މާލެ ލޮކްޑައުން: ތަފާތު މަންޒަރުތައް ފޮޓޯއިން

15 އޭޕްރިލް 2020 | ބުދަ 20:11
-
47988
މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކުރުން
މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކުރުން - ޖުމްހޫރީ މައިދާން ސަރަހައްދުގައި އުޅޭ ކޮތަރުތައް މަގުމަތީގައި - ރާއްޖެއެމްވީ
ހުޅުމާލޭގެ މަގުމަތި - ޕޮޒިޓިވް ކޭސް އެއް ފެނުމަކީ ބިރުވެރިކަމެއް ކަމަށާއި ބައްޔަކީ އެއްވެސް ހާލަތެއްގައި އާދައިގެ ރޯގާއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވޭ - ރާއްޖެއެމްވީ
ލޮކްޑައުން ވަގުތުގައި މާލެގެ މަގުމަތި - މާލެ ސަރަހައްދު ލޮކްޑައުން ކުރުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އެޅުނު ފިޔަވަޅެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި - ރާއްޖެއެމްވީ
ލޮކްޑައުން ވަގުތުގައި ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރި ވަނީ - ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ޒަރޫރީ އެކިއެކި ކަންކަމުގައި ބޭރަށް ދާންޖެހިއްޖެނަމަ ކަން ކުރާނެ އުސޫލަކާއި އަދި ގުޅަންޖެހޭނެ ނަންބަރުތަކެއް ހާމަކުރެވިގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި - ރާއްޖެއެމްވީ
މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު 24 ގަޑިއިރަށް ލޮކްޑައުންކުރުން - މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުމާއި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައި - ރާއްޖެއެމްވީ
ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުންމަނާކުރާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ - ރާއްޖެއެމްވީ
މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު 24 ގަޑީއިރަށް ލޮކްޑައުންކުރަން ނިންމާ އާއްމުން ގެއަށް ދިއުމަށް ފުލުހުން އިރުޝާދު ދެނީ - ރާއްޖެއެމްވީ
ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުންމަނާކުރާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ - ރާއްޖެއެމްވީ
ލޮކްޑައުން ގަޑީގައި ގަވާއިދާ ޚިލާފަށް ބޭރަށް ނުކުމެ އުޅޭނަމަ ކަރަންޓީނު ފެސިލިޓީއަކަށް ގެންދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ - ރާއްޖެއެމްވީ
މާލެ ސަރަހައްދު ވަކި ގޮތެއް އަންގަންދެން 24 ގަޑީއިރަށް ލޮކްޑައުންކުރުމަށް ނިންމުމާއި ގުޅިގެން އާއްމުން މަގުމަތި ދޫކޮށް ގެއަށް ދިއުމަށް މިސްރާބުޖަހާފައި - ރާއްޖެއެމްވީ
މާލެ ސަރަޙައްދު 24 ގަޑީއިރަށް ލޮކްޑައުންކުރަން ނިންމި ވަގުތު ވިޔަފާރި ބަނދަރުގައި އަޅާފައިވާ ބޯޓުފަހަރުތަކަށް މުދާ ބަރުކުރަނީ - ރާއްޖެއެމްވީ
މާލެ ސަރަޙައްދު 24 ގަޑީއިރަށް ލޮކްޑައުންކުރަން ނިންމި ވަގުތު ވިޔަފާރި ބަނދަރުގައި އަޅާފައިވާ ބޯޓުފަހަރުތަކަށް މުދާ ބަރުކުރަނީ - ރާއްޖެއެމްވީ