ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 17:29
އެސްޓްރަޒެނިކާ ވެކްސިން
އެސްޓްރަޒެނިކާ ވެކްސިން
ރޮއިޓަރސް
އެސްޓްރަޒެނިކާ ވެކްސިނަށް ހުއްދަ ދިނުން
އެސްޓްރަޒެނިކާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަދީފި
 
މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ 7 ވަނަ ވެކްސިން
 
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދެވޭނެ

އެސްޓްރަޒެނިކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްޓްރާ-ޒެނެކާގެ އުފެއްދުމެއްކަމުގައިވާ "އެސްޓްރަޒެނިކާ ކޮވިޑް-19 ވެކްސިން" ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އާދީއްތަ ދުވަހު ދީފައިވާ ކަމަށެވެ. މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ. އުމުރުން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމުގެ ހުއްދަ މިއާއެކު ވަނީ ދީފައެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ 7 ވަނަ ވެކްސިނެވެ. ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށް ބުނެފައިވެއެވެ.

މިވެކްސިންއަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީ.ޔޫ.އެލް) ގައި ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިގައުމުތަކުގެތެރޭގައި ޔޫކޭ، ކެނެޑާ، މެލޭޝިއާ، ސްޕެއިން، ފްރާންސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެއެވެ. މިވެކްސިން ބަހައްޓަންޖެހެނީ 8 ޑިގްރީއާއި 2 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ.

އެހެން ކަމުން އެ އޮތޯރިޓީން މިވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެނެވެ. އަދި އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީއޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.

އާންމު ގޮތެއްގައި ކޮންމެ ވެކްސިންއަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ "ރިއެކްޝަން" އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުރިއެކޭ ވެސް އެއްފަދައިން، މިވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އޮތޯރިޓީއާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް