އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ދުނިޔެ - އެފްބީއައިގެ ވެރިޔާ ވަކިކުރުން

ފްލިންގެ މައްސަލަ ނުބެލުމަށް އެފްބީއައިއަށް ޓްރަމްޕް އަމުރުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި

  • ތަހުގީގު ހުއްޓާލަން ނާންގާކަމަށް ވައިޓްހައުސް ބުނޭ
  • ކޯމޭ ވަކިކުރެއްވުން ވެގެން ގޮސްފައިވަނީ ވޮޝިންގޓަންގެ މަސްރަހަށް ލޮޅުންތަކެއް ގެނުވި ކަމަކަށް

އަބުދުﷲ މުހައްމަދު
8Abbo

ކ. މާލެ | 17 މެއި 2017 | ބުދަ 15:40 | 1,486

އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމޭ (ވ) އަދި ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) - ގެޓީ އިމޭޖާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ރަޝިއާ މެދު އޮތް ގުޅުމާ ބެހޭ ތަހުގީގު ހުއްޓާލުމަށް ރައީސް ޓްރަމްޕް އެފްބީއައިގެ ކުރީގެ ވެރިޔާ ޖޭމްސް ކޯމޭއަށް އެންގެވި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާގޮތުން އެ މެމޯ ލިޔެފައި ވަނީ އެ ބައްދަލުވުމަށް ފަހު ވަގުތުންކަމަށާއި މައިކަލް ފްލިން އިސްތިއުފާ ދެއްވާފައި ވަނީ އޭގެ އެއްދުވަސް ފަހުންނެވެ.

"އަޅުގަނޑު އުއްމީދު ކުރަން މަނިކުފާނަށް މިކަން ދޫކޮށްލެވޭނެ ކަމަށް"ފެބްރުއަރީމަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި ކަމަށް އެފްބީއައިގެ ކުރީގެ ޑިރެކްޓަރ  ކޯމޭ ލިޔުއްވާފައިވާ މެމޯއެއްގައި ވެއެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ މި ރިޕޯޓް ދޮގުކޮށްފައެވެ.

"ކޯމޭ ނުވަތަ އެހެންވެސް ބޭފުޅަކަށް ރައީސް ނާންގަވާ، ޖެނެރަލް ފްލިންގެ ތަހުގީގުތައް ވެސް ހިމެނޭ ގޮތުން އެއްވެސް ތަހުގީގެއް، ހުއްޓާލުމަކަށް" ބަޔާނުގައި ވެއެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ފްލިން އިސްތިއުފާދެއްވަން މަޖުބޫރުވީ  ރައީސް ޓްރަމްޕް ހުވާ ކުރެއްވުމުގެ ކުރިން ރަޝިއާގެ މަންދޫބާ އެކު ކުރިޔަށްގެންދެވި މަޝްވަރާތަކާ ބެހޭގޮތުން ނައިބް ރައީސްއަށް ނުބައި މައުލޫމާތެއް ދެއްވިފައިވާތީއެވެ.

ނިއުޔޯކް ޓައިމްސް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ ފޯން ރެކޯޑިންގ ލިބިފައި ވެއެވެ.

އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ގޮތުން އެހެން ގައުމުތަކާ އަމިއްލަ ފަރުދުން މަޝްވަރާ ކުރުމަކީ މަނާ ކަމެކެވެ.

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައި ވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އިސްތިއުފާގެ ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ، ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި މައިކް ޕެންސްއަށް އެ މައުލޫމާތު އެރުވުނީ ބޭއިޚްތިޔާރުގައި ކަމަށެވެ. އަދި އެ މައުލޫމާތު އެރުވުނީ ފުރިހަމައަށް ނޫން ކަމަށެވެ.

ކޯމޭ ވަކިކުރެއްވުން ވެގެން ގޮސްފައި ވަނީ ވޮޝިންގޓަންގެ މަސްރަހަށް ލޮޅުންތަކެއް ގެނުވި ކަމަކަށްވާއިރު ފާޑުކިޔާ ފަރާތްތަކުން ގެންދަނީ ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅުންނާ ރަޝިއާއާމެދު އޮތް ގުޅުމާއި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ރަޝިއާއިން މަސައްކަތް ކުރިކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް އެފްބީއައި ކުރަމުންދިޔަ މަސައްކަތަށް ރައީސް ޓްރަމްޕް ހުރަސް އަޅުއްވާ ކަމަށް ތުހުމަތުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.