ޚާން ޔޫނިސްއަށް އިޒްރޭލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން އެރަށުގެ މީހުން ފިލަން މަޖުބޫރުވުން

23 ޖުލައި 2024 | އަންގާރަ 18:42
-
1326
ޔަހޫދީ އިޒްރޭލުން ޚާން ޔޫނިސްއަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ވަނީ ފިލަން މަޖުބޫރުވެފައެވެ.
އިޒްރޭލުން މަރާލި 39،000 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނާއި އަންހެނުން - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނާއި އދ އަދި ބައިނަލްއަގުވާމީ ރިލީފް އެޖެންސީތަކުން ބުނަނީ ޣައްޒާގައި ރައްކާތެރި ތަނެއް ނެތް ކަމަށް - ފޮޓޯ: ރޮއިޓަރސް
ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުން ފަލަސްތީނު މީހުން ފައިބަނީ - ފޮޓޯ: ރޮއިޓަރސް
ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ އާބާދީ މިހާރު ވަނީ ގެދޮރު ގެއްލިފައި - ފޮޓޯ: ރޮއިޓަރސް
ޚާން ޔޫނިސް ކައިރީގައި މަޖުބޫރުކޮށްގެން ގެދޮރު ބަދަލުކުރަން ޖެހުނީ އެ ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް އިޒްރޭލުން ބުނޭ - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުގެ އަސްކަރިއްޔާއިން އެ ސަރަހައްދު ހުސްކުރަން އެންގުމުން ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުން ފިލައިގެން ދިޔަ ފަލަސްތީނުގެ ފިރިހެން ކުއްޖެއް، ތުއްތު ކުއްޖަކު އުރާލައިގެން - ފޮޓޯ: ރޮއިޓަރސް