ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް: ރައްޔިތުންގެ ގޮތެއް ނިންމީމާ ވަގުތު ކޮޅެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ. އެހެން ނަމަވެސް އޭރުގައި އަޅުގަނޑުމެންނަށް އިނގޭ ހާއްސަކޮށް ޕީއެންސީ ޕީޕީއެމް ނޫނީ ލާމަރުކަޒީ ނިޒާމް ފުނޑާލަންކަން މިއަންނަނީ. ރަށެއްގައި ޚާއްސަކޮށް މި ބޭފުޅުން ބުނާ މާލެ ސަރަހައްދު ނޫން އެހެން ރަށެއްގަ ހިނގާ އެއްވެސް ކަމެއް ޕްރޮޖެކްޓެއް ހިނގިޔަ ނުދޭނެކަން އިނގޭ މިތަނުގައި ވެސް އާއްމު ރައްޔިތަކަށް ފަސޭހަވާނެ އެއްވެސް ކަމެއް މިވެރިން ނުކުރާނެކަން އެއީ އޭރުވެސް އަޅުގަނޑުމެންނަށް އިނގޭ ކަމެއް. އަޅުގަނޑުމެންނަށް ވެސް އިނގޭ މިމީހުންގެ ހުރި ގޮތް ކުޑަކަމާ ދިވެހި ރައްޔިތުންނަށް ކުރާނެ ދުއްތުރާއާ ޖެއްސުން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މިވަގުތު ފަރުވާ ކުޑަކޮށްލާ ފަހަތަށް ޖެހިލައިފިއްޔާ އަނެއްކާ މީގެ އެތައް އަހަރެއް ކުރިން ކުރި ވަރަށް ގިނަ މަސައްކަތް އަލުން ބަލުން ކުރަންޖެހޭނީ. އެހެންވީމާ ވަގުތުގެ ބޭނުން ހިފާ އަޅުގަނޑުމެން އެބަޖެހޭ މި މަސައްކަތް ކުރިއަށް ގެންދަން.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު: އެއް އަހަރުތެރޭގައި 22 ބިލިއަން ދަރަނި ކުރި ސަރުކާރެއް ދިވެހިރާއްޖޭގައި ކީއްކުރަން އުޑު ބަޅު ކުރި ހިސާބުގަައި ދުނިޔޭގައި ވެސް ނެތް. އެހެންވީމާ ވަރަށް ބޮޑު އަނިޔާއެއް ދިވެހިރައްޔިތުންނަށް ވަމުންދާއިރު ދިވެހި ރައްޔިތުން މަޑުން ނުތިބެ އެމްޑީޕީއާ ގުޅިގެން މި ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި ކޮންމެހެން ވެސް މަގުތައްމައްޗަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވުމާ ރައްޔިތުންގެ ބާރު އޮތްކަން ދެއްކުމަށްޓަކައި ބައިވެރިވުމަކީ މުހިއްމު ކަމެއް.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު:ކުރީ ސަރުކާރުން ފައްޓާ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބިފައިވާ އާރުޓީއެލް ފަދަ ނިޒާމްތައް ގަނޑުބޮޑުކޮށް އަނެއްކާވެސް ރައްޔިތުންގެ އަތުން އިތުރު ފަައިސާ އާރުޓީއެލްއަށް ނަގަން ވިސްނަމުންދާ ވާހަކަ. ދައުލަތުގެ ބަޖެޓު 49 ބިލިއަނުން 55 ބިލިއަނަށް ބޮޑުކުރި އިރު ޚަރަދުވި ކަމަށް ބުނަނީ 18 ބިލިއަން 31 ބިލިއަން ރުފިޔާ ކާލައިފި. ރައްޔިތުންގެ ގޭގައި މަޑުން ވާނުވާ ބަލަން ތިބެން ޖެހޭ ހާލަތަށްވުރެ މާނުރައްކާތެރި ހާލަތެއް.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަޙްމަދު ނަސީމް: 2019 ވަނަ އަހަރުން 2024 އަށް ވަރަށް ބޮޑު ތަފާތު ތަކެއް އެބަ ފެނޭ. އޭރުގައި އޮތް މަޖިލީހުން ޕީޕީއެމް ޕީއެންސީގެ ފަރާތުން، އަޅުގަނޑުމެންނަށް ކަނޑައެޅިގެން ދޮގުކަމަށް އެގޭ ބައެއް މައްސަލަތަކުގައި ވެސް އެބަހުރި ރައްޔިތުންގެ މަޖިލީހަށް ހުށާހަޅާފައި. ނަމަވެސް އޭރުގެ މަޖިލީހުން އަމަލުކުރަމުންދިއައީ ވަރަށް ތަފާތުކޮށް. އަބަދުވެސް އަޅުގަނޑުމެން ޖާގަ ދިނިން ބަހުސް ކުރުމަށް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަޅުމަށް މައްސަލައެއް ހުށަހެޅުމުން އެންމެ ކުޑަމިނުން އެކަމަށް ބަހުސް ކޮށްލުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން މިހާރު ވަނީ މުޒާހަރާއާއި ގުޅިވަޑައިގެންފައި. މިސްރާބު ހުރީ ހެންވޭރާ ކޮޅަށް. ރައީސް އޮފީސް ސަރަހައްދަށް ދިއުމުގެ ފުރުސަތެއް ނުދިން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް: މިހާރު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑުވާލަމުންދާ މަންޒަރު. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބަ ގަބޫލުކުރެވޭ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަދެ ތިބި މެމްބަރުން އެބަގަބޫލުކުރޭ ދިވެހިރާއްޖޭގެ ގާނޫނު ބާރުކަޑުވައިގެންނޭ ރައީސް މުއިއްޒަށް ވެރިކަމުގައި ހުރެވޭނޭ. އެއީ ކުށް ހީއެއް. ގާނޫނު އަސާސީގެ ބާރު މުއިއްޒު ކަނޑުވާލާ ހިސާބުން ރައްޔިތުން ނުކުންނާނެ.
ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒް: 2008 ވަނަ އަހަރު ގެނެވުނު ގާނޫނު އަސާސީ ހޯދުމަށްޓަކައި ރައްޔިތުން ވަރަށް ގިނަ މަސައްކަތްތަކެއް ވަރަށް ގިނަ ހައްގުތަކެއް ގާނޫނު އަސާސީގެ އެކި އެކި ބާބުތަކުގައި ލިޔެވިގެން ދިއަ. އެކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވެރިވެގަންނަތަން މިފެންނަނީ. އެކަން ކުރުމަށްޓަކައި މެދުވެރި ކުރުވަނީ ރައްޔިތުންގެ މަޖިލިސް. ކޮންމެ ދިމާލަކަށް ބެލިއަސް މި ފެންނަނީ ގާނޫނުތަކަށް ބަދަލު ގެންނަތަން. މިސާލަކަށް އޭސީސީ، މިއަދު އިލެކްޝަންސް ކޮމިޝަން، ދެން އަންނަ ދުވަހު ކައުންސިލްތައް، ދެން އަންނަ ދުވަހު ޖުޑީޝަރީ މި ގޮތަށް ދާ މަންޒަރު މިފެންނަނީ. ވަރަށް ނުބައި މިސްރާބަކަށް ރާއްޖެދާ ތަން މިފެންނަނީ.
ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒް: މިއީ ރާވައިގެން ޑރ މުޙައްމަދު މުއިއްޒު ހިންގާ ވަރަށް ބޮޑު ޕްރޮޖެކްޓެއް. މީގެ ގާތްގަނޑަކަށް 6އެއްކަ މަސްދުވަސް ކުރިން ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި އޮންނާނެ ރައްޔިތުން އެމީހުންގެ ކަންތައް ބެލެހެއްޓުމަށްޓަކައި އިންތިޚާބު ކުރާ ހަމައެކަނި މީހަކީ ތިމަންނާއޭ. ދެން އިތުރަކަށް އެހެން މީހެއްގެ މައްޗަށް ބާރެއް އެހެން ބަޔަކު އިންތިޚާބުކޮށްގެންވެސް ރައްޔިތުން ތަމްސީލުކުރާ މީހަކަށް ތިމަންނައޭ މިހިރީ ހޮވާފަ. އެހެންވީމަ ތިމަންނަ އަތުގައޭ ހުރިހާ ބާރުތަކެއް އޮންނަންވާނީ. އެއާ އެއްކޮށް ވިދާޅުވީ ތިމަންނަ ވަރަށް ކަންތައްބޮޑުވެއޭ ރަށްރަށުގައި ބައިވަރު މީހުން ކަންތައްތައް ބެލެހެއްޓުމަށްޓަކައި އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުން ތިބޭތީވެސް. އެހެންވީމަ އެކަމަށް ވެސް ދެއްކި ހުއްޖަތަކީ އެއީ. އޭގެ ފަހުން އަޅުގަނޑުމެންނަށް މިފެނުނީ މީތި މާދުރަށް އަނެއްކާ ދާތަން. މިނިވަން މުއަައްސަސާތަކުގައި ވެސް މީހަކު ހުރެގެން ނުވޭ ތިމަންނާގެ ރުހުން ތިމަންނާ ލާ މީހާ ނޫން ގޮތަކަށް. މުޅި މިނިޒާމު މިދަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް.
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާޢީ:އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވެސް ޔަގީންކަން މިދެނޭ ރާއްޖޭގެ ފުލުހުންނަށް ވެސް އަޅުގަނޑުމެންގެ ފަރާތުން ތިބޭފުޅުންނަށް އުނދަގޫވާނެ ޒާތުގެ ކަމެއް ނުހިނގާނެ. މިއީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި. ހާއްސަކޮށް އެމްޑީޕީން ތެދުވާނެ. އެމްޑީޕީން އެވާހަކަ ދައްކާނެ. އެމްޑީޕީގެ މެމްބަރުންނަކީ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން. އެވާހަކަ ނުދެއްކިޔަސް އަޅުގަނޑުމެންނަށް ފެނޭ ސޯޝިއަލް މީޑިއާގައި އެކި ގޮތްގޮތަށް ރައްޔިތުންގެ ޝުޢޫރު ހުރި ގޮތް. އެހެންވީމަ ކޮންމެވެސް ބަޔަކު އެބަޖެހޭ އިސްނަގައިގެން ނުކުންނަން. އެބަޔަކީ އެމްޑީޕީ. ރާއްޖޭގެ ރައްޔިތުން ބަރޯސާވާ ބަޔަކީ އެމްޑީޕީ. ބޯޑުތަކުގައި މިފެންނަނީ ހިނގަމުންދާ ކަން ކަން. ދޮގު ވާހަކަތަކެއް ނެތް. މިހާ އަވަހަށް ރާއްޖޭގެ ސަރުކާރެއްގެ މަގުބޫލުކަން ދަށްވި ސަރުކާރެއް ނެތް މި ސަރުކާރު ނޫނީ. އެގޮތަށް އެ ދިމާވީ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގެންފަ ރައްޔިތުންނަށް ގަބޫލުކުރެވުނީ މިހިގާ ގޮތް ގޯސްކަމަށް. ފުލުހުންނަށް އިލްތިމާސް ކުރަނީ ޝުޢޫރު ފާޅުކުރުމަށް ފުރުސަތު ދިނުމަށް. އެމްޑީޕީ ސަރުކާރުގައި މަޖިލިސް ފާރުމަތީގައި ވެސް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ލިބުނު. ގަބޫލު ކުރަންވާނެ ހަގީގަތަކި މިއަދަނީ މީ އަގަމަތީގައި މަލަން އަޅާފަ ފޮރުވޭނެ ޒަމާނެއް ނޫންކަން.
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާޢީ: މިނިވަން މުއައްސަސާތަކާ އެބަ ކުޅޭ، ގޯތި ފްލެޓް، މިގޮތަށް ގޮސް ނުކުރާކަށް ކަމެއް ނެތް. އަޅުގަނޑުމެން ގެނައި ޑިމޮކްރަސީ 30 އަހަރު ފަހަތަށް މިދަނީ. ބިރުވެރި ކަމެއްގެ ތެރޭގައި އަޅުގަނޑުމެން މިތިބީ. މިދިއަ ހުރިހާ ޒަމާނަކަށްވުރެ ބޮޑަަށް ބިރުވެރިކަން އެބައޮތް. މިތަނަށް މިއަންނަނީ ދިވެހި ރައްޔިތުންގެ ހައްގުގައި. އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ދޮށުގައި. އެއީ ރައްޔިތުންގެ މަޖިލީހަކީ އެބޭފުޅުން ވޯޓުލައިގެން އެބޭފުޅުން ހޮވާ މެމްބަރުންތަކެއް ތިބި މަޖިލީހެއް. ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އަޑު ނީވޭ ހިސާބަށް ޝުޢޫރު ފާޅުކުރާ ބޭފުޅުން ގެންދިއުމަކީ ވަރަށް ގޯސްކޮށް ކުރާ ކަމެއް.
މުޒާހަރާގެ ބައިވެރިން ފާޅުކޮށްފައި ޝުޢޫރުތަކަށް ބަލާއިރު، ޑޮލަރު އަގު ބޮޑުވުމާ، ސަރުކާރުން ކަންކަން ސިއްރު ކުރުމާ އީސީގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ނިންމި ނިންމުން ހިމެނޭ
މުޅި ޑިމޮކްރެޓިކް ނިޒާމް މިހާރުގެ ސަރުކާރުން ފުނޑާލަނީ ކަމަށް ބުނެ އަޑު އުފުލުމަށް އެމްޑީޕީން މުޒާހަރާ ކުރަން ފަށައިފި. ޝުޢޫރު ފާޅުކޮށްފައިވާ އެކި އެކި ލިޔުންތައް ހިފައިގެން އެމްޑީޕީން މުޒާހަރާ ކުރަމުންދަނީ މަޖިލިސް ސަރަހައްދުގައި