އިޒްރޭލުގެ ހަމަލާތައް ކުރިއަށްދާއިރު ބެއިރޫތުގެ ރައްޔިތުން ގޮނޑުދޮށުގައި ހިޔާވަހިކަން ހޯދަނީ

2 އޮކްޓޯބަރ 2024 | ބުދަ 18:00
-
889
އިޒްރޭލުން ލުބްނާނަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ ބައެއް ރައްޔިތުން ވަނީ ރައްކާތެރިކަން ހޯދުމަށް ގޮނޑުދޮށްތަކަށް އަރާފައެވެ.
ސީރިއާގެ އާއިލާއެއް ބެއިރޫތުގެ ގޮނޑުދޮށުގައި ހިމާޔަތް ހޯދަނީ - ފޮޓޯ: ރޮއިޓަރސް
ގެދޮރު ގެއްލިފައިވާ ކުދިން ވަގުތީ ކޭމްޕެއްގައި ކުޅެނީ - ފޮޓޯ: ރޮއިޓަރސް
ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ވަގުތީ ކޭމްޕެއްގައި ހަދާފައިވާ ތަނެއް - ފޮޓޯ: ރޮއިޓަރސް
ވަގުތީ ކޭމްޕެއްގައި ގެދޮރު ގެއްލިފައިވާ ކުދިން. އިޒްރޭލުގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ޑިސްޕްލޭސްމަންޓް ކްރައިސިސްގައި މިލިއަނަކަށް ވުރެ ގިނަ މީހުން ލުބުނާނުގެ ބައެއް ސަރަހައްދުތައް ދޫކޮށް ދާން މަޖުބޫރުވެފައިވޭ - ފޮޓޯ: ރޮއިޓަރސް
ގެދޮރު ގެއްލިފައިވާ ސީރިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޓާކްމޭނޭ، ބެއިރޫތުގެ ގޮނޑުދޮށެއްގައި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ ވަގުތީ ކޭމްޕްގައި ވާރޭވެހުމުން ރައްކާތެރިވުމަށް ޕެރަސޯލް އެއް ޖަހަނީ - ފޮޓޯ: ރޮއިޓަރސް
ގެދޮރު ގެއްލިފައިވާ ކުދިން ބެއިރޫތުގެ ޑައުންޓައުންގައި ކުޅެނީ - ފޮޓޯ: އޭއެފްޕީ
ވަގުތީ ރެފިއުޖީ ކޭމްޕަކަށް ބަދަލުވެފައިވާ ބެއިރޫތުގެ ރާމްލެޓް އަލް ބައިދާ ގޮނޑުދޮށަށް ގެދޮރު ގެއްލިފައިވާ މީހުން ޖަމާވެފައި - ފޮޓޯ: އޭއެފްޕީ