ރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކޮށްފައިވަނީ ފޮރިން އިންވެސްޓްމެންޓުގެ ޤާނޫނެއްގެ ވާހަކަ ދައްކާއިރު ރާއްޖެއަށް ފޮރިން އިންވެސްޓްމެންޓު ގެންނަން މަސައްކަތްކުރާއިރު ހަމައެކަނި ޤާނޫނަކުން ނުބެލެވޭ ކަމަށާއި، ބައެއް އެހެން ކަހަލަ ކަންކަން ވެސް ކުރަންޖެހޭ ކަން މިސާލަކަށް ރާއްޖޭގެ ބޭންކިންގެ ނިޒާމު ރަނގަޅުވުމާއި، އިޤްތިޞާދީ ނިޒާމް ރަނގަޅުވުން ފަދަ ކަންކަމަށް ވެސް ރިއާޔަތް ކުރަންޖެހޭކަން ފާހަގަކުރަމުން. ޝައިހާން ބުނެފައިވަނީ ދާދި ފަހުން ސަރުކާރުން ބީއެމްއެލްއާ މެދު ނުބައި ނަޒަރަކުން ދެކެވޭނެ ފަދަ ގޮތަކަށް އަމަލުތައް ކޮށްފައި ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، އެގޮތުން ބޭންކުން ކުރަން އުޅުނީ ބަޣާވަތެއް ކަމަށް ދޭހަވާ ގޮތަށް ރާއިސް އާއި ސަރުކާރުގެ ވަޒީރުންވެސް ވާހަކަދައްކަވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޭންކަށް އާއްމުން ކުރާ އިތުބާރަށް ބަދަލު އަންނާނެ ކަމަށްވެސް ބައެއް މީހުން ބުނާ ކަމަށާއި، ރާއްޖޭގެ ފިޗް ރޭޓިންގ ދެފަހަރެއްގެ މަތިން ގާތްގާތުގައި ދަށްވެފައވާ ކަމަށާއި، ރޭޓިންގ ދަށްވި ސަބަބު ތަކުގެ ތެރޭގައި ސަރުކާރުގެ ޚަރަދުތަކާއި ކަންކަން ރަނގަޅަށް ނުދާތީ ކަމަށް ރިޕޯޓުގައި ވާކަަމަށް. ޝައިހާން ސުވާލުކޮށްފައިވަނީ ސަރުކާރަށް ލިބިފައިވަނީ ފޮރިން އިންވެސްޓްމަންޓަށް ކޮންކަހަލަ ފެހި ސިގްނަލެއް ތޯ އާއި، އަދި ވެސް ބޭންކުން ކޮށްފައިވަނީ ބަޣާވާތެއް ކަމަށް ސަރުކާރުން ދެކޭތޯ އާއި، ފިޗް ރޭޓިންގ ރަނގަޅުކުރުމަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި، ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކުރުން ރަނގަޅުކުރުން ވިސްނަވާތޯ ބުނެ. ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މި ސަރުކާރަކީ ކުލަ ކުލައިގެ ސިގުނަލް ދޭ ސަރުކާރެއް ނޫން ކަމަށާއި، ސިގްނަލް ތަނުގެ ވާހަކަ ދައްކައިގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް. އަދި ރާއްޖޭގެ ތާރީކުގައި ޑިވޮލަޕްމެންޓް ބޭންކެއް އިބްރާހިމް ނާސިރުގެ ހަޔާތްޕުޅުން ފެށިގެންވެސް ކުރަން ކުރަން ކަނޑައެޅިފައި ހުރި ކަންތައް ތަކެއް ކަމަށާއި، މިއަދު ފުރަތަމަ ފަހަރަށް ސްޓްމްފޯޑްގެ ގްރެޖުއޭޓެއް ގެނެވި, އަދި ބައިނަލްއަޤްވާމީ ގޮތުން އެތައް ފުންނާބު އުސް ބޭފުޅުންތަކެއް ގެނެސް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ރައީސް މިހާރު އުފައްދަވާ ކަމަށާއި، މިހާރު އެމްއެމްއޭގެ ލައިސަންސަށް އެދިފަ ވާނެ ކަމަށާއި، ފިޒިކަލް އިންފްރާސްޓްރަކްޗަރގެ މަސައްކަތް ކުރިއަށް ދަނީ ކަމަށް.
ބީއެމްއެލް އިން ބަޣާވާތް ކުރި މައްސަލައިގެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ބީއެމްއެލް ވިޔަސް ކޮންމެ ބޭންކެއް ވިޔަސް އެންމެ ފުރަތަމަ އިސްކުރަންވާނީ ދިވެހި ރައްޔިތުން ކަމަށާއި، ބޭރުގެ ކިޔަވަން ތިބޭ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ލިބުމާ އެސްއެމްއީ ތަކުގެ ހިމާޔަތުގަ މަސައްކަތްކުރުން ރައީސަށް މުހިއްމު ކަމަށާއި، ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި 5 ޕަސެންޓަށް ވުރެ ދަށުން ސޯޝަލް ހައުންސިންއަށް ލެންޑުކުރަން ބޭންކުތަކަށް ގޮވާލެއްވި ކަމަށާއި، ހާއްސަކޮށް ފައިނޭންޝިއަލް އިންސްޓިޓިއުޝަން ތަކުން އެފަދަ ގޮވާލުން ތަކަށް އިޖާބަދެއްވަން ވާނެ ކަމަށް. މީގެ އިތުރުން ކަމެއް ކުރުމުގަ ސަރުކާރާ ބޭންކާ މުއާމާލާތް ކުރުމަށްވުރެ ބޭންކާ މުއާމަލާތް ކުރާނީ އެމްއެމްއޭ ކަމަށާއި، އަދި އެމްއެމްއޭ އާ ބޭންކާ ދޭތެރޭގައި ދައްކާ ވާހަކައަކަށް މިނިސްޓަރ ވަންނަން ބޭނުންފުޅު ނުވާކަމަށް މިނިސްޓަރ ވިދާޅުވި. އެހެން ނަމަވެސް، މާޒީގައި ކަންކަން ވެފައިހުރި ގޮތަށް ބަލާއިރު އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ފައިނޭންޝިއަލް އިންސްޓިޓިއުޝަން ތަކުން ބައިވެރިވެފައިވަނީ، ފިޔަވަޅެއް އެޅިފައިވަނީ ކިހާވަރަކަށް ތޯ ހަނދާން ނައްތާލާނީ ތޯ މިނިސްޓަރު ސުވާލުކުރެއްވި. މީގެ ބަދަލުގަ އެއާ އެއްފަދަ އެހެން ކަންތައް ތަކެއް ހަނދަން ނައްތާލާނީ ތޯ، ދޫކޮށްލާނީތޯ ނުވަތަ މާބޮޑަށް ވަގުތު ފާއިތު ނުވަނީސް އެކަން ރަނގަޅު ކުރުން ތޯ މިނިސްޓަރ ސުވާލުރެއްވި. އަދި މިއީ މީގެ ކުރިން ސަރުކާރުތަކުން ވަރަށް ފުންކޮށް ވިސްނަން އުޅެފަ ނުވިސްނި ހުންނަ ކަންކަން ކަމަށާއި ނަމަވެސް މިހާރުގެ ރައީސް އެމަނިކުފާނުގެ ވައުދުފުޅުތައް ދެފުންފެންނަ ގޮތަށް ކަންކަން ކުރައްވާ ކަމަށް ވިދާޅުވި. އެހެންކަމުން، ބޭންކެއް ވިޔަސް، ސަރުކާރުގެ އޮފީހެއް ވިޔަސް އެކަންކަމުގެ ރަނގަޅުގޮތްތަކަށް މަސައްކަތްކޮށްގެން ކުރިއަށް ދެވޭނެ ޖާގައޮތް ކަމަށް ވަންޏާ އެކަމަކަށް ބައިނަލްއަޤްވާމީ ފަންނީ ލަފާގެ މަތިން މަސައްކަތް ކުރާނެ ކަމަށް ސައީދު ވިދާޅުވި.
ސައީދުގެ ވާހަކަފުޅުން އެނގުނީ ބީއެމްއެލް އިން ބަޣާވާތް ކުރި ކަމަށް ސަރުކާރުން ބުނި ބުނުން ބަދަލު ނުކުރައްވާ ކަން.
މިނިސްޓަރ ސައީދު ވިދާޅުވީ ރައްޔިތުން ކަމެއްގަ ކުރިއަށް ވަޑައިގަންނަވާ ގޮތްތަކަކަށް ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރައްވާނެ ކަމަށް. އަދި ރީޓެއިލް ބައެއް ވިޔަފާރިތައް މިސާލަކަށް ފޮޓޯގްރާފީ، ޑައިވިންގ އާއި ވޯޓަރސްޕޯޓްސް ފަދަ ދިވެހި ޕާޓްނަރުންނާއެކީގަ ކުރެވޭ ވިޔަފާރި އާއި، އެއްވެސް ޕާޓްނަރެއް ނުލާ ކުރެވޭނެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ ވިޔަފާރިވެރިންގެ އިންޓަރެސްޓްވެސް ހިމާޔަތް ކުރައްވާނެ ކަމަށް.
އުޝާމް ވިދާޅުވީ ޤާނޫނު މިއަދު ތަސްދީގުކުރެވިގެން ދިޔަޔަސް ޤާނޫނަށް އަމަލުކުރަން ފަށާނީ 3 މަސްދުވަސް ފަހުން ކަމަށާއި، އަދި ޤާނޫނަށް އަމަލު ކުރާތާ ތިންމަސް ތެރޭގައި ކެބިނެޓުގެ ލަފައާ އެކު ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް މިނިސްޓަރު ކަނޑައަޅުއްވަން ވާނެ ކަމަށް. އަދި އެދާއިރާތައް ކަނޑައެޅުމާއެކު ރާއްޖޭގައި މިހާރު އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުން އަމަލުކުރާނެ އިޖުރާތްތައް ގާނޫނުގަ ސާފުކޮށް ބަޔާންކޮށްފައިވާނެ ކަން އުޝާމް ފާހަގަކުރެއްވި.
ލޯ ރިފޯމް އަކީ އޭގެ ޒާތުގައި ވަރަށް ވަގުތު ނަގާ ކަމެއްކަމާއި ބައެއް ޙާލަތް ތަކުގައި ވަރަށް ޚަރަދުވެސް ބޮޑު ކަމެއްކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ އެހެންނަމަވެސް ރައީސް ޑރ މުއިއްޒުގެ ވިޝަން އަކީ ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ޤައުމަކަށް ހެދުމަށްޓަކައި ޤާނޫނު ތަކަށް ގެންނަންޖެހޭ އިސްލާހްތައް ނުވަތަ އަލަށް ޤާނޫނު ތައް އެކުލަވާލަން ޖެހޭ ކަމުގައި ވަނީނަމަ އެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރުން ކަމަށް.
އެޓަރނީ ޖެނެރަން ވިދާޅުވީ ފޮރިން އިންވެސްޓްމަންޓް ޤާނޫނު މިއަދު ވުޖޫދަށް އައިރު އެއާއެކީގަ ޕެކޭޖެއްގެ ގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި، މާލީ ސެކިއުރިޓީ އާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނެސްފައި ވާނެ ކަމަށް. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ޤާނޫނުތަކަށް އިތުރު އިސްލާހްތައް ހުށަހަޅާނެ ކަން އެޓަރނީ ޖެނެރަލް ފާހަގަކުރެއްވި.
ފޮރިންގ ޑައިރެކްޓް އިންވެސްޓްމަންޓް އާއި ބެހޭގޮތުން ހެދިފަ ހުރި އެކި އެކި ރިޕޯޓްތަކާއި ހޯދުންތަކުން ދައްކާ ގޮތުގައި ގައުމެއްގެ ޓްރާންސްޕޭރެންސީ އަދި ޕްރެޑިކްޓިބިލިޓީ މިފަދަ ގާނޫނެއް އަންނައިރު ޔަގީން ކުރަންޖެހޭ. ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ވައުދުފުޅުތަކުގައި މިހުރީ ގާތްގަނޑަކަށް ބޮޑެތި ސްޓްރަކްޗްރަލް ރިފޯމް މިހުރީ އިގްތިސާދީ ދާއިރާގައި. ވިޔަފާރި ފުޅާކުރުމާ ރާއްޖެއަކީ ވިޔަފާރި ކުރަން ފަސޭހަ ތަނަކަށް ހެދުން އެއީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވި
ރާއްޖެއަށް އިތުބާރު ކުރައްވާ ރާއްޖެއަށް އިންވެސްޓް ކުރައްވައިގެން ތިއްބެވި ހުރިހާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވަނީ ޝުކުރު އަދާ ކުރައްވާފަ. އޭގެ އިތުރުން އިންވެސްޓަރުން ރާއްޖެއަށް ގެންނަން މަސައްކަތް ކުރެއްވި ހުރިހާ ދިވެހި ރައްޔިތުންނަށާއި، މުސްތަގުބަލުގައި އިންވެސްޓް ކުރާނެ ހުރިހާ ފަރާތްތައް އުއްމީދާއެކު ބަލައިގަނެ އެޑްވާންސް ކޮށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވި
ދިވެހި ރާއްޖޭގެ ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓް ރައީސުލްޖުމްހޫރިއްޔާ ގެޒެޓް ކުރައްވާފައިވަނީ 2024 ސެޕްޓެމްބަރ 3 ގައި
މި ޕްރެސްގައި ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އާއި އެޓަރނީޖެނެރަލް އުޝާމް.