ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 13:20
ތަބްޤާ އަތުލުމަށް ބަދަލުކުރެވު ހަމަލާތަކުގައި ލިބިފައިވާ ގެއްލުން
ތަބްޤާ އަތުލުމަށް ބަދަލުކުރެވު ހަމަލާތަކުގައި ލިބިފައިވާ ގެއްލުން
އަލްޖަޒީރާ
ސީރިއާ ހަނގުރާމަ
ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި
 
އިތުރު ސަރަހައްދުތަކަށް ހަމަލާދިނުމަށް ދަނީ ތައްޔާރުވަމުން
 
އިރުމަތީގައި އައިއެސްގެ ބާރުވަނީ ކުޑަވެފައި

އެމެރިކާއިން މަދަދުވެރިވާ ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައި އޮތް ރައްޤާ ޝަހަރުގެ ބޮޑުބަޔެއް އަތުލައި ހަނގުރާމަވެރިންގެ ހާއްޔެއްގެ ގޮތުގައި އޮތް ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފިއެވެ.

 

 

ސީރިއާގެ ކުރުދީންނާއި އަރަބި ހަނގުރާމަވެރިންނަކީ އެމެރިކާގެ މަދަދު ލިބިގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތްތަކެވެ. ސީރިއާގެ މަޝްރަހު ދިރާސާ ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ އެ ޖަމާއަތްތަކުން އައިއެސްގެ ބާރުގެ ދަށުގެ އޮތް ތަބްޤާ ސިޓީ ފަތަހަކޮށްފައިވާ ކަމަށެވެ.

 

 

ކުރުދީ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެސް) އިން ބުދަ ދުވަހު ބުނެފައިވަނީ އެމެރިކާ އާ ގުޅިފައިވާ ކޯލިޝަނުން މަހަކަށްވުރެ ގިނަ ދުވަހު ވަޔާއި އެއްގަމުން ދެވުނު ހަމަލާތަކަށްފަހު ތަބްޤާ ސިޓީގެ ބޮޑުބަޔެއްގެ ކޮންޓްރޯލް ހޯދިފައިވާ ކަމަށެވެ.

 

 

އިނގިރޭސިވިލާތުގައި ޤާއިމްވެފައިވާ ސީރިއަން އޮބްސަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިންވެސް ވަނީ އެސްޑީއެސްގެ އެވާހަކަތައް ތެދުކަމަށް ބުނެފައެވެ.

 

 

ގުޅިފައިވާ ކޯލިޝަނުން އެންމެ މުހިތްމު ކަމެއް ދީފައިވަނީ ތަބްޤާ ޝަހަރުގެ "ޑޭމް"ތައް އައިއެސް ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްކޮށް އެތަންތަން ހިމާޔަތް ކުރުމަށެވެ.

 

 

ގުޅިފައިވާ ކޯލިޝަނުން ތަބްޤާ މައި ސަރަހައްދުތަކުގެ ބާރު އަތުލުމުން ސީރިއާގެ އިތުމަތީގައި އައިއެސްގެ ބާރުގެ ދަށުގައިވާ ހިސާބެއް މިހާރު ނޯންނާނެ ކަމަށް ކޯލިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް