޓް ބަދަލު ކުރުމުގެ ފުރުސަތު ވެސް މި ސަރުކާރުން ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.

ދައުލަތަށް ގެއްލުމުގައި ވެސް މި ސަރުކާރުން ކުލި ކުޑަކޮށްދީފައިވާ އިރު، ދެން އެއަށްވުރެ އެކަން ސިއްހީ ބޮޑު ކާރިސާއެއްގައި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދު އަލުން އިއާދަވަމުން އަންނަ މި ދަނޑިވަޅުގައި ކުލި ކުޑަކޮށްފިނަމަ މިއީ ދައުލަތަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ. ދައުލަތަކީ ދިވެހި ރައްޔިތުންނެވެ. ދައުލަތަށް ލިބޭ ކޮންމެ ގެއްލުމެއް ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
53%
0%
0%
13%
0%
33%
ކޮމެންޓް
17 އޯގަސްޓް 2021 | އަންގާރަ 17:12
ޔާރު
ކޮއްމެ ކަމެއްކޮއްފާވެސްކުރީސަރުކާރު 9ސުކޫލު ވިއްކާލީ ވެސްކުރީސަރުކާރުން ނޭބުނޭ
17 އޯގަސްޓް 2021 | އަންގާރަ 13:11
އަމްޒާ
ހާދަ މޮޅޭ
17 އޯގަސްޓް 2021 | އަންގާރަ 08:56
ސަރުދާރު
ތިކަން މިސަރުކާރުގެ ވެރިންގެ ދުލުންނާއި ގަލަމުން ހާމަނުކޮށް، އޮންނާތީވެސް ހައިރާން ވެއެވެ. ރައްޔިތުންނާއި ސަރުކާރަށްބޮޑު ގެއްލުމެއް ލިބޭގޮތަށް މި މަސައްަކަތް ހަވާލުކޮށް ފައިސާ ނެގި މީހުން ހޯދައި ޝަރީޢަތް ކުރަން ޖެހެެއެވެ.
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ