ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 13:14
އެވަޓަންގެ ސަޕޯޓަރުން
އެވަޓަންގެ ސަޕޯޓަރުން
ގެޓީ އިމޭޖަސް
އެވަޓަން
އެވަޓަން ރެލިގޭޝަން ޒޯނުގައި، ދަރަނި 112 މިލިއަން ޑޮލަރުގައި
 
ލީގުގައި މިވަގުތު އޮތީ 25 ޕޮއިންޓާއެކު 16 ވަނައިގައި

އިނގިރޭސި ވިލާތުގެ ދުވަސްވީ ކުލަބެއް ކަމަށްވާ އެވަޓަން ރެލިގޭޝަން ޒޯނުގައި އޮތްއިރު ހުސްވި ސިޒަނުގެ ދަރަނި 112 މިލިއަން ޑޮލަރަށް އަރައިފިކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހުސްވި ސިޒަނުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެކުލަބުގެ ދަރަނި މިވަރަށް އެރީ ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރުގައި 60 މިލިއަން ޑޮލަރުގެ ފައިދާއެއް ވެސް ހޯދާފައިވަނިކޮށެވެ.

އެވަޓަންގެ ޖުމުލަ ދަރަނި 417 މިލިއަނަށް އަރަ އެވެ. ސަބަބަކީ އެކުލަބުން އައު އިންވެސްޓްމަންޓްތަކަށް ކޮށްފައިވާ ހޭދަ ބޮޑުވުމެވެ. ހާއްސަކޮށް އައު ސްޓޭޑިއަމް ބިނާ ކުރުމަށް ކުރާ ހޭދަ ބޮޑުވުމެވެ.

އިނގިރޭސި ލީގުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ކުލަބެއްގެ އެއް ސީޒަނުގެ ދަރަނި 105 މިލިއަން ޑޮލަރަށްވުރެ އިތުރު ވެގެންނުވާނެ އެވެ.

ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވުމުގެ ސަބަބުން އެވަޓަން މި ސީޒަން ފެށީ ވެސް ޕޮއިންޓް އުނިކޮށްފައި އޮއްވަ އެވެ. އަދި ލީގުގައި މިވަގުތު އޮތީ 25 ޕޮއިންޓާއެކު 16 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް