"ރަނިންގ އޮފް ދަ ބުލްސް" - ފޯރިގަދަ، ގިނަ މީހުން ޝައުގުވެރިވިޔަސް ނުރައްކާތެރި ފެސްޓިވަލެއް

10 ޖުލައި 2024 | ބުދަ 17:19
-
830
މި ފެސްޓިވަލް ދުނިޔޭގައި ވިދާލާ، މަޝްހޫރުވެގެން ދިޔައީ އާނެސްޓް ހެމިންގްވޭގެ "ދަ ސަން އޯލްސޯ ރައިޒަސް" ނަމަކަށް ކިޔާ ފޮތަށް ފަހުއެވެ.
"ރަނިންގ އޮފް ދަ ބުލްސް" - ސެން ފަރމިން ފެސްޓިވަލްގެ ދެވަނަ "އެންސިއެރޯ" ނުވަތަ ބުލް ރަންއަށްފަހު ޝޯއެއްގެ ބައިވެރިއެއް ގައިގައި ޒުވާން ބުލްއެއް ބާރަށް ޖެހިގަންނަނީ - ފޮޓޯ: މިގުއެލް ރިއޯޕާ/އޭއެފްޕީ
"ރަނިންގ އޮފް ދަ ބުލްސް" - ސްޕެއިންގެ އުތުރުގައި އޮންނަ ޕަމްޕްލޯނާގެ ޓައުން ހޯލްގެ ބޭރުގައި ސެން ފަރމިން ފެސްޓިވަލް ފެށުމުގެ ގޮތުން ބޭއްވި "ޗުޕިނާޒޯ" ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިން، ޖޯޝުގައި އެމީހުންގެ ރަތް ކުލައިގެ ސްކާފްތައް ހޫރުވަނީ - ފޮޓޯ: އެންޑާ ގިލެނިއާ/އޭއެފްޕީ
"ރަނިންގ އޮފް ދަ ބުލްސް" - މަންޒަރު ބަލަން ހިތް އަވަސްވެފައި ތިބި މީހުން، ހެނދުނު 8:00 ގައި ފެށޭ 6 ބުލްގެ ދުވުން ފެށޭނެ އިރަކަށް އިންތިޒާރު ކުރަނީ - ފޮޓޯ: އަލްވާރޯ ބެރިއެންޓޮސް/އޭޕީ ފޮޓޯ
"ރަނިންގ އޮފް ދަ ބުލްސް" - ޕަމްޕްލޯނާގެ ހަނި މަގުތަކުން ދުވާ ވަރުގަދަ ހަ ބުލްއާ އެކު، މީހުން އެމީހުންގެ އަވަސްމިނާއި ހިތްވަރު އިމްތިހާނު ކޮށްފައިވޭ - ފޮޓޯ: އަލްވާރޯ ބެރިއެންޓޮސް/އޭޕީ ފޮޓޯ
"ރަނިންގ އޮފް ދަ ބުލްސް" - މި ފެސްޓިވަލް ދުނިޔޭގައި ވިދާލާ، މަޝްހޫރުވެގެން ދިޔައީ އާނެސްޓް ހެމިންގްވޭގެ "ދަ ސަން އޯލްސޯ ރައިޒަސް" ނަމަކަށް ކިޔާ ފޮތަށް ފަހު - ފޮޓޯ: އަލްވާރޯ ބެރިއެންޓޮސް/އޭޕީ ފޮޓޯ
"ރަނިންގ އޮފް ދަ ބުލްސް" - މި ބިޔަ ބޮޑު ޖަނަވާރުތައް ކައިރިން ދާއިރު ބައެއް ބައިވެރިން ވަނީ ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބިފައި - ފޮޓޯ: މިގުއެލް ރިއޯޕާ/އޭއެފްޕީ
"ރަނިންގ އޮފް ދަ ބުލްސް" - ޕަމްޕްލޯނާ ބުލްރިންއަށް ދުވުމުގައި ޖަނަވާރު ތަކާއި ވީހާވެސް ކައިރިން ދުވެވޭތޯ ބައެއް ދުވުންތެރިން މަސައްކަތް ކޮށްފައިވޭ - ފޮޓޯ: ސީޒާ މަންސޯ/އޭއެފްޕީ
"ރަނިންގ އޮފް ދަ ބުލްސް" - އާދީއްތަ ދުވަހުގެ ފެސްޓިވަލުގައި ހަ މީހަކަށް އަނިޔާވެފައިވާއިރު، އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ލޭ އޮހޮރިފައިވޭ - ފޮޓޯ: މިގުއެލް ރިއޯޕާ/އޭއެފްޕީ
"ރަނިންގ އޮފް ދަ ބުލްސް" - ޕަމްޕްލޯނާ ބުލްރިންގްގެ ދޮރުމަތީގައި ބިންމަތީގައި އޮށޯވެލައިގެން ތިބި މީހުންގެ މަތިން ބުލްއެއް ފުންމާލަނީ - ފޮޓޯ: އަލްވާރޯ ބެރިއެންޓޮސް/އޭޕީ ފޮޓޯ
"ރަނިންގ އޮފް ދަ ބުލްސް" - ބުލްތަކާއެކު ދުވުމަށްފަހު ބައިވެރިން ޕަމްޕްލޯނާ ބުލްރިންގަށް ޖަމާވެފައި - ފޮޓޯ: އެންޑާ ގިލެނިއާ/އޭއެފްޕީ