ކ. މާލެ
|
17 މެއި 2017 | ބުދަ 15:29
މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން
މަރާލުމަށް ފަހު އިންސާނުންގެ ހަށިގަނޑު އަންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ތަން
އަލްޖަޒީރާ
ސީރިޔާ ހަނގުރާމަ
ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި
 
އެމެރިކާ އިން ބުނެފައި ވަނީ ސީރިޔާ އަށް ކުރާ ތުހުމަތުތަކުގެ ހެކިވެސް އެބަހުރި ކަމަށް

ސީރިޔާގެ ރައްޔިތުންނާ ދެކޮޅަށް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލު އާންމުތައް ފޮރުވުމަށް އިންސާނުންގެ ހަށިތައް އެންދުމަށް ހާއްސަ ތަނެއް ބޭނުންކުރާ ކަމަށް އެމެރިކާއިން ކުރި ތުހުމަތުތައް ސިރިޔާއިން ދޮގުކޮށްފިއެވެ.

ސީރިޔާ އިން އަންގާރަ ދުވަހު މިކަން ދޮގު ކުރަމުން ބުނީ އެމެރިކާ އިން މިފަދަ ދޮގުތައް ހަދަމުން ދަނީ "އެމެރިކާ އިން ހިންގާ ރުޅިވެރި އަމަލުތައް އެއީ ހިންގަން ޖެހޭ އަމަލުތަކެއް ކަން ދެއްކުމަށްޓަކައި" ކަމަށެވެ.

އެމެރިކާ އިން ބުނާ ގޮތުގައި ސީރިއާގެ ވެރިރަށް ދިމިސްކްގައި އާއި ގާތް ހިސާބެއްގައި ހުންނަ ސައިދްނަޔާ ޖަލުގައި އިންސާނުން އަންދާ ތަނެއް ހުރެއެވެ. އަދި އެކަމުގެ ހެކިވެސް ހުރި ކަމަށް އެމެރިކާއިން ބުނެއެވެ. ބައްޝާރުގެ ސަރުކާރުން މަރާފައިވާ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު އަންދާ އަޅިއަށް ހަދާލުމަށް މީހުން އެންދުމަށް ބޭނުންކުރާ އިތުރު މެޝިންތައް އަސްކަރީ ޖަލުތަކުގައި ޤާއިމްކުރުމަށް އަންގާފައިވާ ކަމަށް ވެސް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

ސީރިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ އިން އަބަދުވެސް ދޮގުތައް އުފަން ކުރަމުންދާ ކަމަށާއި، އަދި އެއަށްފަހު މިނިވަން ގައުމުތަކުގައި އެމީހުންގެ ރުޅިވެރި އަމަލުތައް ފަތުރަމުންދާ ކަމަށެެެވެ. އަދި އެމެރިކާއިން ސީރިޔާ އާ ދޭތެރޭ ހަދަމުން ދަނީ ކަނޑައެޅިގެން ދޮގު ކަމަށް ވެސް ބުނެފައި ވެއެވެ.

މެދުއިރުމަތީގެ ކަންކަން ބައްލަވަމުންދާ އެމެރިކާގެ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑިޕާޓްމަންޓް ސްޓުއާޓް ޖޯންސް ވަނީ ސީރިއާގައި މީހުން އެންދުމުގެ ކަންކަން ހިންގާ ތަނެއްގެ ސެޓްލައިޓް ފޮޓޯތައް ނޫސްވެރިންނާ ވެސް ހިއްސާ ކޮށްފައެވެ.

އެމެރިކާ އިން ބުނާގޮތުން ސީރިޔާ ސަރުކާރުން ހިންގި މީހުން އެންދުމުގެ މައުލޫމާތު އެގައުމަށް ލިބިގެން ދިޔައީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އެޖެންސީތަކުންނެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް