ހެލިކޮޕްޓަރާ ޑޯނިއާގެ ހަގީގަތް: ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރުގެ މަޝްވަރާތައް ފެށުނީ ރައީސް މައުމޫން ގެ ސަރުކާރުގައި. ހެލިކަޕްޓަރު އައީ ރައީސް ނަޝީދު ސަރުކާރުގައި. ދެވަނަ ހެލިކަޕްޓަރު އައީ ޔާމީން ސަރުކާރުގައި.
ޝާހިދު: ބައިނަލް އަޤްވާމީ ގުޅުންތަކަކީ ޒާތެއްގެ އެއްޗެއް. އެއީކީ ހަމަ ހިތަށް އަރާހާ އެއްޗެއް ހިތުހުރިތާކު ބުނެފަ، ކުރަން ހިތަށް އެރިކަމެއް ހިތުހުރި ގޮތަކަށް ކޮށްލީމާ ގުޅޭ އެއްޗެއް ނޫން. ބައިނަލް އަޤްވާމީ ގުޅުންތަކަކީ އިތުބާރާ އިހުތިރާމާ އުސޫލުތައް ހިފެހެއްޓުމުގެ ތެރޭގައި ހިންގޭ އެއްޗެއް. އޭގެ ބަދަލުގައި މިއަދުގެ ސަރުކާރުން ކަންކުރައްވަމުން ގެންދަވަނީ އެހެނެއް ނޫން. ނިކަން ދެކެވަޑައިންނަވާ. ދޮގާ މަކަރާ އޮޅުވާލައިގެން ޚާރިޖީ ސިޔާސަތެއް ނުހިންގޭނެ
ޝާހިދު: އަޅުގަނޑުމެން ކޮވިޑްގެ ވަބާއިން ސަލާމަތްވި އިރު ހިސާބު ކިތާބު ބަލާލައިފިއްޔާ 2020 ވަނަ އަހަރު އަޅުގަނޑުމެންގެ ޖީޑީޕީގެ ތިންބައިކުޅަ އެއްބައި ގެއްލިގެން ދިޔަ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ 67% އުނިވެގެން ދިޔަ. ދައުލަތުގެ އާމްދަނީ 29 ބިލިއަން ގެއްލިގެންދިޔަ. މިދަންނަވަނީ މުޅި ދުނިޔެ ބަންދުވެފަ މުޅި ދުނިޔެ ބަންދުވެފައި މުޅި އިންސާނިއްޔަތު މާޔޫސްވެފައި އޮތް ޒަމާނެއްގެ ވާހަކަ. އަޅުގަނޑުމެން ދެންނެވިންތޯ ހިތި ބޭސް ހިއްޕަވަންޖެހިއްޖޭ. އަޅުގަނޑުމެން ސަބްސިޑީ ކަނޑާލިންތޯ އޭ؟ އަޅުގަނޑުމެން ކަރަންޓު ބިލު ކަނޑާލިންތޯ ތޯއޭ؟ އަސާސީ ބޭސް ފަރުވާ ނުލިބި ދިޔައީ ތިޔައިގެ ތެރެއިން ކިތަށް ބޭފުޅުންނަށް ތޯއޭ؟ ވަޒީފާއިން ކަނޑާލީމާ އިންކަމް އެލަވެންސް އޭރުގެ ސަރުކާރުން ނުދެމުތޯއޭ؟
ރައީސް ޞާލިޙް: އަޅުގަނޑު އަޑުއެހިން ކޮންމެވެސް ބޭފުޅަކު ވިދާޅުވި އަޑު، ތިމަންނަ ފައިބައިގެން ދިއަ އިރު 1 ބިލިއަން ޑޮލަރު ސަރުކާރުގެ ރިޒާވްގައި ހުންނާނެއޭ. ބުހުތާން ދޮގު އަނެއްކާވެސް އެލިސްޓަށް އިތުރުވަމުން އެދަނީ. ދައުލަތުގަ އެބޭފުޅުން ފައިބާ ވަޑައިންނެވި ދުވަހު އެ ނޮވެންބަރު މަހު ނިމުނު އިރުގައި ދައުލަތުގެ ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު. ޔޫޒެބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން ޑޮަލަރުވެސް ނެތް. 162 މިލިއަން ޑޮލަރު ހުރީ. މިއީ އެދުވަހުގެ ހާލަތު. އެހެން އޮއްވާ ކޮވިޑު އަޅުގަނޑުމެންނާ ކުރިމަތިވީ. ދައުލަތުގަ ރިޒާވެއް އޮތިއްޔާ ޖީއެމްއާރަށް ދީ ނިންމާފަ. ދެން ކިހިނެއްތޯ ޤައުމު ހިންގާނީ.
ރައީސް ސާލިޙް: މިހިނގާ 2024 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭރު އަމީރު މިނިސްޓަރަކަށް އިންނަވައިގެން 49.8 ބިލިއަންގެ ބަޖެޓެއް. އެއީ އިންތިޚާބުވެފައި އޮތް ސަރުކާރުގެ އިސްވެރިންނާއެކު އެއްތަނެއްގައި ތިބެގެން މަޝްވަރާކުރެވިގެން ފާސްކުރި ބަޖެޓެއް. އަވަސް ސްޕީޑުގައި އެބޭފުޅުންގެ ސްޕީޑުގައި 12 މަހަށް ޅުގަނޑުމެން ފާސްކުރި ބަޖެޓް 8 މަސް ނުވަނީސް ހުސްކޮށްލައިފި. ސްޕީޑް ބާރެއް ނޫންތޯ. އަދި އޭގެ އިތުރަށް މަޖިލީހަށް ގޮސް އަނެއްކާވެސް މިބުނީ 5 ބިލިއަން ރުފިޔާ ދޭށޭ. ރައްޔިޔުންގެ މަޖިލީހުން މިބުނީ ކޮބާހޭ ޚަރަދުކުރި ގޮތަކީ. ތަފްސީލް ދޭށޭ. އެބޭފުޅުން މިހާރުވެސް އެވިދާޅުވަނީ އޭގެތެރެއިން 30 ބިލިއަން ރުފިޔާ ޚަރަދުކުރި ގޮތުގެ ތަފްސީލެއް ނެތޭ. ކޮންކަމެއްތޯ ކުރީ. މިތާ ތިއްބަވާނެ އެކި ރަށްރަށުގެ ބޭފުޅުން. ވިދާޅުވެ ދެއްވާ ތިބޭފުޅުން. ތިއިން ރަށެއްގައި މަސައްކަތެއް އެބަ ހިންގާތޯ؟ އައު މަޝްރޫއެއް ފަށައިފިތޯ؟ އަޅުގަނޑުވެސް ހިތަށް އަރާ ކީއްބާއޭ ހަމަ މި 49 ބިލިއަން ރުފިޔާ އަށް ކޮށްގެން މިއުޅެނީ؟
ރައީސް ޞާލިޙް: އާދެ، ކުރިއަށް މިއޮތް 2025 ވަނަ އަހަރުގެ ބަޖެޓް، ސިއްރު ބަޖެޓުގެ ބަހުސް މިއަދު މަޖިލީހުގައި ފެށިގެން ކުރިއަށް އެދަނީ. މިބަޖެޓަކީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން ތަފްސީލެއް ނެތް ބަޖެޓެއް. ޓެކްސް ބޮޑު. ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް. އަމީރުގެ ބަހުންނަމަ މިއީ ވިޔަފާރިވެރިންގެ ޖީބަށް އަތްބާނާ ބަޖެޓެއް. އާމްދަނީ ހޯދުމަށްޓަކައި ހަމައެކަނި ކޮށްފަ އޮތް ކަމަކީ ޓެކްސް ބޮޑުކުރުން. ކީކޭތޯ ވިދާޅުވީ؟ތިމަންނަގެ ވެރިކަމެއްގައި ޓެކްސް އެއް ބޮޑެއް ނުކުރާނަމޭ. . އާ ޓެކްސް އެއް ނުނަގާނަމޭ. ޓެކްސް ބޭސް ފުޅާ ކުރާނަމޭ. ކިޔާވެސް ދެއްވި. ޓެކްސްބޭސް ފުޅާކުރާގޮތް. ކޮންތަނެއްތޯ ފުޅާވީ؟ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ތަނެއް ފުޅާވެފަ އޮތް ތަނެއް. ހަމައެކަނި ޓެކްސް ބޮޑުކުރިތަން އަޅުގަނޑުމެންނަށް ފެނިގެންމިދަނީ.
ރައީސް ސާލިޙް: ސާފިން ސަރަހައްދުގައި ވައުދުވީ އެތަނުގައި ބޮޑު ސްޓޭޑިއަމެއް ހަދަން. އަޅުގަނޑުމެންނަށް މިއަދު އަޑުއިވެނީ އެތަން ބަޔަކަށް އަނެއްކާވެސް ދީ އެހެންކަމެއް އެތަނުގައި ކުރަން އުޅޭ ވާހަކަ. ކޮބާތޯ ރޭސްކާރު ދުއްވާ ކުދިން. އަޅުގަނޑުމެން ކަނޑައެޅިން އެމީހުންނަށް ޓްރެކެއް ހަދަން... ތިލަފުށީގަ އަލަށް ހިއްކާބައިގަ. އެހެންނަމަވެސް ހެޔޮފުޅުކަމުން ހުޅުމާލެއަށް ބަދަލުކޮށްފަ އެންމެފަހުން އެތަންވެސް ކެންސަލްކޮށްލައިފި. މަގުމަތިކޮށްލައިފި. މިހެންގޮސް ރާއްޖޭގެ ޒުވާނުންނަށް ވެސް އެދަނީ ހުރަސް އަޅަމުން. ފުރުސަތުތައް ހަނިކުރަމުން.
ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިތާ އެއް އަހަރު ފުރެނީ ކަމަށާއި ނަމަވެސް، މި ސަރުކާރަކީ ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ފަދައިން ދޮގާ އޮޅުވާލައިގެން ވެރިކަމަށް އައި ސިއްރު ސަރުކާރެއް ކަމަށް. ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ކަންތައްތައް ހާމަނުކުރާ މުނާފިގުކަން އިންތިހާއަށް ބޮޑު ސަރުކާރެއް ކަމަށް.
މިސް ޔުނިވާސްގައި ރާއްޖޭގެ ޒުވާނަކު ބައިވެރިވީމާ ނުކުމެ ސަރުކާރުގެ ވެރިން އެ ދެއްކި ބަހަނާ، ވާހަކަތައް ކޮބައިތޯ ސުވާލުކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޖެހިގެން އެއް ހަފްތާ ތެރޭގައި ރާއްޖޭގައި ބަރަހަނާކޮށް ބޮޑީބިލްޑިންގް މުބާރާތެއް ބާއްވާ ނިންމާލީ ކަމަށް. އަދި އެންމެފަހުން ނިމިގެން ދިޔަ އިރު އެކަމުގެ ޒިންމާ އުފުލަން ޖެހުނީ ޒުވާނުން ތަކަކަށް ކަމަށާއި، ބޮޑީ ބިލްޑިންގ އެސޯސިއޭނަން ލައްވާ މާފަށް އެދިފައި ނިންމާލީ ކަމަށް. ރައީސް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައިވެސް ބޮޑީބިލްޑިންގ މުބާރާތް ބޭއްވި ކަމަށާއި، ނަމަވެސް އެހާ ބަރަހަނާކޮށް މުބާރާތް ބާއްވާފައި ނުވާނެކަމަށް. ރައީސް މައުމޫން ސަރުކާރުގައިވެސް މިސް ޔުނިވާސްގެ ސެގްމެންޓެއް ބޭއްވުނު ކަމަށާއި ކަންކަން އެހިސާބަށް ނުދާ ކަމަށް ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ، މިއީ މިސަރުކާރުން ގަސްތުގައި ރާވާއިގެން ކުރާ ކަމެއް ކަމަށް.
ރައީސް ސާލިޙް: ލާމަރުކަޒީ ނިޒާމް ފުނޑާލުމަށްޓަކައި މިހާރު ކުރައްވަމުން ގެންދާ ކަންތައް ބައްލަވާ. ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެފަ އެއޮތީ ދިވެހިރާއްޖެ ހިންގަން ޖެހޭނީ ލާމަރުކަޒީ ނިޒާމުން ކަމަށް. އެއާއެކުގައި ހެދި ޤާނޫނުގައި އެއޮތީ ވަރަށް ތަފްސީލްކޮށް ކަންކުރަން ވީގޮތް. ބާރުތައް ދީފަ އޮތްގޮތް. ބަޖެޓު ދޭންވީ ގޮތް އެއޮތީ. އެހެންނަމަވެސް، ޤާނޫނު އަސާސީއަކަށް ޤާނޫނަކަށް ބެލުމެއް ނެތް. ހިތުހުރިގޮތަކަށް ކަންކުރަމުން އެގެންދަވަނީ. ބާރުތައް ދޫކޮށްލުމަކީ ހަގީގަތުގައި ޚުދުމުހުތާރު ވެރިންނަށް ކުރަން ދަތިކަމެއް. އުނދަގޫކަމެއް. ރައްޔިތުން ދެކެ ބިރުގަންނާތީ އެކަން ކުރަން ނުކެރިގެން އުޅެނީ. އެހެންނޫންތޯ ވާނީ ދޮގާ މަކަރާ އޮޅުވާލައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް އެއީ. ރައްޔިތުން ކުރިމައްޗަށް އަރާ ދައްކާނީ ކޮން ވާހަކައެއްތޯ މިއަދު. ވީ ވައުދުތައް އެހުރީ އެއްފަޅިގަ. ކުރާ ކަމެއް ނެތް. ހަމަ ހަރާމުން ހަރާމް. ބާރުތައް ޖަމާކުރުމުގެ އިތުރަށް ދެންމެ ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރ ވިދާޅުވި ފަދައިން ޤާނޫނުގައި ކަނޑައެޅިގެން ދޭން އޮތް ބަޖެޓު ނުދީ ހިފަހައްޓާފައި އެއޮތީ. ވަރަށް ސާފުކޮށް އެބައޮތް ޤާނޫނުގަ. ލާމަރުކަޒީ ޤާނޫނުގަ. އާމްދަނީގެ 5% ކަނޑައަޅަންޖެހޭނެ ކަމަށް ކައުންސިލްތަކަށް. އެހެންނަމަވެސް އޭގެން 1 ބިލިއަން ރުފިޔާ މަދުކޮށް ދޭން ކަނޑައަޅާފައި މިއޮތީ އެއަށްވުރެ މަދު އަދަދެއް 1.4 ބިލިއަން ރުފިޔާ. ދެން އެވިދާޅުވަނީ ތިމަންނަ އެކަން ކޮށްދޭނަމޭ. އެއީ ވިރާސީ ރަސްކަމާ ޚުދުމުހުތާރު ވެރިކަމުގައި ކަންކުރާގޮތް. ހެޔޮފުޅުކަމުން ކަންތައް ކޮށްދޭން. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެގޮތެއް. ޖުމްހޫރީ ވެރިކަމަކަށް އަޅުގަނޑުމެން ބަދަލުކުރީ އެކަންތައްތައް ޤަބޫލުނުކުރެވޭތީ. ލިޔެވިފަ ޤާނޫނެއްގެ ތެރެއިން ކަންކުރަން އަޅުގަނޑުމެން ބޭނުންވާތީ. އަޅުގަނޑުމެން ނުވާނެ އެތަން ބަލަން ތިބޭކަށެއް.
ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު ގާނޫނު އަސާސީއާއި ގާނޫނުގައި އެ އޮތް ހަމައާއި އުސޫލެއް ހިފެހެއްޓުމެއް ނެތް ކަމަށާއި ބަޖެޓު ހުށަހަޅާފައި އޮންނަނީ ހަމައެކަނި ލިބޭ އާމްދަނީއާއި ޖުމްލަ ޚަރަދު ޖަހާލާފަ ކަމަށް. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މަޖިލީހަށް ބަޖެޓެއް ހުށަހެޅިއިރު ތަފްސީލުތައް ނުދީ ހުށަހެޅި ފުރަތަމަ ބަޖެޓުކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ހުރިހާ އެއްޗެއް ހާމަކުރާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ކަންކުރައްވަމުން ދާގޮތް މިއީ ކަމަށް.
ރައީސް ޞާލިޙް: އޭސީސީގެ ރައީސާއި އިލެކްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ރުހި ޤަބޫލުވާ މީހެއް ގޮތުގައި ނުހުންނަ ގޮތަށް ބަދަލުކުރަމުން އެގެންދަނީ. އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ކޮމްޕޮޒިޝަން ބަދަލުކުރަމުން އެގެންދަނީ. ދެ ބޭފުޅެއް ބަދަލުކުރުމަށްޓަކައި އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. އޭސީސީގެ މެމްބަރެއް ވަކިކުރުމަށްޓަކާ އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. ބޭނުމަކީ ކޮބައިތޯ؟ ބާރުތައް ޖަމާކޮށް ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފޭރިގަތުން. ނަމަނަމަ އަޅުގަނޑުމެން އެފުރުސަތު ދީގެނެއް ނުވާނެ.
ރައީސް ޞާލިޙް: ޤާނޫނު އަސާސީގައި އޮތީ ކޯއްޗެއްތޯ ބެލުމެއް ނެތް. ގާނޫނުތަކުގައި ލިޔެފައި އޮތީ ކޮން ވާހަކައެއްތޯ ބަލާކަށް ބޭނުމެއް ނުވެ. ފެނިވަޑައިގަތީމާ، ފެނިވަޑައިގެންނެވި ގޮތަކަށް ކަންތައް ކުރައްވަމުން ގެންދަވަނީ. ބާރުތައް ޖަމާކުރަމުން އެގެންދަވަނީ ބާރު ސްޕީޑުގައި. ޤާނޫނު އަސާސީގައި ބަާރުތައް ވަކިކޮށްފައި ހުރި މިނިވަން މުވައްސަސާތައް އެގެންދަނީ މުށުތެރެެއަށްލާ ޖަމާކުރަމުން.
ރައީސް ސާލިޙް ވިދާޅުވީ ދެނެއް ދިވެހިންނެއް ހަމަގައިމުވެސް ވިރާސީ ރަސްކަމަކަށް އެނބުރި އެއް ނުދާނެ ކަމަށާއި އަދި އަނިޔާވެރި ބިރުވެރި ޑިކްޓޭޓަރަކަށް ރުހުންދީގެންނެއް ނުތިބޭނެ ކަަމަށް. ނަމަވެސް މިއަދު މިފެންނަނީ އަނެއްކާވެސް އެބިރުވެރިކަމުގެ ތެރެއަށް، ޚުދުމުޚުތާރު ވެރިކަމުގެ ތެރެއަށް ރާއްޖެ ފުރޮޅެމުންދާ މަންޒަރުކަމަށް.
އަލީ އަހުމަދު: ދެން އޮތީ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ވާހަކަ. މިދިޔަ ހަފްތާ ތެރޭގަ ދާދިފަހުން ނައިބު ރައީސް ވަޑައިގެންނެވި އަޅުގަނޑުމެންގެ ރަށަށް ހަށިހެޔޮ ޕްރޮގްރާމެއް އިފްތިތާހްކޮށްދެއްވަން. ވަރަށް ބިޔަ މެގަ ޕްރޮޖެކްޓެއް އިފްތިތާހްކޮށްދެއްވީ. ހަމައެއާއެކީގަ އަޅުގަނޑަށް ނޫސްތަކުން ފެނިގެންދިޔަ ކުޅުދުއްފުށީ ޕޯޓްގަ ބޯޑްޔާޑެއް ޤާއިމްކުރެވިގެން ދިޔަ ވާހަކަ. ރަނގަޅަށް ބަލާލިއިރުގަ ބޯޓްޔާޑެއްގެ ގޮތުގައި އަޅުގަނޑުމެންގެ އެމްޑީޕީގެ ސަރުކާރު ޕޯޓް ޑިވޮލަޕްމަންޓް ރާވާފައި އޮތީ މަގަތު ފާލަމަކާ އެކީގައި. އަދި އެޔާއެކީގަ ހުރި އެޑިޝަނަލް އެހެން ސަރވިސަސްތަކާ ވެސް އެކީގަ. އެހެންނަމަވެސް މިހާރު ފެނިގެން މިދިއައީ ގަރާޖެއް ގޮތަށް ތަރައްގީކޮށްފައި އޮތް ތަނެއް ބޯޓް ޔާޑެކޭ ކިޔާފަ އިފްތިތާޙްކޮށްލިތަން. މިއީތޯ އަޅުގަނޑުމެން މިހޯދާ ތަރައްޤީއަކީ. ރަށްފުށުގަ ތިބީމާ އަޅުގަނޑުމެންނަށް ތަނެއް ދޮރެއް ނޭނގޭނެ ކަމަށް ނޫނިއްޏާމުން އަޅުގަނޑުމެން ދަނީ މަހަށޭ ހިތާ ކުރާ މަސައްކަތެއްތޯ މީ.
ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ އެމްޑީޕީ އާއެކީގަ އެންމެ ފުރަތަމަ އައި ވެރިކަމުގައި ލާމަރުކަޒީ ނިޒާމް ތަޢާރަފްކުރެވިގެން އައި ކަމަށާއި، ނަމަވެސް ދެން ފަހުން އައި ވެރިކަންތަކުގައި ލާމަރުކަޒީ ނިޒާމް ފަހަތަށް ގޮސްފައި ވަނިކޮށް ދެން ލާމަރުކަޒީ ނިޒާމުގެ އެންމެ ފޮނި މީރުކަން، ކައުންސިލްތަކަށް ލިބިދެވޭ މާލީ ބާރުވެރިކަމާއެކީގަ ލިބުނީ ރައީސް ސާލިޙްގެ ސަރުކާރުގައި ކަމަށް. ރައީސް ސާލިހްގެ ސަރުކާރުގައި ކައުންސިލްތައް ބަރަށް ހިނގަން ފަށަން ބުރު ނޭނގޭވަރަށް ކައުންސިލްތަކުގެ ދުވެލި ހަލުވި ވެފައި ވަނިކޮށް، މިހާރު މިފެންނަނީ ރައީސް ޑރ މުއިއްޒު "އެމްޑީޕީގެ އުޅަނދުގައި ބުރެކި ޖައްސައި މޫނުމައްޗަށް ވައްޓާލިތަން" ކަމަށް އޭނާ ވިދާޅުވި. ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ މާމޮޅު ޗެމްޕިއަނަކަށް ވާނީ ތިމަންނާއޭ ވިދާޅުވެ ވަޑައިގެން މިފެންނަނީ ލާމަރުކަޒީ ނިޒާމަށް މަލާމަތް ކުރާތަން ކަމަށް.
އާޒިމް: އަޅުގަނޑުމެންގެ ސަރުކާރެއްގަ އެެއްޗެހި އަގުބޮޑުވެގެން އުޅޭކަށް ނުޖެހުނު. މިއަދު ކަރަންޓު ބިލު ބޮޑުވެއްޖެ ތިން ގުނައަށް. ފެންބިލު ބޮޑުވެއްޖެ ތިން ގުނައަށް. އެކްސްޗޭންޖް ރޭޓް 20ށް އަރުވާލާފަ އެހުރީ. އަދިވެސް އަރާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. މިބޭފުޅުންގެ ނެތޭ އެއްވެސް އިސްތިރާޖީ ޕްލޭނެއް މިކަން ކުރުމުގެ. ހަމަ ވިސްނުންވެސް ނެތީ. އަޅުގަނޑުމެންގެ ސަރުކާރުން ނެތޭ ލޯނެއް ނަގާފަ ނުދެއްކޭ ވަރުގެ ލޯނެއް. ނުދެއްކޭ ވަރުގެ ލޯނެއް ނަގާފަ އޮތްނަމަ ޓްރާންސިޝަން ޕީރިއަޑްގަ އެވޭފުޅުންނަށް ފެންނާނެ އަޅުގަނޑުމެންގެ ބަޖެޓާއި ނަގާފަ އޮތް އެއްޗަކާ. އައިގޮތަށް އައިސް 35 މިލިއަން ޑޮލަރު ދީފަ ދޫނިތަކެއް ގަނެގެން މާލެއަކަށް ނުގެންނާނެ. ހަމަ ދޫނިތަކެއް... ވައިގަދަ ވެއްޖެޔާމުން އޮޔަށް.....35 މިލިއަން ޑޮލަރު މިއީ ކުޑަ ލާރިކޮޅެއް ނޫން. މިއީ ކިތަށް މީހުންގެ މިއީ ކިތައް މީހުންގެ ބޯހިޔާވަހިކަންތޯ؟ މިއީ ގާތްގަނޑަކަށް 100 މީހުންގެ ބޯހިޔާވަހިކަމޭ މިއީ. އެވެސް ހަމަ އޮޔަށް. އެހުރީ އެއްޗެހިތައް ބަހައްޓާފަ.. ރާއްޖޭގެ ރައްޔިތަކަށް ނުފެންނާނެ އެދުއްވަނިކޮންނެއް. 35 މިލިއަން ޑޮލަރު ހަމަ ވަޔަށް ތަޅާލީ
އާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޔަޤީންކޮށްދީ ކަށަވަރުކޮށްދީފައި އޮތް ކަމެއް ކަމަށާއި، ބިންހިއްކާ ބިން ކަނޑަން ތަންތަން ދީފައިހުރި އިރުވެސް ޑރ މުއިއްޒުގެ ސަރުކާރަށް އެއްވެސް ކަމެއް ނުވާކަމަށް. އެތަންތަނުގައި ފެނާއި، ނަރުދަމާ އާއި ކަރަންޓުވެސް މިސަރުކާރަށް ލައިނުދެވޭ ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރު ނާގާބިލު ކަމަށާއި، އެއްކަމެއްވެސް ނުވާ ކަމަށާއި، ކަންކަން ކުރަން ނޭނގޭ ކަމަށް. އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރަށް ތަޅާލާފަ ސުންނާފަތިކޮށްލާފަ އޮތް މިސްކިތެއް ދިނީމާ 6 މަސް ތެރޭގައި ނިންމާލި ކަމަށާއި، 15 އަހަރުވަންދެން މާލޭގައި އުޅުނު ބުޅާތައް ގެންގުޅޭނެ ކެޓް ޝެލްޓަރ ހަމަސްތެރޭގައި ހުޅުވާފައި ވާނެ ކަމަށް. އެއީ އެމްޑީޕީގެ ކުޅަދާނަކަން ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ކަންތައްތަކަށް ފަރިތަ، މަދު ލާރިކޮޅުން ކަންތައް ކުރަން އެނގޭ ބައެއް ކަމަށް. އަދި އެމްޑީޕީފެ ވެރިކަމެއްގަ ރައްޔިތުން މާޔޫސްކަންމަތީގައި ތިބޭކަށް ނުޖެހޭނެ ކަމަށް އާޒިމް ވިދާޅުވި.
އާޒިމް: ރާއްޖޭގެ ރަށްތައް ގުޅުވާލުމަށް ހެދިފަ... އާރްޓީއެލް ޕްރޮޖެކްޓް... މިއަހަރު ޑިސެމްބަރަށް އަޅުގަނޑުމެންގެ ސަރުކާރު ބާއްވާލިނަމަ މިއަދު ގުޅުވާލައިގެން ރައްޔިތުން ދުއްވާނެ. އަދި މިއުޅެނީ އެންމެ ލޯންޗެއް އިތުރަށް ބަނދެނުލެވިގެން. އެއްކަމެއްވެސް ވާ ބައެއް ނޫން މީކީ.