1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - މިއުއްމަތަށް މާތްﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީ ގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރު، އެއީ އަބޫ ބަކުރުގެފާނުންގެ އަމީރުކަމުގެ ދަށުން، އޭރު އަބޫބަކުރުގެފާނުންގެ އަރިހު ބައިވެރިވީ ތިން ސަތޭކަ މީހުން - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާ މަހުގެ ފަސްވަނަ ދުވަހު ޙައްޖަށް ވަޑައިގަތުމަށް ޤަޞްދު ކުރަށްވާކަމަށް ލޮބުވެތި ކީރިތި ރަސޫލާ އިޢުލާން ކުރެއްވި, އޭރު އެކަލޭގެފާނުންގެ އަރިހުގައި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް ނުވަދިހަ ވަރަކަށް ހާސް މީހުން މަދީނާއިން ޙައްޖަށްދާން ނިކުތް - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - ކީރިތި ރަސޫލާގެ އަރިހުގައި މަދީނާއިން ޙައްޖަށް ނިކުތް މީހުންގެ އިތުރުން ޢަރަބި ކަރައިގެ އެތަން މިތަނުން ވެސް ކީރިތި ރަސޫލާގެ އަރިހު ޙައްޖުގައި ބައިވެރިވުމަށް މީސްތަކުން ނިކުތް، ބުނެވޭ ގޮތުގައި ޖުމްލަ ޙައްޖަތުލް ވަދާޢުގައި ބައިވެރިވީ 124000 ޙާޖީން، އިއްތިފާޤުން މިޢަދަދަކީ ދުނިޔެއަށް ފޮނުއްވުނު ޖުމްލަ ނަބީބޭކަލުންގެ ޢަދަދު - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - އިސްލާމްދީނުގެ ކުރިން، މައްކާ އާއި މައްކާ އިން ބޭރުގެ މީހުން ހައްޖު މޫސުމުގައި ގެފުޅަށް ޒިޔާރަތް ކުރަމުން ދިޔައިރު، އޭރުގެ މީހުން އަޅުކަން ކުރަން ގެންގުޅުނު ބުދާއި އެހެނިހެން އެއްޗެހި ކައުބާގައި އަދި ވަށައިގެންވާ ސަރަހައްދުގައި ބަހައްޓާފައި ހުރި - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - ހައްޖުވުމުގެ ކަންކަން ދަށު ދަރަޖައަކަށް ވެއްޓިފައި ދިގު މުއްދަތަކަށް އޮތް، ނޭދެވޭ އެތައް ކަމެއް އެކުލެވިގެން ގާތްގަނޑަކަށް ދޭހާސް ފަސްސަތޭކަ އެއްހާ އަހަރުގެ މުއްދަތަކަށް ހައްޖުގެ ކަންކަން ހިނގަމުން ދިޔަ، މި ދިގު މުއްދަތައް ފަހު މުޅި މަންޒަރު ބަދަލުވެގެން ދިޔަ - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - މިހާރަށް ބަލާއިރު ހައްޖަކީ އެތައް ތަނަކުން ފަސޭހަ ކަމާއެކު އަދާ ކުރެވޭ އަޅުކަމެއް، ހައްޖުވެރިންގެ ފަސޭހަ އަށް ތަފާތު ގިނަ ވަސީލަތްތައްވަނީ ގާއިމް ކުރެވިފައި - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - އޭރު ހައްޖުވުމުގައި މިހާރު އަދާ ކުރާ ރުކުންތައް ކަމުގައިވާ ސަފާ އާއި މަރުވާ އާ ދެމެދު ހިނގުމާއި، އަރަފާތު ބިމަށް ދިއުމެއް ނޯވޭ، އެކަމަކު އެމީހުން ހައްޖުވާއިރު މައްކާގެ ރަށްބޭރުގައި އެއްދުވަސް ހޭދަކުރޭ - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - އިސްލާމްދީން އައުމަށް ފަހު ބޮޑެތި ގާފިލާ ތަކުގައި ސީރިއާ އިންނާއި މިސްރުން އަދި އިރާގުން އެތައް ހާސް މީހުން ހައްޖުވުމަށް ދަތުރު ކުރަން ފެށި، މި ގޮތުން ދަތުރު ކުރާ ގާފިލާ ތަކާއެކު، ދަތުރުމަތީގެ ރައްކާތެރިކަން ހޯދައި ދިނުމަށް ހަތިޔާރު އެޅި ގްރޫޕްތައް ދަތުރު ކުރޭ، އަދި ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭސްވެރިންވެސް ދަތުރުގައި ބައިވެރިވޭ - ފޮޓޯ: ނެޝަނަލް ޖޯގްރަފީ
1953 ވަނަ އަހަރު ޙައްޖަށް ވަޑައިގެންނެވި ޙައްޖާޖީން - މިހާރަށް ބަލާއިރު، މައްކާ އިން މިނާ އަށް ޓްރޭން ގައި ދަތުރު ކުރެވޭ، އެއާއެކު ދަތުރުގެ ވަގުތު އެތައް ތަނެއް ކުޑަ ވެގެން ދޭ - ފޮޓޯ: ނެޝަނަލް ޖޯގްރަފީ

ހައްޖު – ފެށިގެން ނިމެންދެން

މުސްލިމުންނަށް ހައްޖަކީ، އިސްލާމް ކަމުގެ ފަސްވަނަ ރުކުނެވެ. މި އަޅުކަމަކީޒުލްހިއްޖާ (ޢަރަބި ކަލަންޑަރުގެ 12 ވަނަ މަސް) މަހުގެ ތެރޭގައި މުސްލިމުން އަދާ ކުރާ އަޅުކަމެކެވެ. ހައްޖުގެ އަޅުކަން ރަސްމީކޮށް ފެށެނީ ޒުލްހިއްޖާ މަހުގެ 8 ވަނަ ދުވަހުއެވެ.

ތަމައްތައު ( އުމްރާ ނިމިގެން ހައްޖު)
މީގާތުން އިހުރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ އުމްރަތަށް މުތަމައްތިއަން ބިހާ އިލަލް ހައްޖި
 
ތަވާފުލް ގުދޫމްގެ ފަހުން ސައުޔު ކުރުން
 
ބޯ ކޮށުން / ބޭލުން
 
އުމްރާ އަށް ފަހު އިހުރާމް ކެނޑުން
 
ތަރްވިޔާ ދުވަހު އަލުން އިހުރާމް ބަނުން
 
ހަދްޔު ކަތިލަން ޖެހޭނެ
 
ގިރާން ( ހައްޖު، އުމްރާ އެއްކޮށް)
މީގާތުން އިހްރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ އުމްރަތަން ވަ ހައްޖަން
 
ހަދްޔު ކަތިލަން ޖެހޭނެ
 
އިފްރާދް ( ހައްޖު އެކަނި)
މީގާތުން އިހްރާމް ބަނދެ ނިޔަތް ގަންނާނީ، ލައްބައިކަ ހައްޖަން
 
ހަދްޔު ކަތިލާކަށް ނުޖެހޭނެ
 
1

މީގާތުން އިހްރާމް ބަނުން، ނިޔަތް ގަތުން

2

ތަވާފު ކުރުން: ހައްޖުގެ އަޅުކަން ފެށެނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ކުރާ ތަވާފުންނެވެ. މި ތަވާފުގައި 7 ފަހަރު ކައުބާ ވަށައިގެން ހިނގައެވެ.

3

ސައުޔު ކުރުން

4

މިނާގައި މަޑު ކުރުން: މީނާގައި މަޑުކޮށްގެން ތިބޭއިރު ނަމާދު ކުރުމާއި ދުޢާ ކުރުމާއި ޤުރުޢާން ކިޔެވުމުގައި ހައްޖުވެރިން ވަގުތު ހޭދަ ކުރެއެވެ.

5

އަރަފާތު ބިމަށް ދިއުން: އަރަފާތު ބިމަކީ ރަސޫލާގެ ވަދާޢީ ޚުތުބާ ދެއްވި ބިމެވެ. މިތަނުގައި ހައްޖާޖީން މެންދުރުން ފެށިގެން އިރު އޮއްސުމާ ހަމައަށް ނަމާދުކޮށް ދުޢާކުރުމުގައި ތިބެއެވެ.

6

މުޒްދަލިފާއަށް ދިއުން: އިރު އޮއްސުމުން އަރަފާތު ބިމުން ހައްޖުވެރިން ދާނީ މުޒްދަލިފާގައި ރޭކުރުމާއެކު އިރު އެރުމުގެ ކުރިން ދާނީ މިނާ އަށެވެ. މުޒްދަލިފާގައި ޖަމްރާއަށް އެކުމަށް ބޭނުންވާ ހިލަ އެއްކުރެއެވެ.

7

މިނާއަށް ދިއުން: މިނާ އަށް ދާ ދުވަހަކީ އަޟްހާ ޢީދު ދުވަހެވެ. މިނާ އަށް ދެވުމުން ބޮޑު ޖަމްރާއަށް ގޮސް ހިލައުކުމާއި، ބޯބޭލުމާއި ހަދްޔު ކަތިލައެވެ.

8

ތަވާފުލް އިފާޟާ: ޢީދު ދުވަހު މިނާއިން މައްކާއަށް އައިސް ތަވާފު ކުރެއެވެ. ތަމައްތައު ހައްޖު ކުރާ މީހާ އޭގެ ފަހުން ސައުޔު ކުރާނީއެވެ.

9

ޢީދު ދުވަހަކަށް ފަހު އައްޔާމުއްތަޝްރީގުގެ 3 ދުވަހު (2 ނުވަތަ 3 ރޭ) މީނާގައި ހޭދަކުރެއެވެ. މިނާގައި ތިބޭ ކޮންމެ ދުވަހަކު މެންދުރުން އެނބުރުމުން 3 ޖަމްރާއަށް ހިލަ އުކައެވެ.

10

މިނާއިން މައްކާ އަށް އައުމަށްފަހު، ފުރަން ކައިރިވުމުން ވަދާއުގެ ތަވާފު ކުރެއެވެ.

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ނޫރު ފެތުރިގެންދިޔައީ މީގެ 868 އަހަރު ކުރިން މީލާދީން 1153 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން ދިވެހިންގެ ހައްޖު ދަތުރު ފެށިއްޖެއެވެ. ހައްޖަކީ ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ފަރުޟު ކުރައްވާފައި އޮންނަ މަތިވެރި އަޅުކަމެކެވެ. މާތްވެގެންވާ މައްކާ އާއި އެ މައްކާގެ ކައިރީގައިވާ އަރަފާތާއި މިނާއާއި މުޒްދަލިފާއަށް ޒިޔާރަތްކޮށްގެން އަދާކުރެވޭ އަޅުކަމެކެވެ. މި އަޅުކަމަކީ މިއަދު ފަސޭހަވެފައިވިޔަސް ކުރީ ޒަމާނުގައި ވަރަށް އުނދަގޫ އަދި ބިރުވެރި ދަތުރުތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. އެހެންކަމުން ކުރީޒަމާނުގައި ކާބަފައިން އެދަތުރުގައި ރަށުން ނުކުންނަނީ އެނބުރި ވަޒަނަށް އާދެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތިއެވެ. ދިވެހިންގެ ހައްޖު ދަތުރުތައް ފެށުމާއެކު ހަރަމްފުޅުގެ ޒީނަތްތެރިކަމަށް ދިވެހީންގެ ފަރާތުން އެހީތެރިވުމުގެ ކަންތައްވެސް އޮތީ ފެށިފައެވެ. މިދެންނެވި އެހީއަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ރާއްޖެ އިސްލާމްވީއްސުރެ ވަރަށް ފަހަކާ ހަމައަށް ދޭތެރެ ދޭތެރެއިން ދިވެހިން މައްކާއަށް މާވަހަރު ފޮނުވައި ހަރަމްފުޅުގައި މާވަހަރުން ދުންއެޅުމާއި އެނޫންވެސް ކަންކަން ކުރުން އޮންނަ ކަމަށް ބުނެވެއެވެ. ދިވެހި ރަސްކަލަކު ހައްޖަށް ވަޑައިގަންނަވަނީވިއްޔާ ގިނަ އަދަދެއްގެ މާވަހަރު ގެންދަވައެވެ. އެތަކެތި ހަރަމްފުޅުގެ ޚާދިމަށް ހަދިޔާކުރައްވައި ދުންއެޅުމާއި ޚަރަދު ބަރަދު ހަމަޖެއްސުމަށް ޝަރުތު ކުރައްވައެވެ. ދިވެހި ތާރީޚުން މިކަމަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް އެޅެއެވެ.
ދިވެހި ތާރީޚަށް ނަޒަރު ހިންގައިލާއިރު ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށް ދިވެހިރާއްޖެއިން ފުރާވަޑައިގެންނެވި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖެ އިސްލާމްވީއިރު ރަސްކަމުގައި ހުންނެވި ތީމުގޭ މަހާ ކަލަމިންޖާއެވެ. އިސްލާމްވެވަޑައިގަތުމަށްފަހު އެއީ ސުލްތާން މުހައްމަދު ބިން އަބްދު ﷲ އެވެ. ތުންތުންމަތިން ކިޔެމުން އަންނަ ގޮތުން އަދި ތާރީޚުގައި ލިޔެވިފައި އޮންނަ ގޮތުން މީލާދީން 1165 ވަނަ އަހަރު ހުކުރުދުވަހެއްގައި ހުކުރު ނަމާދަށްފަހު އެރަދުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ހިޖާޒުކަރަޔަށް ވަޑައިގަތުމަށް މާލޭގެ ބަނަދަރުގައި އޮތް ބޭރުގެ ނަވަކަށް އަރައިވަޑައިގަތީއެވެ. ދެން އެ ނައު ދަތުރުކޮށްފައިގޮސް ލޮލަށް ގެއްލިއްޖެއެވެ. އޭގެފަހުން އެ ރަދުންގެވެސް އަދި ނަވުގެ ޚަބަރެއްވެސް ނުވެއެވެ. އެރަދުންގެ ރަސްކަމުގެ ނިމުން ގުޅިފައިއޮތީ އެ ހައްޖުދަތުރުފުޅާއެވެ.
މިރާއްޖޭގެ މިނިވަންކަން ފޭރިގެން މިގައުމުގައި ޕޯޗުގީޒުން ކުރި އަނިޔާވެރި އިސްތިއުމާރީ ވެރިކަން މީލާދީން 1573 ގައި ނިމުމަކަށް ގެންނެވުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ތާރީޚީ ޖިހާދުގައިވެސް ދެ ހާޖީއަކު އަދާކުރި ދައުރުގެ ވާހަކަ ތާރީޚުގައި ބަޔާންވެގެންވެއެވެ. އެއީ އަލީ ހާޖީއާއި ހަސަން ހާޖީއެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ހިޖާޒުކަރަޔަށް ފުރާވަޑައިގެންފައި އެއަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ޕޯޗުގީޒުންގެ ޚަބަރު ލިބިވަޑައިގެންނެވީމާ ދެން މަލާބާރު ކަރައިގައި މަޑުކުރައްވައިގެން ތިއްބެވީއެވެ. އެހެން ތިއްބަވާފައި އުތީމު ތިންބެއިންގެ ގައުމީ ޖިހާދު ފެށުނީމާ އެޖިހާދުގައި ބައިވެރިވެވަޑައިގަތުމަށް އަލުން ރާއްޖެ ވަޑައިގެންނެވީއެވެ. ކޮންމެއަކަސް އަލީ އާއި ހަސަން ފެއްޓެވި ހައްޖު ދަތުރުގެ ނިމުމަކަށް އައީ މިނިވަންކަމުގެ ޖިހާދަކާއި މަތިވެރިވެގެންވާ ނަސްރަކުންނެވެ.
ދިވެހިރާއްޖޭގައި ހުންނަ އިސްލާމީ އެންމެ ބޮޑު އާސާރަކީ މާލޭގެ ހުކުރު މިސްކިތުގެ މުންނާރެވެ. އެ މުންނާރަކީ ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނަ ބިނާކުރެއްވި މުންނާރެކެވެ. އެރަދުންގެ ދައުރުގައި މާލޭގެ ހުކުރުމިސްކިތް އައުކޮށް ބޮޑުކުރެއްވުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން މުންނާރެއްވެސް ބިނާ ކުރެއްވީއެވެ. މިދެންނެވި އިސްކަންދަރު ރަސްގެފާނު މީލާދީން 1648ން 1687ށް ކުރެއްވި ދިގު ރަސްކަމުގައި އެރަދުން ދެފަހަރަކު ހައްޖަށް ވަޑައިގެންނެވިކަމަށް ބުނެވެއެވެ. ހުކުރު މިސްކިތުގެ މުންނާރަކީ ހައްޖު ދަތުރުފުޅެއްގައި ހިޖާޒުކަރައިން އެރަދުން ދެކެވަޑައިގެންނެވި ބައެއް އާސާރުތަކުގެ ނަމޫނާ ސިކުނޑިފުޅުގައި ކުރައްސަވައިގެން ހަމައެގޮތަށް މާލޭގައި ހެއްދެވި ނަކަލެކެވެ. އެރަދުންގެ ފަރުމާ ރާއްޖޭގެ މަޝްހޫރު ވަޑީންނަށް ވިދާޅުވެދެއްވައިގެން މަސައްކަތް ހިނގާއިރު ކައިރީގައި ހުންނަވައިގެން ގާއިމުކުރެއްވި ބިނާއެކެވެ. އެހެންވީމާ މާލޭގައި އެހެރަ މުންނާރަކީވެސް ދިވެހީންގެ ހައްޖު ދަތުރުން ފައިދާވެފައިވާ ތާރީޚީ ބިނާއެކެވެ.
ސުލްތާން މުހައްމަދު ގިޔާސުއްދީނުގެ ރަސްކަން މީލާދީން 1774 ގައި ނިމި އެރަދުން ޝަހީދުކޮށް ދިޔަމިގިލީ ޚާންދާނުގެ ރަސްކަންވެސް ނިމުމަކަށް އައިސް ހުރަވީ ޚާންދާނުގެ ރަސްކަމުގެ ފެށުން ހައްޖު ދަތުރަކާ ގުޅުވިދާނެއެވެ. އެޒަމާނަކީ ރަސްރަސްކަލުން ފުރަމާނަ ދަތުރުފުޅުތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާ ޒަމާނެއް ނޫނެވެ. ގައުމުން ބޭރަށް ވަޑައިގަންނަވާ ހަމައެކަނި ކަމަކަށް އޮންނަނީ ހައްޖެވެ. އެހެންވީމާ ރަސްކަލެއްގެ ރަސްކަން ނިންމައިލުމަށް ބަގާވާތެއް ކުރަން ރާވާ މީހުންވެސް އެކަމަށް އިޚުތިޔާރު ކުރަނީ ރަސްގެފާނު ހައްޖަށް ފުރާވަޑައިގަންނަ ދަނޑިވަޅެވެ. މިގޮތުން ގިޔާސުއްދީނު ރަދުން ހައްޖަށް ފުރާވަޑައިގެންނެވީމާ ހުރާގޭ މުހައްމަދު މަނިކުފާނު އިސްކޮށް ހުންނަވައި ބަގާވާތެއް ކުރައްވައި ތަޚުތު މިލްކު ކުރައްވައިފިއެވެ. ގިޔާސުއްދީނު ހައްޖު ދަތުރުފުޅުން އެނބުރި ވަޑައިގެން މާލެއަތޮޅު ގުރައިދޫ ބޭރުގައި ބަނދަރު ކުރެއްވީމާ އެރަދުން މާލެއަށް ބޭލުމުގެ ނަމުގައި ދޯންނަކަށް ލައިގެން ގެންގޮސް ވާދޫކަނޑަށް ފައްތައި ޝަހީދުކޮށްލީއެވެ. މިދެންނެވި ރަދުން ތާރީޚުގައި މަޝްހޫރުވެގެންވަނީ ޝަހީދުކުޅަ ބަންޑާރައިންގެ ނަމުންނެވެ. ހާޖީ ބަންޑާރައިންނޭވެސް ލިޔެވިފައި އޮވެއެވެ. ހުރަވީ ޚާންދާނުގެ ތިންވަނަ ރަސްގެފާނު ސުލްތާން ހަސަން ނޫރައްދީނު އެއްވަނައިގެ ރަސްކަންވެސް މީލާދީން 1799 ވަނަ އަހަރު ނިމުމަކަށް އައީ ހައްޖުދަތުރުފުޅެއްގެ ތެރެއިންނެވެ. މި ރަދުންނަކީ މަޝްހޫރު ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުންނެވެ. ނޫރައްދީނު ބަންޑާރައިން ހައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނިކޮށް ކޮންމެވެސް އާލާސްކަންފުޅެއްގައި އަވަހާރަވީއެވެ. އެރަދުން ހިޖާޒުކަރައިގައި ހުންނެވި ހުންނެވުމުގައި މައްކާގެ އިމާމާއި ދެމެދު ކޮންމެވެސް ދެބަސްވެރިވުމެއް ހިނގިކަމަށްވެސް ތާރީޚުގައި ބަޔާންވެގެންވެއެވެ. މި ހާދިސާއަކީ އެރަދުންގެ ގާފިލާގައި ހިމެނުނު ބައެއް މުދާތައް އަމިއްލަ ކުރެއްވުމަށް މައްކާގެ އިމާމު މަސައްކަތް ކުރެއްވުމުން ހިނގައިދިޔަ ދެބަސްވެރިވުމެކޭ ބުނެވެއެވެ.
ދިވެހި ތާރީޚުގައި ކޮންމެވެސް ރަސްކަލަކު ހާޖީ އިމާދުއްދީނުގެ ނަންފުޅުންވެސް މަޝްހޫރުވެފައިވެއެވެ. އެެއީ މީލާދީން 1893ން 1902ށް ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު އިމާދުއްދީނު ފަސްވަނައެވެ. އެރަދުން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވައިގެން ހުންނެވީމާ ހާޖީ އިމާދުއްދީނޭ ކިޔަނީއެވެ. ކޮންމެއަކަސް އެއީ ވަރަށް އިލްމުވެރި ހިކުމަތްތެރި އަދުލުވެރި ރަސްކަލެކެވެ. ގިނަދުވަސްތަކަކަށް ރަސްކަން ދެމިގެންދާގޮތެއް ނުވިއެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ސުވޭހު ކައިވެނިފުޅަށް މިސްރަށް ފުރާވަޑައިގެންނެވި ތަނުން ރަސްކަން އިންގިލާބުކޮށް އެރަދުންނާ ދެބެއިންގެދެދަރި ސުލަތާނު މުހައްމަދު ޝަމްސުއްދީނު ތިންވަނަ ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. މިދެންނެވި ހާޖީ އިމާދުއްދީނު އަވަހާރަވީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.
ވަރަށް ފަހަކާ ހަމަޔަށްވެސް ދިވެހީންގެ ތެރެއިން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައި ތިބޭ މީހުންގެ ނަމުގެ ކުރިއަށް އަލްހާއްޖު ނުވަތަ ހާޖީ، މިބަސް ގެނެއެވެ. މީގެ މިސާލަކީ ހުވަދުއަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ ހާޖީ މުހައްމަދު ކަލޭގެފާނާއި އަލްހާއްޖު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ހާޖީ އަބްދުއްރަހުމާނާއި ހާޖީ ސައީދެވެ. ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަކީ ކުރީޒަމާނުގައި މާގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. މާގިނަބަޔަކަށް ކެރިކުޅަދާނަކަން ލިބިގެންވާ ކަމެއްވެސް ނޫނެވެ. ކެރިކުޅަދާނަކަން ލިބިގެންވާ ދިވެހިން ހައްޖަށް ދިއުމަކީ ވެރިކަމުގެ ފަރާތުން ނުހިފަހައްޓާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީވެސް ދިވެހިރާއްޖޭގައި 1932 ވަނަ އަހަރު ފާސްކުރެވުނު ފުރަތަމަ ގާނޫނުއަސާސީންނެވެ. އެހާތަނަށް އެކަން އޮތީ ވެރިން ރުއްސަވާ މީހަކަށް އެ ހުއްދަ ލިބިފައި ނުރުއްސަވާ މީހަކަށް ނުލިބޭ ގޮތަކަށެވެ. މިޒަމާނުގައި ދިވެހިރާއްޖެއިން ކޮންމެ އަހަރަކުވެސް ހައްޖަށްދާ މީހުންގެ އަދަދު ހާހުންހާހުން މަތިވެ ގިނަ މީހުންނަކީ ހާޖީންނެވެ. އެނޫން މީހުން މަދެވެ. އެހެންވީމާ 1970 ގެ އަހަރުތަކުން ފެށިގެން ނަމުގެ ކުރިއަށް އަލްހާއްޖު ނުވަތަ ހާޖީ އިތުރުކޮށްގެން ކިޔުމުގެ އާދައައީ އުވެމުން ފަނޑުވަމުންނެވެ. މިހާރު އަމްދުން އެއާދައެއް ނޯވެއެވެ.
 

-- ނިމުނީ --

 
 

ކައުބާ

ކައުބާ އަކީ މުސްލިމުންގެ ޤިބްލައެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި ކައުބާ ބިނާކުރެއްވީ، އިބްރާހިމް އަލަހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލް އަލަހިއްސަލާމެވެ. މުސްލިމުންގެ މައްޗަށް ފަރުޟު ކުރެވިގެންވާ ފަސް ނަމާދު އަދާކުރުމުގައި ކުރިމަތިލާން ޖެހެނީ ކައުބާ އަށެވެ.

ކައުބާގެ އުސްމިނަކީ ގާތްގަނޑަކަށް 60 ފޫޓެވެ. އަދި ކޮންމެ ފަރާތަކުން ބެލިއަސް ފާރެއްގެ ފުޅާ މިނުގައި ހުންނަނީވެސް ގާތްގަނޑަކަށް 60 ފޫޓެވެ.

1- ޔަމާނީ ރުކުން

މިއީ ޔަމަން އާ ދިމާލަށް ހުންނަ ކަނެވެ.

2- ކައުބާގެ ބަރަފޯސްކޮޅު

މިއީ ގެފުޅުގެ އިމާރާތުގެ އިރުމަތީ ފަރާތާއި، ހުޅަނގު ފަރާތާއި، ދެކުނު ފަރާތުގައި ހުންނަ ފާރުގެ ބުޑުން ބޭރަށް ނިކުމެފައި ހުންނަ ބައެވެ.

3- ޙަޖަރުލް އަސްވަދު

މިއީ ކަޅު ކުލައިގެ ހިލައެކެވެ. ހިލަ ހުންނާނީ ގެފުޅުގެ ފާރަށް ހަރުކުރެވިފައެވެ. ހަރުކުރެވިފައި ހުންނަނީ ފާރުގެ ވާތްފަރާތު ކަނަށްވާ ގޮތަށެވެ. އިސްލާމީ ތާރީޚުގައި ވާ ގޮތަށް މި ހިލައަށް ކީރިތި ރަސޫލާ ބޮސްދެއްވިއެވެ.

4- ކައުބާގެ ދޮރުކޮޅު

ގެފުޅުގެ އެތެރެއަށް ވަންނަން ހުންނަ މި ރަށް ދޮރުކޮޅަކީ އާއްމު ގޮތެއްގައި ބަންދުކޮށްފައި ހުންނަ ދޮރުކޮޅެކެވެ.

5- މަގާމް އިބްރާހީމް

މަގާމް އިބްރާހީމް ހުންނަނީ ގެފުޅުގެ އިރުއއުތުރު ފަރާތައް ވާ ގޮތަށެވެ. ބިއްލޫރިން ހަދާ މަތީގައި ކުޑަ ގުއްބެއް ހުންނަ މިތަނުގެ ތެރޭގައި ވަނީ ގެފުޅު ބިނާކުރެއްވި އިރު އިބްރާހިމްގެފާނު އަރުއްވާ ހުންނެވި ހިލައެވެ.

6- ހިޖްރް އިސްމާއިލް

މިއީ ގެފުޅާ ނުގުޅި، ގެފުޅުގެ ހުޅަނގު އުތުރު ފާރުގެ ކުރިމަތީގައި ހުންނަ ބައެވެ. މިއީ ހަނދުފަޅި ބައްޓަމަށް ހުންނަ ފާރެކެވެ. ފާރުގެ އުސްމިނުގައި ހުންނާނީ 5 ފޫޓެވެ. ފުޅާމިނުގައި 3 ފޫޓެވެ.

7- އިރާގީ ރުކުން

މިއީ އިރާގަށް ކުރިމަތިވާ ގޮތަށް ހުންނަ ކަނެވެ.

8- ޝާމީ ރުކުން

މިއީ ސީރިއާ އަށް ކުރިމަތިވާ ގޮތައް ހުންނަ ކަނެވެ.

 
 

ސްކްރީން

ސްކްރީން

62

އެވެއާނަސް މެސެޖު ގެނެސްދިނުމަށް

ސްކްރީން

30

ހައްޖުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް

ކުޑަ

20,000

ހައްޖާޖީންނަށް ބެހުމަށް

ގޮނޑި

2,000

އުމުރުން ދުވަސްވީ މީހުންނަށް

60,000

ހައްޖާޖީން

ގައުމުން

150

25,000

އޮފިޝަލުން

 

ހައްޖާޖީންނަށް ހާއްސަ ކުރެވިފައިވާ ހޮސްޕިޓާ

"އަލްވާދީ ހޮސްޕިޓަލް"

އެނދު

145

ޖުމްލަ

މުވައްޒަފުން

240

އެނދު

24

އެމެޖެންސީތަކަށް ހާއްސަ

އެނދު

6

ކާޑިއޯޕުލްމޮނަރީ އަށް ހާއްސަ

އެނދު

4

ރެސްޕިރޭޓަރީ

އެނދު

4

ޑައެލަސިސް

އެނދު

25

އައިސީޔޫ

އެނދު

22

ހޫނުވެގެން ދިމާވާ ކަންކަމަށް