މިއޮތީ ޓޫރިޒަމް ސީޒަން ނިމިފަ. އެއްވެސް ބޭރުގެ ރެވެނިއު ޖެނެރޭޓްވާ އިންވެސްޓްމެންޓެއް މިތާގަ ހިނގަނީ އެއް ނޫން. އެމްއެމްއޭއިން ޔޫޒަބަލް ރިޒާވް އިތުރުވެއްޖެއޭ ބުނާކަމަށްވަންޏާ އެމީހުން ބުނެދޭންޖެހޭ ޔޫޒަބަލް ރިޒާވް އިތުރުވީ ކިހިނެއްތޯ. އެމްއެމްއޭއިން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭން ޖެހޭ އެސްޑީއެފްއިން ލާރި ނުނަގާ ކަން.
ދެން ރަސްމާލެ ހިއްކުމުގެ މައްސަލަ. ރަސްމާލެ ހިއްކުމަކީ ރައްޔިތުންނަށް އުއްމީދުތަކެއް ލިބިގެންދާނެ ކަމެއް. އެކަމަކު މާތްކަލާކޯ އަދި އެ ހިސާބުން މަސައްކަތް ފެށުނީ. ހިއްކުމަކީ ދާދި ފަސޭހަކަމެއް. ދެން ޝޯ ޕްރޮޓެކްޝަންއާއި ބޮޑު ހިލަޖެއްސުމާއި އަނެއްކަމަކާ އިންފްރާސްޓްރަކްޗަރ..އަދި ކިރިޔާ މަސައްކަތް ފެށެނީ. އެކަމަކު މީކީ ދިވެހިރާއްޖޭގެ ބައިތުލްމާލުން މިވަގުތު ތަންދޭ ކަމެއް ނޫނޭ ކުރާކަށް. އެހެންކަމުން އަޅުގަނޑުމެން އެންކަރޭޖްވެސް ކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން ބޭނުންވަނީ މުއިއްޒު ސަރުކާރުން ވެސް ޚަރަދު ދެކޮޅު ޖައްސައިގެން ކުރެވެން ހުރިކަންތައް ކުރަން. މިގޮތަށް ބޮޑެތި ނުކުރެވޭ ކަންކަމަށް ދާއެއްޗެއް ނޫން. ރަސްމާލޭގަވެސް އެހެންވީމަ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އޭސީސީން ބެއްޔަސް ނުބެއްޔަސް އަދި ފުލުހުންގެ ތަހުގީގު ކުރިޔަސް ނުކުރިޔަސް. އަޅުގަނޑުމެންނަށް އިނގޭ ނުކުރާނެ ކަން ވެސް. އެވަރުގެ އުރައްޕެއް ހުރި އިންސިޓިޓިއުޝަން އެއް ރާއްޖެއަކު ނެތް. ސަރުކާރަށް ބަލަދު އަރާ ސަރުކާރުގެ ބެލެނެވެރިންގެ ތެރޭ ހިމެނޭ މީހަކުގެ ކޮރަޕްޝަނުގެ މައްސަލައެއް ވެސް ހިންގޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑުމެން އަޑުގަދަ ކުރާތީ މިތަނުގަ ތިބި މީހުންގެ މައްސަލަ ބަލަންވީ. އެވެސް ބަލަންވާނެ. އެކަމަކު ކޮބައިތޯ ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ނުވަތަ ނޫޖަގަހައިގެ ފަރާތުން ވެސް ރަސްމާލެ ނަގާ މާލީ ގޮތުން ހައްބަ މުކައްބަ ވެސް ނެތް. އަދި އެއްވެސް ކަހަލަ ޓެކްނިކަލް ކޭޕަބަލްޓީ އެއް ނެތް ބަޔަކަށް، އެ ރާޖޫ ކިޔާބަޔަކަށް ދޭން ކޮން ކޮމްޕާޝަނެއްގެ ދަށުންހޭ މިކަން މިކުރީ. ކޮބާހޭ މިކަން ކުރި ގޮތަކީ. ދެން ކީއްވެހޭ މިހާރު ހުއްޓާލީ. ކޮބާހޭ ދެން ދައުލަތުން ދޭންޖެހޭ ބަދަލަކީ. އޭރު ވަރަށް ވަރުގަދަ. މަޖިލީހަކުން ވެސް ހުއްދައެއް ނުނަގާނަމޭ. މީކީ ބަޖެޓްތެރެއިން ކުރާކަމެއް ނޫނޭ. އެކަމަކު ނިމިދިއަ އިރު އެހެނެއް ވެސް ނޫން. މިއަކަށްވެސް ޖަވާބެއް ނުލިބޭ ރައްޔިތުންނަކަށް. އެހެންވީމަ ކޮބާހޭ މިސަރުކާރުން ކޮރަޕްޝަން ބަލާނަމޭ ބުންޏަސް މިހިރީ ބޮޑެތި މައްސަލަތައް. މިއިން އެއްޗަކަށް ޖަވާބެއް ދޭކަށް ބޭނުމެއް ނޫން. ޖަވާބެއް ނުދެވޭނެ. ނޫޖަގަހައިން ވެސް ޖަވާބެއް ނުދެވޭނެ.
މުއިއްޒު ސަރުކާރުން ކޮރަޕްޝަން އެއްވެސް މައްސަލައެއް ނުބަލާނެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހުވާކޮށްގެން ތިއްބަސް އެމީހުން ޖަވާބުދާރީ ކުރުވާނެ ރައްޔިތުން. މަޖިލީހުގެ މުސާރައިގެ ބޭރުން އެމީހުންނަށް އެ ލިބޭ ފައިސާކޮޅެއް ލިބުނަސް އެމީހުން ކޮށްގެން އެ ތިބަ ހުވާ އަބަދު އަބަދުމެ ހަނދާންކުރަންޖެހޭ. ސަރުކާރުން ކުރާ ރައްޔިތުންނަށް ކަންބޮޑުވާ އެއްވެސް މައްސަލައެއް ބަލާލަން ކެރޭތޯ. މިއަދު ވެސް އަދިވެސް ހަމަ ރައްޔިތުންގެ ޖީބުތައް ފެލާލައިގެން ސްޓެލްކޯއިން ބޮޑު އަގުގަ ނަގަމުން އެދަނީ. އޮޑިޓް ޗެކްކުރާ ވާހަކަ ދެއްކީ. ރައީސް މުއިއްޒެއް ނޫޅޭ މިއިން ކަމެއް ބަލާކަށް. ނޫމަޑީގެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދެއްކީ. އަޅުގަނޑަށް ވަރިހަމަ އޭސީސީން މި މައްސަލަ ނުބެއްޔަސް. އެކަމަކު މުއިއްޒަކަށް އެޔަކަށް ޖަވާބެއް ނުދެވުނޭ އިނގޭތޯ. ބޮޑު ތުހުމަތެއް މި އަންނަނީ. އެއީ ނިމިފަ އޮތް މައްސަލައެއް. އެ މައްސަލަ ހިނގާފަ އޮތީ ރައީސް ޔާމީންގެ ސަރުކާރުގައި. އޭރަކު ނޫމަޑިން ދިވެހިރާއްޖޭގެ ކޯޓަކަށްވެސް ނާދޭ. އާބިޓްރޭޝަން އަކަށް ވެސް ނުދޭ. ދެން އެމީހުންނަށް ކޮން ހިންޓެއް ލިބިގެންހޭ އާބިޓްރޭޝަން އަށް މިދިއައީ. ބަލާއިރު މުއިއްޒު ކޮށްފަ އިން ކަމެއް. މުއިއްޒު އާބިޓްރޭޝަނަށް ބަޔާނެއް ދޭން އެއްބަސްވީމާ އެމީހުން އެދިއައީ. 55 މިލިއަން ޑޮލަރު ދިވެހި ދައުލަތުގެ ބަޖެޓުން ދޭން ނުޖެހޭ ބަޔަކަށް ދިނީ. ޑެޑް އިޝޫއެއް މީ. މިއަކަށް ޖަވާބެއްދޭކަށް ބޭނުމެއް ނުވޭ. ހަމަ އެއްވެސް އެއްޗަކަށް ޖަވާބެއްދޭކަށް ބޭނުމެއް ނުވޭ.
ދީނުގައި މި އޮންނަނީ ސަދަގާތް މީހަކު ކުރާ ކަމަށްވަންޏާ ކައިރިން ދުރަށޭ މިދަނީ. އާއިލާގައި ސަދަގާތް ޑިޒާވްވާ މީހުން ނިކަމެތިން ތިބިއްޔާ ފުރަތަމަ އާއިލާގެ މީހުންނަށް ދޭނީ. އެހެންވީމަ އެ އުސޫލު ބައްލަވައިގެންތޯ އާބަންކޯއިން ފަޒުލް ފުރަތަމަ ފަޒުލް އަންހެނުންނަށް ބިންކޮޅެއް މިދިނީ. ކައިރިން ދުރަށްދާ އުސޫލުންތޯ.
ވަކީލް އާސިފް: ރައީސް ޔާމީން ހިއްކާފަ އޮތް ފޭސް ދޭއް އެއްވެސް ބަލާލުމެއް ނެތި އަބްދުއްރަހީމް އާއި މުއިއްޒު އާއި ފަޒުލް އާއި ސާޖިދާގެ ގާތް މީހުންނަށް 40 ޕަސެންޓް ދީގެން ފްލެޓްތަކާއި އެއްޗެހި ބަހާ ނިންމަނީ. ހުޅުމާލޭގައި ރައީސް ޔާމީން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޖުމްލަ ސޮލިއުޝަނެއް ހޯއްދަވަން ހިއްކެވި ބިން ކޮރަޕްޝަންގެ އުސޫލުން ބަހާލާނީ. އެއީ އަޅުގަނޑަށް ފެނުނު މުއިއްޒު އެއްވެސް ސަރުކާރަކުން ނުބަލާ މިންވަރަށް ކޮރަޕްޝަން ބަލާނަމޭ ބުނިތަން. އެކަމަކު އެއްވެސް ސަރުކާރަކުން ކޮރަޕްޝަން ނުހިންގާ މިންވަރަށް އެ ހިންގަނީ ފާޅުގާ ރޯމާ ދުވާލު އަބްދުއްރަހީމް އާއި ފަޒުލް އާއި މި މީސްމީހުން ގުޅިގެން ބައި އަޅައިގެން.
ޓަނަލް އަޅަން ވާހަކަ ދައްކައިގެން އެތައް ބަޔަކު މީގެ ޖާދުގައި ޖެހިއްޖެ. ހަމަލޮލަށް ނުފެންނަ އެތައް ބަޔަކު. ރައީސް ޔާމީން ބްރިޖެއް އަޅާ ނިންމާލިއޭ ކިޔާފަ މީނަ އަދި ހައުސިންގ މިނިސްޓަރަކަށް ހުއްޓަސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މާ ގިނަ ބާރުތަކާއެކު ހުއްޓަސް މިކަމެއް މުއިއްޒު އަކަށް ނުވާނެ. ބިއްލޫރި ޓަނަލްއެއް ގޮތަށް ސިފަކޮށްދިނަސް މުއިއްޒު އަކަށް ކ. ގުޅިއާ ހަމައަށް ޓަނަލް އެއް ނޭޅޭނެ. ސަބަބަކީ އޯސްޓުގެ ނިޔަލަށް 1153 ހެކްޓަރު ހިއްކާ ނިންމާނަމޭ ބުނީ. ތިން ހަތަރު ފަހަރަށް ތާރީޚު ދީފި. އެތާގަ އޮތީ ފުޓްސަލް ދަނޑެއް އެޅޭވަރުގެ ކުޑަކުޑަ ތަންކޮޅެއް ހިއްކިފަ އިނގޭތޯ.
މުއިއްޒުގެ އެޑަވައިޒަރަކަށް ހުންނެވީ ކަރޯކޭ ޖަނާ. ކޮންމެ ސަރުކާރަކުން ދިންކަމުގައިވިއަސް އެއްލައްކަ އަކަފޫޓުގެ ބިން އޭނައަށް ދެވެނީ ކޮން އުސޫލަކުން. އެއީ އެޗްޑީސީ ނުވަތަ އާބަންކޯގެ އަމިއްލަ ތަނެއް ނޫން. މާލެއިންވެސް ބިންތައް އެހެން ކަފާފަ ނުދެވޭނެ. ކޮންމެވެސް އުސޫލުތަކެއް އޮންނަންވާނެ. އާއިލާގެ ތެރެއިން ދެވޭ ބިމެއްގެ ގޮތަށް މި ދެވެނީ. ރައީސް މުއިއްޒުގެ ހުރިހާ ކަމެއްގަ މިއުޅެނީ ޖަނާ. 15 ރުފިޔާ އަށް އަކަ ފޫޓު ތިލަފުށިން ދޭ ބިން މިހާރު އެދެނީ 5 ރުފިޔާ 6 ރުފިޔާ އަކަފޫޓުން.
ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އަބްދުއްރަހީމް ހުންނެވީ ރައީސް ޔާމީން އާއި އެކު އެއް ނޫން ކަމަށް. އަބްދުއްރަހީމް ހުންނެވީ ޤާސިމްއާއި އެކު ކަމަށް. ޔާމީން އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު އުޅުއްވީ ކުރީގައި ކަމަށާއި ދެން އެމަނިކުފާނު ދެން ޤާސިމް ކަމަށް. އަބްދުއްރަހީމް އޭރުވެސް ގާތް މީހެއް ކައިރީގައި ބުނުއްވި ތިމަންނަ އޭރުވެސް ބުނުއްވީމޭ އަހަރުމެން އަތުގަ ފައިސާއެއް ނެތޭ، މިއައަށްވުރެ މާ ރަނގަޅުވާނެއޭ އަޅުގަނޑަށް ދެން ކޮންމެވެސް ނަމެއް ކިޔާ ކިޔުމަށްވުރެ، ތިމަންނަމެން ޤާސިމަށް ތާއިދުކޮށް މިކަން ނިންމި ނަމަ. ޔާމީން އިތުރަށް ވިދާޅުވި. ޤާސިމް އޭ ވޯޓު ހޯދާނީ. އެކަން އަޅުގަނޑާ ހަމައަށް އައީ ދޮގު ނުކުރެވޭ މީހެއްގެ ފަރާތުން. ޔާމީން ވިދާޅުވީ އަބްދުއްރަހީމް އަށް އެކަން ދޮގު ނުކުރެވޭނެ ކަމަށް. އަބްދުއްރަހީމް ޕީޕީއެމްގައި ނުވަތަ އަޅުގަނޑުމެންނާއި އެކު ހުންނެވިއަސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ އަޅުގަނޑުމެންނާއެކު އެއް ނޫން. ޕީޕީއެމްގެ ފުރަތަމަ އިންތިޚާބުގައި އަބްދުއްރަހީމް ނާކާމިޔާބުވީ ކަމަށާއި، ދެން ފުރައިގެން ދިއައީ މެލޭޝިއާ އަށް ކަމަށް. ރައީސް ޔާމީން އެތައް އާދޭހެއް ކުރައްވައިގެން އައީ. އެހެން އުޅުއްވި ބޭފުޅެއް ކަމަށް ޔާމީން ވިދާޅުވި. އަބްދުއްރަހީމް އަކީ މާ ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑު ގޮނޑީގައި ވެޑުވި މީހެއްކަމަށް ފައިސަލް އަށް ހީވާ ކަމަށްވަންޏާ ދެން ބޭނުންވޭ މިކަހަލަ ކަންކަމުގައި ހަޤީގަތް އޮޅުންފިލުވައިދޭން.
ފްރޮންޓް އޮފީސް ޖަލްސާގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ. އެގޮތުން އެ ޕާޓީގެ ރައީސް ޒޭންގެ އިތުރުން ޑރ ޖަމީލާއި މަލީހުވެސް ބައިވެރިވެވަޑައިގަންނަވާ.