ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެންޕޭން ހިންގައި، ދިވެހި ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ލޫޓުވައިފި އެއްވުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން، މާރިޔާ ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާއިރު، ސިފައިންނާ ފުލުހުންނަށް ޚާއްސަ އިސްކަމެއް ދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަގުބޮޑުކޮށް ޑްރޯންތަކެއް ގަނެ، ދިވެހި ސިފައިންގެ ނާގާބިލް ބައެއްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މީގެ ކުރިން މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކޮށްފައިވަނީ އިންޑިއާ އައުޓް ކެންޕޭން ހިންގައި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި އެ ދުވަހު ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޑްރޯންގެ ފައިސާއަކީ އިސްރާފު ކަމަށާއި، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް އެއަށްވުރެ މާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިފައިންނާ ފުލުހުންގެ ބޯހިޔާވަހިކަމާއި، ތަމްރީންތައް ކުރިއަށް ގެންދިއުމާއި، މިހާރު ހުރި މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ އަގު ވައްޓާލައި، ކުރިއަށް އިންޑިއާ އައުޓް ކެންޕޭން ވެސް މިއަދު ކަދުރު އަލީގެ ނަދުރަށް ހަދާފައިވާ ކަމަށެވެ. މިއަދު އިންޑިއާ އައުޓް ޓީޝާޓު ލީ މީހަކު ނެތް ކަމަށާއި، އެ ކެންޕޭން ހިންގި މީހަކު ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީ އިން ކުރިއަށް ގެންދާ މުޒާހަރާގައި އެޗްއާރުސީއެމްއިން މޮނިޓަރ ކުރަމުންނުދޭމިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުމުން އެޗްއާރުސީއެމްގެ މީޑިއާއިން ފޯނަށް ޖަވާބެއް ނުދިން
ފުލުހުން މުޒާހަރާގައި ބޭނުން ކުރަމުންދާ އެލްއާރުއޭޑީ (LRAD) އަކީ ފުލުހުން ބޭނުން ކުރުމުގެ ހުއްދަ އޮތް ހަތިޔާރެއް ނޫންއެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ މިއީ އަނިޔާވެރި އަމަލެއް ކަމަށާއި، މުއިއްޒުގެ އެންގެވުމާއެކު މުޒާހަރާ މޮނިޓަރ ކުރަން އެޗްއާރުސީއެމް އިން ނުދާ ކަމަށް
Meehunge kanfathah undhagoo kurumah mihaaru beynun kuramundhaa LRAD akee @PoliceMv ah beynun kurumuge huddha oiy hathiyaareh / aalaatheh noon.
— Ahmed Mauroof (@ahmedmauruf) October 3, 2025
Eyee aniyaaveri amaleh.
R @MMuizzu ge engevumaa eku @hrcmv in mireyge evvun monitor kuran nudhaa kamah habaru libey.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "ހެޔޮ ނުވާނެ މި ރީނދޫ ބައިގަނޑު ގައުމުން ފުހެލައިގެން ނޫނީ ގައުމުގައި ހަމަޖެހުމެއް ގައުމަށް ކުރިއެރުމެއް ލިބޭކަށް ނެތް. މި ނުބައި ހަދާފަ ބޮޑުންތައް ފިލައިފި ވަން ތަނެއްވެސް ނޭނގޭ" ކަމަށެވެ.
ހެޔޮ ނުވާނެ މި ރީނދޫ ބައިގަނޑު ގައުމުން ފުހެލައިގެން ނޫނީ ގައުމުގައި ހަމަޖެހުމެއް ގައުމަށް ކުރިއެރުމެއް ލިބޭކަށް ނެތް.
— Mohamed Musthafa Ibrahim (@musthafa4647) October 3, 2025
މި ނުބައި ހަދާފަ ބޮޑުންތައް ފިލައިފި ވަން ތަނެއއވެސް ނޭނގޭ https://t.co/AX78ewIVm6
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ހައްޔަރުކޮށްފި
ދާންދޫ ދާއިރާގެ ކުރީގެ މަޖިިލިސް މެމްބަރު @Yaugoob181 ހައްޔަރުކޮށްފި pic.twitter.com/r5TnIbzwqZ
— Muzayyin Nazim (@tedmaldives) October 3, 2025
އެމްޑީޕީން ޑިމާންޑް ކުރަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އާންމުންގެ ހުރިހާ މެންބަރުން ވަގުތުން ދޫކޮށްލުމަށް.
ހައްޔަރުކުރި މީހުންގެ ސީދާ އަދަދާއި އައިޑެންޓިޓީ އަދި ކަށަވަރު ނުވާއިރު، އެނގިފައިވާ ގޮތުގައި މަދުވެގެން 6 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި.
ޕާޓީން ޑިމާންޑް ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ބައިވެރިވާ ހުރިހާ މުޒާހަރާވެރިން ޝަރުތުތަކާ ނުލައި ދޫކޮށްލުމަށް.
The MDP demands the immediate release of all members of the public that have been arrested by the police. While the exact number of arrests and identities are as yet unconfirmed, we understand atleast 6 have now been detained. The party demands the unconditional release of all…
— MDP Secretariat (@MDPSecretariat) October 3, 2025
ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕަރ ސުޕްރޭ ޖަހަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ބުނެފި
We are receiving multiple reports of targeted pepper spray attacks on journalists and cameramen covering the protest. Police also denied requests by journalists to move behind police lines to do their work. We call on @PoliceMv to stop obstructing the press and ensure journalist… https://t.co/frq5cNHef1
— Maldives Journalists Association (@mjamaldives) October 3, 2025
އެމްޑީޕީގެ ލޫޓުވައިފި އެއްވުމުގެ ބައިވެރިންނަށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަށްފަހު ފުލުހުން ޑިފެންސަށް ކުޅެން ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދީފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅު އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަސެވެ. އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންބުނެއެވެ.
ބާރުގެ ބޭނުންކޮށް ކ. މާފުށި އުންސިލްގެ ރައީސް ހަސަން ސޮލާހް ހައްޔަރުކޮށްފި އެވެ.
މީގެ އިތުރުންވެސް މުޒާހަރާއިގެ އިތުރު 6 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަނިޔާވެރިކަމާއެކު ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފި
ބައެއް މީހުން ހައްޔަރުކުރަމުންދަނީ ކަކުލުން ބޮލަށް ފައިން އެރުމަށްފަހު.
ތަކުރާރުކޮށް އިންޒާރުދިނުމަށްފަހު، އަނިޔާވެރިކޮށް މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަން ފަށައިފި pic.twitter.com/gVeqfTk7vZ
— Muzayyin Nazim (@tedmaldives) October 3, 2025
އެއްވުމުގައި ހުންނަވައި ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނިޝާން ވިދާޅުވީ ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް ކަމަށާއި، އެބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.
''ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް. މިހާލަތުގެ ބޭނުން މިގޮތަކަށް ނުކުރެވޭނެ. ސީދާ ކަނޑައެޅިގެން ގާނޫނާ ހިލާފު. އެބޭފުޅުންނަށް ލިބިގެން ނުވާނެ މިގޮތަކަށް ގާނޫނުގެ އިހުތިޔާރުގެ ބޭނުން ހިފާކަށް. އެ ބާރަށް ފުލުހުންނަށް ލިބިގެންނުވާނެ.''
ނިޝާން ވިދާޅުވީ އެމްޑީޕީން އިސްވެ އޮވެ ކުރިއަށް ގެންދާ މި އެއްވުމަކީ ސުލްހަވެރި ސިޔާސީީ ހަރަކާތެއް ކަމަށާއި، ގާނޫނީ އިމުގެ ބޭރުން ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވަނީ ބާރުގެ ބޭނުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
ހުކުރު ދުވަހުގެ ރޭ 8:30 ގައި ފެށި ލޫޓުވައިފި އެއްވުމަށް ގިނަ ރައްޔިތުން އެއްވެފައިވާއިރު، ހުކުރު ދުވަހުގެ 9:45 ހާއިރު 5 ފަހަރު ފުލުހުން އާއްމުންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އެސަރަހައްދުން ނޫސްވެރިންނާ މީޑިއާ މީހުން ފޮނުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ، ބައެއް މީހުން ސިއްހީ ފަރުވާ ހޯދާފައިވެއެވެ.
ނޫސްވެރިންނަށް މަންޒަރުތައް ދައްކާ ކަވަރު ކުރުމަށް ފުލުހުން ހުރަސް އަޅައި ޕެޕަރ ސުޕުރޭ ޖަހައިފިފުލުހުން ދަނީ ގަސްދުގައި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސުޕުރޭ ޖަހަމުން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި.
އެމްޑީޕީ އިން ބުނީ ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ 7341637 އަށް ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ކުރުމަށް އެދިފައި.
ލޫޓުވަފި ލޫޓޫވައިފި އެއްވުމުގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލައި ޝީލްޑުން އާންމުގެ ގައިގައި ޖަހަމުންދާ މަންޒަރު ފެނިއްޖެ. ފުލުހުންދަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހަމުން
ސުލްހަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި.އެމްޑީޕީ އިން ވަނީ ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާފައި
The police have taken up stations across Male’ to prevent the march of thousands of peaceful protesters. The right to freedom of assembly is constitutionally guaranteed to all Maldivians! https://t.co/pDD0SFn5ij
— MDP Secretariat (@MDPSecretariat) October 3, 2025
އެމްޑީޕީ އިން ބާއްވާ މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިން އެތަނުން ދިއުމަށް ފުލުހުން އިންޒާރު ދީފި
ފުލުހުން ވަނީ އަޑުގަދަކުރަ ބޭނުންކޮށް ނޫސްވެރިން އެސަރަހައްދުން ދިއުމަށް ގޮވާލާ އިންޒާރު ދީފައި. ފުލުލުހުން ވަނީ މުޒާހަރާ ކަވަރުކުރަމުންދާ ނޫސްވެރިންނަށް އެ ފުރުސަތު ދޭނެކަމަށް ކުރިން ބުނެފައި، ނަމަވެސް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ނޫސްވެރިއަކަށް ބަލާނުލާ އަނިޔާކުރަމުން.
ފުލުހުން ބޭނުންކުރަމުންދަނީ ގާނޫނާ ހިލާފު ހާލަތެއް ކަމަށް ގާނޫނީ ވަކީލު ނިޝާން ވިދާޅުވެއްޖެ.
އޭނާ ވިދާޅުވީ އެމްޑީޕީ އިން ކުރިއަށް ގެންދަނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި، ފުލުހުންނަށް ޣައިރު ގާނޫނީ އަމުރަށް ތަބާވާން ނުޖެހޭނެ ކަަމަށް ނިޝާން ވިދާޅުވި.
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފި އަދި އިންޒާރުދީ އެސަރަހައްދު ދޫކޮށް ދިއުމަށް ދަނީ އިންޒާރުދެމުން
ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހާފައި. ޕެޕަރ ސުޕްރޭ ޖަހާފައިވަނީ އިންޒާރު ދިނުމަކާއި ނުލާ
އިންޒާރު ދިނުމެއް ނެތި ފުލުހުން ލޫޓުވައިފި އެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހައިފިފުލުހުން ދަނީ މުޒާހަރާ ކަވަރުކުރަމުންދާ ނޫސްވެރިންނަށް އަމާޒުކޮށް ވެސް ޕެޕަރ ސުޕުރޭ ޖަހަމުން
މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފައި
ލޫޓުވައިފި ލޫޓުވައިފި ހަރަކާތުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައިފި. ފުލުހުން ކުރިން އޮތީ މަގުތަކަށް ނުކުމެ އެއްވުން ކުރިއަށް ގެންދެވޭނެ ކަމަށް. ނަމަވެސް އާޓީފިޝިއަލް ބީޗުން ނުކުތުމާއެކު ފުލުހުން ވަނީ ބައިވެރިންނަށް ހުރަސް އަޅަން ފަށާފައި