ކ. މާލެ
|
2 ޖޫން 2021 | ބުދަ 16:37
ރޭންޖާސް އާއެކު ލީގު ކާމިޔާބުކުރި ސްޓީވެން ޖެރާޑް
ރޭންޖާސް އާއެކު ލީގު ކާމިޔާބުކުރި ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ޖެރާޑް ހޯދަން މަސައްކަތްކުރުން
ޖެރާޑް ހޯދަން އެވަޓަނުން މަސައްކަތްކުރަނީ
 
އަންޗެލޮޓީ ވަނީ އެވަޓަން ދޫކޮށް ރެއާލަށް ބަދަލުވެފައި
 
ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސްއަށް ލީގު ހޯދާދީފައި

ލިވަޕޫލުގެ ލެޖެންޑް ސްޓީވެން ޖެރާޑް ހޯދަން އެވަޓަނުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެވަޓަނުން ޖެރާޑް ހޯދަން މަސައްކަތްކުރަމުން އަންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމާ ހަވާލުވި އުމުރުން 61 އަހަރުގެ ކާލޯ އަންޗެލޮޓީ، އެ ކުލަބު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅިގެންނެވެ.

އެއާއެކު ޖެރާޑް ހޯދަން އެވަޓަނުން މަސައްކަތް ފެށިއިރު، ޖެރާޑް ވަނީ މެޗަކުން ބަލިނުވެ ރޭންޖާސް އަށް މި ސީޒަނުގައި މި ސީޒަނުގެ ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އެގޮތުން ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން މޮޅުވެގެންނެވެ. އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއީ ކޯޗިން ކެރިއަރުގައި ލިވަޕޫލުގެ ލެޖެންޑް ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ. އުމުރުން 40 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިން ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ކުރިއަށް އޮތް ސީޒަނަށް އެވަޓަނުން ޖެރާޑް ގެންނަށް މަސައްކަތްކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ޖެރާޑް ނުލިބެއްޖެނަމަ އެ ކުލަބުން އަންނަނީ ރަފާ ބެނީޓޭޒް ނުވަތަ ޑޭވިޑް މޮޔެސް ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް