ކ. މާލެ
|
16 މެއި 2017 | އަންގާރަ 03:05
ކޮލެރާ ޖެހިފައިވާ ބަޔަކަށް ޔަމަނުގެ ސަރަހައްދެއްގައި ފަރުވާދެނީ
ކޮލެރާ ޖެހިފައިވާ ބަޔަކަށް ޔަމަނުގެ ސަރަހައްދެއްގައި ފަރުވާދެނީ
ގޫގުލް
ޔަމަނުގައި ކޮލެރާ ފެތުރުން
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
 
ހޮސްޕިޓަލްތައް ސުންނާފަތިވެފައި
 
އަށްހާސް ފައްސަތޭކަ މީހުންނަށް ކޮލެރާ ޖެހިފައި
 
ސަތޭކަ ފަނަރަ މީހުން ވަރުވެފައި

ދާޚިލީ ހަނގުރާމައެއް ހިނގަމުންދާ ޔަމަނުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެމުންދާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

 

ކޮލެރާގެ ބަލިމަޑުކަން ފެތުރެމުންދާތީ ޔަމަނުގެ ވެރިރަށް ސަންއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މަޖުބޫރުވީ އެތައް ބަޔަކު މަރުވާން ފެށުމުންނެވެ.

 

ޔަމަނަށް ކޮލެރާގެ ނުރައްކާ ކުރިމަތިވިއިރު، ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމު ސުންނާފަތިވެ، އެތައް ސަތޭކަ ހޮސްޕިޓަލަކާއި ސިއްޚީ ހިދުމަތްދޭ އެތައް ތަނެއްވަނީ ވީރާނާވެފައެވެ.

 

ހޮސްޕިޓަލްތަކާއި ސިއްޚީ ޚިދުމަތްދޭ ތަންތަން ވީރާނާވެ ހަލާކުވެފައި ވުމުގެ ސަބަބުން، ކޮލެރާ ޖެހިފައިވާ މީހުން އަދަދު އިތުރުވަމުންދާތީ ސަންއާގެ ހޮސްޕިޓަލްތައް ވަނީ ފުރިބާރުވެފައެވެ.

 

ޔަމަނުގައި ހަރަކާތްތެރިވާ ރެޑް ކްރޮސް ޖަމާއަތުން ހާމަކުރާ ގޮތުގައި މިހާތަނަށް 8،500  މީހުންނަށް ބަލި ޖެހިފައިވެއެވެ.

 

އެގޮތުން މިދިޔަ މަހުގެ 27 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް ސަންއާގައި 115 ކޮލެރާ ޖެހިގެން މަރުވެފައިވާ ކަމަށް ރެޑްކްރޮސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޑޮމިނިކް ސްޓިލްހާޓް ވިދާޅުވެފައިވެއެވެ.

 

މިއީ ހަފްތާއެއްގެ ތެރޭގައި ކޮލެރާ ޖެހުނު މީހުންގެ އަދަދު ތިންގުނައަށް އިތުރުވެގެންދިޔައިރު، އިތުރު މައްސަލަތަކެއްވެސް ވަނީ ފެންމަތިވަފައެވެ.

 

ކޮލެރާގެ ބަލިޖެހިގެން މީހުން ގިނަވެ، ފަރުވާދޭނެ ތަންތަނަށްބަލާއިރު، ވެރިރަށް ސަންއާގެ ހޮސްޕިޓަލްތައް ވަނީ ހޫތީން ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

 

ޔަމަނުގައި ހަނގުރާމަކުރާ ހޫތީންނަކީ ދީނީ، އިޖްތިމާއީ އަދި ހަތިޔާރު އެޅި ސިޔާސީ ޖަމާއަތެކެވެ. އުފެދުނީ 1992 ވަނަ އަހަރުގެ ތެރޭގައި "އަންޞާރުﷲ"ގެ ނަމުގަ އެވެ.

 

ޔަމަންގެ ރައީސް އަބްދު ރައްބޫ މަންސޫރުގެ ވެރިކަމާ ދެކޮޅަށް ހޫތީން ތެދުވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

 

ސަރުކާރާ ދެކޮޅަށް ހޫތީން ކުރާ ހަނގުރާމައިގައި 2014 ވަނަ އަހަރުން ފެށިގެން އެމީހުންގެ އެންމެ މުހިންމު ބައިވެރިއަކީ އަލީ އަބްދުﷲ ސާލިހާއި އޭނާ އަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

 

ހަނގުރާމަ ފުޅާ ކުރަމުން ގޮސް ވެރިރަށް ސަންއާ ހޫތީންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އަދި ޔަމަންގެ ރިއާސީ ގަނޑުވަރު ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.

 

ހޫތީން ޔަމަނުގެ ވެރިރަށް ކޮންޓްރޯލްކޮށް ގާނޫނު ހަދާ މަޖިލިސް އުވާލައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ރައީސް އަބްދު ރައްބޫ މަންސޫރު ގޭގައި ހިސޯރު ކުރި އެވެ. ނަމަވެސް ފަހުން ރައީސް އަބްދު ރައްބޫ ފިއްލަވައިގެން އަދަން އަށް ވަޑައިގެން އެ ރަށުގައި ވެރިކަން ހިންގަވަން ފެއްޓެވި އެވެ.

 

ބައިނަލްއަގުވާމީ ދުނިޔެއާ ޔަމަނާއި ދެމެދު ގުޅުން ކެނޑިގެން ދިޔަވަގުތު އީރާނުން ވައިގެ މަގުން ސަންއާ އަށް އެހީގެ ތަކެތި ފޯރުވަން ފެށި އެވެ. އެއީ ހޫތީންނަކީ ޖަމާއަތުގެ ބާނީއަކީ ޝީއީންގެ މަޒްހަބެއް ކަމަށްވާ ޒައިދީ މަޒްހަބުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ބަދަރުއްދީން އަލް ޙޫޘީގެ ދަރި ހުސައިން އަލް ޙޫޘީއަށް ވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް