ބޭންކުގެ ސީއީއޯ ފުރައިފި ކަމަށާއި، ޑީއެމްޑީ ވަނީ އޭނާއާ ދޭތެރޭގައި ސަރުކާރުން ކަންތައް ކުރި ގޮތުން އިސްތިއުފާ ދެއްވާފައި ކަން ރައީސް ޔާމީން ފާހަގަކުރެއްވި. ޔާމީން ވިދާޅުވީ ބޭންކާއި ދޭތެރޭ އިތުބާރު ގެއްލޭނެ ފަދަ މައްސައެއް މިހާބޮޑަށް ސަރުކާރުން އުފައްދާފައިވާ ކަމަށާއި، ނަމަވެސް އަދިވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް. އެހެންކަމުން ދެން އުފެދޭ ސުވާލަކީ ކޯޕަރޭޓް ގަވަރނަންސް އުސޫލުން މިހާރު ބެންކު ހިންގަނީ ކާކުތޯ ސާފުކޮށްދޭން ޖެހޭ ކަމަށް. ބޭންކަކީ ހަމައެކަނި ޗެކިން އެކައުންޓާއި ޑިޕޮސިޓް އެކައުންޓް ބަލަހައްޓާ ތަނެއް ނޫންކަމަށާއި އެއީ އެތައް ކަމެއް ކުރަން ޖެހޭ ތަނެއް ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ މިހާރު ބޭންކުގައި ކޯޕަރޭޓް ގަވަރނަންސް އުސޫލުން ބޭންކު ހިންގާ މީހަކު ނެތްކަމަށް. ޔާމީން އިތުރަށް ވިދާޅޫވީ އަދި މިއީ ވަރަށް ކަންބޮޑުވާ ވަރަށް އުދަނގޫ މައްސަލައެއް ކަމަށް. އަދި ބޭންކުގެ ދުވަހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ކަން ފާހަގަކުރައްވަމުން ޔާމީން ވަނީ ބޭންކުގެ މުސްތަޤުބަލާމެދު ސުވާލު އުފައްދަވާފައި.
ޔާމީން: އަޅުގަނޑު އަހާލަން ބޭނުންވަނީ ބްރިޖަށް ބޭނުންވަނީ ކޮންކޮން ލޭނުތަކެއް ތޯ ކަނޑައަޅާފަ މިހަދަނީ، 50 އަހަރުު 150 އަހަރަށް ރައްޔިތުންނަށް 2 އާބާދީ ގުޅުވާލަދޭ ފާލަމެކޭ މިއަޅާދެނީ އެހެންވީމަ މިއަށް ބޭނުންވާނީ ކުރިއަށް ވިސްނާފަ އަޅުގަނޑުމެން އެބަޖެހެއޭ ލޭންތައް ކަނޑައަޅަން. ކީއްތޯ ކޮޅަކަށް ހަތަރު ފުރޮޅުލީ ހަތަރު ލޭން ހެދިޔަސް. ޗައިނާއަކުން ނުބުނޭ އަޅުގަނޑުމެންނަށް ލާރި ނުދޭނަމެކޭ. އަޅުގަނޑުމެންނަށް ނުބުނެއޭ ބްރިޖުގަ ފުޅާމިނުގަ ހުންނަންވާނީ 30 މީޓަރެކޭ. އެހެންވީމާ ޑިޒައިނަރުންނާ ޕްލޭންކުރާ މީހުންނަކީ ދިވެހި ސަރުކާރުން. އަޅުގަނޑޫމެންނަކީ ކްލަޔަންޓުން. އަޅުގަނޑުމެން މީ ރިކުއެސްޓް ކުރާ ބައެއް. މި ބޭބޭފުޅުން ތިއްބަވައިގެން ކީއްވެގެން ތޯ އޭ މިއަދު ލޭނެއް މަދުވާ ވާހަކަ މިދައްކަނީ. ނިމެން އުޅެނިކޮށްނޭ ރައީސް ޔާމީން ސައިކަލު ލޭނެއްގެ ވާހަކަ ބުނީ. ބަލަ ރައީސް ޔާމީނަށް ބްރިޖުގައި ލޭނުތަކެއް މަދު ކަން އެނގޭ ހިސާބުން ކީއްތޯ މިވީ އަހާނެ.
ރައީސް ޔާމީން ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކުން ފެނަކައިގެ ޤާނޫނީ ޝަޚްސިއްޔަކަށް ބަދަލެއް ނާންނަ ކަމަށާއި، ފެނަކަ އަކީ ކެޕިޓަލް ހުރި، އޭގެ ޚަރަދާއި އޭގެ މާލީ ޒިންމާ އުފުލާ ތަނެއް ކަމަށެވެ. އަދި އައިއެމްއެފް، ވޯލްޑް ބޭންކް ފަދަ ތަންތަނުން ބުނަނީ އެތަންތަނުގައި ހުރި ބޮޑެތި މައްސަލަތައް ރަނގަޅުކުރަން ކަމަށާއި، އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިޔުމަކުން އެކަމަށް އެޑްރެސް ކުރެވޭ ކަމަށް ނުވާކަމަށް ވިދާޅުވި. އަދި މިއީ ކޮޓަން ވޫލް ކުރުން ނުވަތަ ލޮލުގަ އަދުން އަޅުވަން ކުރާ ކަހަލަ ކަމެއް ކަމަށް ފާހަގަކުރެއްވި. ހަމައެގޮތުން ރީޖަނަލް އެއަރޕޯޓް އާއި އެއަރޕޯޓްސް ކޮމްޕެނީ މާޖްކުރުމުން ދެތަނުގެ ކޮންސަލްޓޭޓެޑް ހިސާބެއް ނުނިކުންނާނެ ކަމަށާއި، އެކުންފުނި ތަކުގެ ހިސާބު ހުންނަން ވާނީ ވަކިން ކަމަށްވެސް ވިދާޅުވި. އެހެންވީމާ އަދި ރައްޔިތުންނަށް އުއްމީދުތައް ހެޔޮވާން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި.
ހުސައިން ވަޙީދު: "މިއަދު މިހާރު ފެނިގެން މިދަނީ ބަދަލު ހިފުމުގެ ރޫހެއް. ބަދަލު ހިފުމުގެ ރޫހެއް ނެތް ނަމަ 2016 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކުގެ ތެެރޭގައި ޑރ މުއިއްޒާއި އަބްދުއްރަޙީމާއި މި ދެބޭފުޅުން ތިބި ވާހަކަ މި ފެނުނު ތަހުޤީޤު ރިޕޯޓުން އަޅުގަނޑުމެންނަށް މިއޮތީ ފެނިފަ. މީގެން މި ބުނަނީ ކީކޭތޯ؟ މީގައި މި ބުނަނީ ޤާނޫނާ ޚިލާފް، ޤަވައިދާ ޚިލާފް ކޯޓު އަމުރެއް ނެރެ، އެ ކޯޓު އަމުރުގެ އެހީގަ ރައީސް ޔާމީން ހިފާ ހައްޔަރުކޮށްގެން ދޫނިދޫގެ ގޮޅިއަކަށް ގެންގޮސް އެބޭފުޅާ ކޮންމެވެސް ގޮތަކަށް މަރާލާފަ ބަޔަކި މީހުން ވެގެން ކަރަށް މަޅިއެއް ފައްތާ ތަނެއްގަ މިހެން އައްސާ ބަހައްޓާފަ ދަންޖެހިފަ ހުރި ކަމެއް ނުވަތަ ދަންޖައްސާފަ ހުރި މީހެއްގެ ސިފަ ދައްކާފަ އެހާހިސާބުން އަމިއްލަ އަށް ދަންޖެހި މަރުވީ ކަމަށް ދޭހަވާގޮތަށް ކަންކަން ބަދަލުކުރާނީއޭ. އެއީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2018 ވަނަ އަހަރު ސޮއިކޮށްފަ އެތާ އެކްޓިންގ ކޮމިޝަނަރ ނަވާޒް ސޮއި ކޮށްފަ ރިލީޒްކޮށްފަ އިން ކަމަށް ބުނާ ތަހުޤީޤް ރިޕޯޓެއްގަ ލިޔެފަ އިން ވާހަކައެއް. އަދި މީގެ ތެރޭގަ ހަމަ ބުނެފަ އިންނަ ބާހަކައެއް މީ އަބްދުއްރަހީމަށް މިތަކަށް މިލިއަން ރުފިޔާ ޑރ މުއިއްޒަށް މިތައް މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިކަން އެއްކޮށް ނިމިދިޔައީމަ. އެހެންވީމަ ސުވާލަކީ 2014 ވަނައަހަރުން ފެށިގެން 2016 ވަނަ އަހަރުން ފެށިގެން ހިތުތެރޭގަ ނަފްރަތުތަކެއް އެބަހުއްޓޭ ވަކި ބޭފުޅަކާ ދޭތެރޭގަ. އެހެންވީމަ، އަޅުގަނޑުމެން ނެރެފަ ރައީސް ޔާމީން މިނިވަންކުރޭ، ރައީސް ޔާމީން މިނިވަންކުރޭ، ރައީސް ޔާމީން މިނިވަންކުރޭ، އަދި އިތުރު ޝިއާރުތަކަކާ އެކީގަ ބޭރުގަ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމުގެ ވާހަކައާ އެކި އެކި ކޮރަޕްޝަންގެ ވާހަކައާ މިހުރިހާ ވާހަކަތަކެއް ކިޔަން..."