ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 15:23
އަހުމަދު ސައީދު، ގެމަނަފުށި ދާއިރާގެ މެމްބަރު
އަހުމަދު ސައީދު، ގެމަނަފުށި ދާއިރާގެ މެމްބަރު
ރައްޔިތުންގެ މަޖިލިސް
އެސްޖީ ކަނޑައެޅުމުގެ އިސްލާހު އަނބުރާ ގެންދިޔުން
ކައުންސިލްގެ އެސްޖީ ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގާނޫނަކަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދަން ނިންމައިފި
 
ބިލް ހުށަހެޅީ ޕީޖީ ގްރޫޕުގެ ތާއީދާއެކު
 
މެމްބަރުން ވެސް ޚިޔާލު ތަފާތުވުމުން، މި ދަނޑިވަޅުގައި ބިލު އަނބުރާ ގެންދަން ނިންމީ
 
ބިލް ހުށަހެޅުމުން ބައެއް މެމްބަރުން އެ ބިލާމެދު ޚިޔާލު ތަފާތު

ކައުންސިލްތަކުގެ އެސްޖީ ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގާނޫނަކަށް ގެނައި އިސްލާހު އަނބުރާ ގެންދަން އިސްލާހު ހުށަހެޅުއްވި މެމްބަރު ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ނިންމަވައިފިއެެވެ.

ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ކަނޑައަޅައި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށާާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށްވަނީ އިސްލާހު ހުށަހަޅައި ބަހުސް ކުރަން ވެސް ފަށާފައެެވެ.

މެމްބަރު ސައީދު ވިދާޅުވީ، އިސްލާހު އަނބުރާ ގެންދަން ނިންމެެވީ، ބިލް ހުށަހެޅުމުން ބައެއް މެމްބަރުން އެ ބިލާމެދު ޚިޔާލު ތަފާތުވުމާއި، ސަރުކާރުން ވެސް އެ ބިލާމެދު އެހާ ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ސައީދު ވިދާޅުވީ، ބިލު އަމިއްލަ ގޮތުން ހުށަހެޅި ނަމަވެސް، މަޖިލީހަށް ބިލެއް ހުށަހަޅަނީ، ޕީޖީގެ މެމްބަރުންގެ ތާއީދާއެކު ކަމަށެވެ. އެެހެންނަމަވެސް ބިލް ހުށަހެޅި ބަހުސް ފެށުމާއެކު، ތާއީދު ކުރެއްވި މެމްބަރުން ވެސް ޚިޔާލު ތަފާތުވުމުން، މި ދަނޑިވަޅުގައި ބިލު އަނބުރާ ގެންދަން ނިންމީ ކަމަށެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި ހުޅުވާލުމާއި، އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮޮތުން ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުގެ ބިލްގައި ވަނީ ކައުންސިލްގެ ލަފަޔާއެކު އޮތް ބައި އުނިކޮށްފައެވެ.

ކޮމެންޓް