ރައްޔިތުން ސަލާމަތުން ގޭގައި ތިއްބަވާ، އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ޚިދުމަތުގައި

18 އޭޕްރިލް 2020 | ހޮނިހިރު 15:16
-
35068
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުން
ވީބީ ފިހާރައެއްގެ ކުރިމަތީގައި ފެން ކޭސްތަކެއް އަތުރާލާފައި - މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ފިހާރަތަކުން 24 ގަޑީއިރު ޑެލިވަރީގެ ޙިދުމަތް ދިނުމުގެ ހުއްދަ ވަނީ ދީފަ - ރާއްޖެއެމްވީ
މަގުމަތީގައި ހަރަކާތްތެރިވަމުންދިއަ ބަޔަކާ ފުލުހުން ވާހަކަ ދައްކަނީ - ބޭރުގައި ތިބި އެންމެން ގެއަށް ވަނުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި. އަދި އެންގުންތަކާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފަ - ރާއްޖެއެމްވީ
ސިފައިން ސައިކަލުގައި ޑެލިވަރީ ޚިދުމަތް ފޯރުކޮށްދެނީ - ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެސްޓީއޯގެ ޑެލިވަރީގެ އިތުރުން ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި ސިފައިން ދަނީ ހަރަކާތްތެރިވަމުން - ރާއްޖެއެމްވީ
ރައްޔިތުންނަށް ޑެލިވަރީ ހިދުމަތް ފޯރުކޮށްދިނުމަށް ސިފައިން ތައްޔާރުވަނީ - ރާއްޖެއެމްވީ
މާލެގެ މަގުމަތީގައި މީހަކު ޑެލިވަރީކޮށްދިނުމުގައި ހަރަކާތްތެރިވަނީ - ފިހާރަތަކަށް ނުގޮސް އޯރޑަރ ކުރުމަށް ހުރިހާ ފަރާތްތަކުންވެސް ދަނީ އާއްމުންނަށް އިލްތިމާސްކުރަމުން - ރާއްޖެއެމްވީ
ޑެލިވަރީ ސާރވިސްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި - ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިފައިވާ ފިހާރަތަކާއި ރެސްޓޯރެންޓު ތަކުން ހެނދުނު 09:00 ން 14:00ށް ޑެލިވަރީކޮށްދޭނެ - ރާއްޖެއެމްވީ
މާލޭގެ މަގުމަތީގައި މީހަކު ބައިސްކަލުގައި - މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފިހާރަތަކަށް ނުގޮސް އޯރޑަރ ކުރުމަށް ހުރިހާ ފަރާތްތަކުންވެސް ދަނީ އިލްތިމާސް ކުރަމުން - ރާއްޖެއެމްވީ
ފުލުހުންތަކެއް މަގުމަތީގައި އިށީނދެލައިގެން - މާލެ ސަރަހައްދު ލޮކްޑައުންކޮށް، ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި - ރާއްޖެއެމްވީ
ހުއްދަދެވިފައިވާ ވެހިކަލްގައި ފުލުހަކު ފެން ބޭލުމަށް މަސައްކަތްކުރަނީ - ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުލުހުންނާއި ސިފައިންވެސް ދަނީ އަމަލީ ގޮތުން ބައިވެރިވަމުން - ރާއްޖެއެމްވީ
ފުލުހުން ފެންކޭސްތަކެއް ބާލަނީ - މާލެ ސަރަހައްދު ލޮކްޑައުންކުރުމާއެކު ފެން ލިބުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެގެންދިއަނަމަވެސް އެކަން ހައްލުކުރުމަށްޓަކައި ޑެލިވަރީ ހިދުމަތުގައި އަދި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން- ރާއްޖެއެމްވީ
ސިފައިންގެ ދެ ބޭކަލުން ސައިކަލުގައި ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭއިރު، އެކަކު މަޑުކޮށްލައިގެން - މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މުއްދަތުގައި ފިހާރަތަކުން 24 ގަޑިއިރު ޑެލިވަރީގެ ޙިދުމަތް ދިނުމުގެ ހުއްދަ މިހާރުވަނީ ދީފަ
ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން - ޑެލިވަރީކުރުމުގައި ފުލުހުން ދަނީ އަވަދިނެތި ހަރަކާއްތެރިވަމުން - ރާއްޖެއެމްވީ