21 އޭޕްރިލް 2022 | ބުރާސްފަތި 10:26

ފެށުމުގެ ގޮތުން މި ކިޔައިދެނީ ރަސްގެފާނު ނޫރައްދީން މަހްމޫދު ޒުންކީ رحمه الله ގެ ވާހަކައެވެ. ހާދިސާ ހިނގީ ހިޖުރައިގެ 557 އަހަރު ފަހުންނެވެ. އޭނާ ވެރިކަން ކުރަމުން ގެންދެވި ޝާމްކަރައިގެ (މިހާރު ސޫރިޔާ ނުވަތަ ސޫރިޔާ-ފަލަސްޠީން) ސަރަހައްދުގައެވެ. އަދި މަދީނާއަށް ދަތުރުފުޅެއް ފެއްޓެވުމަށް ބާރުދިން ވަރުގަދަ ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެއް ރެއެއްގައި 3 ފަހަރަށް އެ ރަސްގެފާނަށް، ކީރިތި ރަސޫލާ މުޙައްމަދު  صلى الله عليه وسلم ފެނިވަޑައިގަތެވެ. ކޮންމެ ފަހަރަކުވެސް ކީރިތި ރަސޫލާ މުޙައްމަދު  صلى الله عليه وسلم ޙަދީޘް ކުރައްވާތީ ރަސްގެފާނަށް ފެނިވަޑައިގަތީ، 2 މީހަކަށް އިޝާރާތްޕުޅު ކުރެއްވުމަށްފަހު އެ 2 މީހުންގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم، ރަސްގެފާނުގެ ކިބައިން އެދިވަޑައިގަންނަވާތީއެވެ. އެހާ ހިސާބުން، ފަތިސް ވުމުގެ ކުރިން، ރަސްގެފާނު، އޭނާގެ ވަޒީރު ޙާޟިރު ކުރައްވައިފިއެވެ. އަދި އެކަމުގެ ޚަބަރު ދެއްވިއެވެ. ވަޒީރުން ދެންނެވީ އެއީ މަދީނާގައި ހިނގި ކަމަކަށް ވެދާނެ ކަމަށެވެ. ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ މަދީނާގައެވެ.

ރަސްގެފާނު ދަތުރުފުޅަށް ތައްޔާރުވެވަޑައިގަތެވެ. 1000 ޖަމަލާއި އަސް އަވަސްއަވަހަށް ތައްޔާރު ކުރެއްވިއެވެ. ވަޒީރާއެކު ސިއްރިއްޔާތުގައި މަޑުމަޑުން މަދީނާއަށް ވަދެވަޑައިގެން، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ މިސްކިތްކޮޅާ ހިސާބަށް ވަޑައިގަތީ ދެން ހައްދަވާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ޙާލެއްގައެވެ. އެހާ ހިސާބުން ވަޒީރު އެއްސެވެ. އެ 2 މީހުން ފެނުމުން ރަސްގެފާނަށް އެނގިވަޑައިގަންނަވާނެތޯއެވެ. ރަސްގެފާނު ވިދާޅުވީ އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މަދީނާގެ ހުރިހާ އަހުލުވެރިންނަށް ޞަދަޤާތް ބެއްސެވުމަށް އެ އެންމެން ޙާޟިރު ކުރައްވާ، ގިނަ ޢަދަދަކަށް ރަނާއި ރިހި ދެއްވިއެވެ. އަދި ވިދާޅުވިއެވެ. އެއްވެސް މީހަކު އެކަމުން އިސްތިސްނާ ނުވެ، ހުރިހާ އެންމެންވެސް ޞަދަޤާތް ލިބިގަތުމަށް އައުމަށެވެ. ޞަދަޤާތް ބަލައި ނައިސް ތިބީ އެންމެ 2 މީހުންނެވެ. އެމީހުން ތިބީ އަންދާލޫސިޔާ (މިހާރު ސްޕެއިން) ގެ މިސްކިތާ ކައިރީގައެވެ. ޢުމަރު އިބްނު އަލް-ޚައްޠާބުގެ ގެކޮޅާއި ދާދި ކައިރީގައި ހުރި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދިރިއުޅުއްވި ގެކޮޅުގެ އަރިމަތިން ޤިބްލައަށް ވާ މިޞްރާބުގައި ހުންނަ ތަނެއްގައެވެ. ރަސްގެފާނުގެ ގާތަށް އެމީހުން އައީއެވެ. ނުވަތަ ޞަދަޤާތް ދެއްވުމަށްޓަކާ ރަސްގެފާނު އެ 2 މީހުން ޙާޟިރު ކުރެއްވިއެވެ. އެމީހުން އިންކާރު ކުރިއެވެ. އަދި ބުންޏެވެ. "އަހަރަމެންގެ އަތުގައި ހުރި އެއްޗަކުން ފުދެއެވެ. އަހަރަމެން އެއްވެސް އެއްޗެއް ބަލައެއް ނުގަންނަމެވެ." ރަސްގެފާނު ވަކިން ބޮޑަށް ބާރު އެޅުއްވިއެވެ. އަދި އެމީހުން ގެނެވުނެވެ. އެމީހުން ފެނުމާއެކު، އެއީ ހަމަ އެމީހުން ތޯ ރަސްގެފާނު ގާތުން ވަޒީރު އެއްސެވިއެވެ. އަދި އެމީހުން ކުރެ، އެމީހުންގެ ބޭނުން އޮޅުން ފިލުއްވާ، އެތަނަށް އެބައިމީހުން އައި ގޮތަކާ މެދު ސުވާލު ކުރެއްވިއެވެ. އެމީހުން ބުންޏެވެ. "އަހަރަމެން އައީ މުޙައްމަދު صلى الله عليه وسلم އާއި ގާތުގައި ވުމަށެވެ."

އެމީހުން ބުނަން ޖެހޭނީ ތެދުކަމަށް ތަކުރާރުކޮށް އެނގެވުމަށްފަހު، އެތައް ފަހަރަކު ސުވާލު ކުރުމުން އެއީ ނަޞާރާއިން ކަމަށް އިޢުތިރާފުވެއްޖެއެވެ. އަދި އެބައި މީހުން އެތަނަށް އައި އަސްލު ބޭނުމަކީ، އެމީހުންގެ ޓީމުތަކުގެ ބަހަށް، ރަސޫލާ صلى الله عليه وسلمގެ ހަށިކޮޅު އޮތް ތަނުން ނެގުމަށް ކަންވެސް އެނގުނެވެ. އަދި ރަސޫލާ صلى الله عليه وسلمގެ ގެކޮޅަށް ވާ ގޮތަށް، މިސްކިތުގެ ފާރުން ޤިބްލައާ ވީ ކޮޅުން ޓަނަލެއް/ބިމު އަޑީގެ މަގެ ކޮނެފައިވާތީ ހޯއްދެވިއެވެ. އަދި ވެލިކުނޑިތައް އެމީހުންގެ ގޭގައި ފޮރުވާފައި ހުއްޓާވެސްމެއެވެ. ދެން މިސްކިތުގެ ބޭރުގައި ރަސްގެފާނު(؟) އެ ދެމީހުންގެ ކަރުބުރިކުރައްވާ، ޝާމްއަށް އެނބުރި ވަޑައިގަތެވެ. އަދި ރަސޫލާ صلى الله عليه وسلمގެ ހަށިކޮޅު ވަޅުލެވިފައިވާތަނުގެ ވަށައިގެން ކޮނެ، އެތަނަށް ތިމަރަ އެޅުމަށް ޢަމުރު ކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمފަސްދާނުވަޑުވާފައި ވާ ސަރަހައްދަށް، ޢަދުއްވަކަށް ނުވަތަ އެހެންވެސް މީހަކަށް ގާތް ނުވެވޭނެ ގޮތަށެވެ.

(ނިމުނީ)