މާލެ ސަރަހައްދު ލޮކްޑައުން: ފެންނަލެއް ތަފާތު

16 އޭޕްރިލް 2020 | ބުރާސްފަތި 17:19
-
32673
މާލެ ސަރަހައްދު އިތުރު 24 ގަޑީއިރަށް ލޮކްޑައުންކުރުން
މާލޭގެ ކަރަންކާމަގު - މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު އާއްމުންގެ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވަނީ - ރާއްޖެއެމްވި
ގެއެއްގެ ބޭރުގައި ކުނިތައް ނެރެފައި - ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތުގައި ހުންނަ ގޭގެއިން ކުނި ބޭރަށް ނުނެރުމަށާއި އެކަމަށް ހާއްސަ ޓީމަކުން ގޮސް އެފަދަ ގޭގެއިން ކުނި ނަގާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފަ - ރާއްޖެއެމްވީ
ކުނި އުކާލުމަށް ޕިކަޕެއްގައި ގެންދަނީ - ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާ 2:00 އާ ދެމެދު ގޭގެ ތިރިއަށް ބޭލުމަށް ވެމްކޯއިން ވަނީ އެދިފައި - ރާއްޖެއެމްވީ
ވެމްކޯގެ ކުނި ޑަސްބިނެއް ހިފައިގެން ވެމްކޯގެ މުވައްޒަފެއްދާ މަންޒަރު - ކުނި ބަންދު ކުރާއިރު، ލީކުނުވާގޮތަށް އެ ކޮތަޅަކަށް އެކަށީގެންވާ ވަރަށް ކުނި އެޅުމަށާއި އަދި ޑަބަލް ކޮތަޅަށްލުމަށްފަހު، ރަނގަޅަށް ބަންދުކުރުމަށް ވެމްކޯއިން އިރުޝާދުދޭ - ރާއްޖެއެމްވީ
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތަށް ތައްޔާރުވަމުންދާ މަންޒަރު - ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭގައި އުފެދޭ އާންމުކުނި ފިޔަވައި، ކުނީގެ ގޮތުގައި އުކާލެވޭ އެހެނިހެން ސާމާނު އުކާލުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި - ރާއްޖެއެމްވީ
ހުޅުމާލޭގެ މަގުމަތީގައި ވެމްކޯގެ ކުނި ޑަސްބިނެއް ބަހައްޓާފައިވާއިރު، އާއްމުންގެ ދެ މީހަކު މަގުމަތީގައި - އުކާލެވޭ ގޮނޑި މޭޒު ނުވަތަ ފަރުނީޗަރުފަދަ ހިފާ ގެންގުޅޭ ސާމާނު މިވަގުތު ގޭގައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައި - ރާއްޖެއެމްވީ
މާލޭ ސަރަހައްދު ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑީއިރަށް އިތުރުން - މަޖީދީމަގުން މީހަކު ސައިކަލުގައި - ރާއްޖެއެމްވީ
މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ބުޅަލެއް މިނިވަން ކަމާއެކު މަގުމަތިގައި އޮށޯވެލައިގެން - ރާއްޖެއެމްވީ