އެމްސްޓަޑަމްގައި ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލި މީހުން ތަކެއް ބަންދުކުރުން

11 ނޮވެންބަރ 2024 | ހޯމަ 18:42
-
654
އެ ސިޓީގެ ޑޭމް ސްކޮޔާއަށް އެތައް ސަތޭކަ ބަޔަކު އެއްވެ "ފްރީ ފަލަސްތީން" އޭ ކިޔައި ބޯޑުތައް ހިފައިގެން އަޑު އުފުލާފައިވެއެވެ.
އެމްސްޓަޑަމްގައި މަނާ މުޒާހަރާއެއްގެ ތެރެއިން ފަލަސްތީނަށް ތާއީދުކުރާ މީހުން ނެދަލޭންޑްސްގެ ފުލުހުންނާ ކުރިމަތިލަނީ - ފޮޓޯ: ރޮއިޓަރސް
މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އެލެގްޒެންޑާ ވެން ސްޓޮކުމް، 37، ބުނީ މި މުޒާހަރާއަކީ ސެމިޓިޒަމްއާ ދެކޮޅު މީހުންނާ އެއްވެސް ގުޅުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށް - ފޮޓޯ: އަނަޑޯލޫ
އެމްސްޓަޑަމްގެ ޑޭމް ސްކޮޔާއަށް އެތައް ސަތޭކަ ބަޔަކު އެއްވެ "އަހަރެމެންގެ މަގުތައް އަނބުރާ ބޭނުން" ލިޔެފައިވާ ބޯޑުތައް ހިފައިގެން "މިނިވަން ފަލަސްތީން" އޭ ކިޔަމުން އަޑު އުފުލާފައި - ފޮޓޯ: އަނަޑޯލޫ
ހުކުރު ދުވަހު އެޅި ކުއްލި ފިޔަވަޅުތަކުގެ ތެރޭގައި ފުލުހުން އިތުރުކުރުމާއި މާސްކު އެޅުން މަނާކުރުން ވެސް ހިމެނޭ - ފޮޓޯ: އަނަޑޯލޫ
ފަލަސްތީނަށް ތާއީދުކުރާ އެތައް ބަޔަކު ނެދަލެންޑްސްގެ ފުލުހުން ހިފަހައްޓާފައިވޭ - ފޮޓޯ: އަނަޑޯލޫ
އެމްސްޓަޑަމް ޑިސްޓްރިކްޓް ކޯޓުން ވަނީ އެ ސިޓީގައި މުޒާހަރާ ކުރުން މަނާކުރަން މޭޔަރު ނިންމެވި ނިންމެވުމަށް ތާއީދުކޮށްފަ - ފޮޓޯ: އަނަޑޯލޫ