ބޮޑު ކަންނެލި މަސްވެރިންގެ ރުޅި ސަރުކާރަށް

12 ޖޫން 2024 | ބުދަ 15:22
-
2478
ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް ބުދަ ދުވަހު ވަނީ މުޒާހަރާ ކޮށްފައެވެ. މި މުޒާހަރާ ފުރަތަމަ ފަށާފައި ވަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް ވަރަށް ބޮޑެތި ވައުދުތަކަކާ އެކުގައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާގައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ބޮޑު ކަންނެލީގެ މަސްވެރިން ބާނާ މަހަށް 80-100ރ އާ ދެމެދުގެ މިންވަރެއް ކިލޯ އަކަށް ދޭނެ ކަމަށް ވެސް ޑރ މުއިއްޒު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މަސްވެރިން މުޒާހަރާ ކުރަން މާލެއަށް ދަތުރު ފަށަން ތައްޔާރުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މަސްވެރިއެއް މުޒާހަރާ ކުރަން މާލެއަށް ދަތުރު ފަށަން ތައްޔާރުވަނީ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މަސްވެރިކަން ކުރާ ދޯނި ތަކުގައި މަސްވެރިން ހުޅުމާލެ ކަންނެލި ޖެޓީން މާލެ އަށް ދަތުރު ފަށާފައިވަނީ ބުދަ ދުވަހުގެ މެންދުރު - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ސަރުކާރަށް ތެޔޮ ލިބޭ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގަތް - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މަސްވެރިން ބުނި ގޮތުގައި މަހަށް ހަމަ އަގު ނުލިބޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ބުދަ ދުވަހު މެންދުރު ކުރިން ފެށުނު މަސްވެރިންގެ މުޒާހަރާ ރާއްޖޭގެ މަސްވެރިކަން އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ހުވަދު އަތޮޅާއި، ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް މުޒާހަރާ ކުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - 2 ދޯނި 3 ދޯނި ގެންގުޅޭ އާއިލާތަކުން ދޯނިތައް މަހައް ފުރޭނެ ގޮތެއް ނެތި ފަޅުގައި އޮޑި އަޅައިގެން ތިބުމަކީ ބޮޑު ހިތްދަތި ކަމެއް ކަމަށް މަސްވެރިން ބުނެފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި މަސްވެރި ބައެއް އާއިލާތައް ތިބީ ގޮތް ހުސްވެފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - މަސްވެރިން މުޒާހަރާ ކުރުމަށް ހުޅުމާލެ ކަންނެލި ޖެޓީ ކައިރިން މާލެއަށް ދާން ތައްޔާރުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ - ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިންނަށް އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައި ނުވާއިރު އާއްމު މަސްވެރިކަމާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ވެސް ހުރީ ހުރި ގޮތައްކަން މަސްވެރިން ފާހަގަ ކުރޭ - ފޮޓޯ: ރާއްޖެއެމްވީ