އަބްދުއްރަހީމް: އެމްއެމްޕީއަރުސީގެ މައްސަލައަކީ އެއްމެ ބޮޑު އެއް މައްސަލަ. އެ މައްސަލަ ބަލަންޖެހޭ އެބަ. ވަރަށް ބައިވަރު ފައިސާ ބަޔަކު ދައުލަތުން ވަގަށް ނަގައިގެން މިއުޅެނީ. އެ ފައިސާ އެކި ގޮތްގޮތަށް ބޭނުންކުރަމުން ގެންދާ ތަން ވެސް ބައެއް ބޭފުޅުންނަށް ފެންނަ ވާހަކަ ވެސް އެބަ ބުނޭ. އަނެއްކާ އަޅުގަނޑު މިހެން ދެންނެވީމަ ވިދާޅުވެދާނެ، ބޭފުޅަކު ވީ ނޫންހެއްޔޭ ކޮމިޓީއެއް ހަދައިގެން އެކަން ބަލަން. އެއަކު ދެން މައްސަލައެއްނެތް. އެންމެ އިސްކަމެއްދީގެން ބަލާނެ އެއް މައްސަލަ އެއީ އެމްއެމްޕީއާރްސީ މައްސަލަ. އެއީ ދައުލަތުގެ ފައިސާ. އެއީ ވަރަށް ބައިވަރު ފައިސާ. މަދު އެތިކޮޅެއް ނޫން. ވާހަކަތަކާ ކަންތައްތައް ދާގޮތުން މި ފައިސާ ވީނުވީ ގޮތް އަމިއްލަފުޅަށް ބައެއް ބޭފުޅުންނަށް ވިދާޅުވެވޭ ހިސާބަށް އެބަދޭ. އެހުރިހާ މައްސަލައެއް އަޅުގަނޑުމެން ބަލާނަން
އަބްދުއްރަހީމް ވިދާޅުވީ ނޫސްވެރިޔާގެ ސުވާލަކީ ވަރަށް ހެއްވާ ސުވާލެއް ކަމަށާއި، ޤައުމެއް ބަނގުރޫޓޫކޮށްލާފައި ދިޔަ ބަޔަކު ކައިރިން ޤައުމެއް ބިނާކުރަން އުޅޭ ބަޔަކު ލަފާ ހޯދަން އުޅެނީ ކީއްކުރަންތޯ ކަމާއި އެމީހުންގެ ލަފާ ހޯއްދަވައިގެން އިތުރަށް ވާނީ ނުލަފާކަމަށް. އަދި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޓިމަކީ އެބޭފުޅުން (ކުރީގެ ސަރުކާރުން) ބަނގުރޫޓު ކޮށްލި ޤައުމު އަލުން ބިނާކޮށް އަލުން އާރާސްތުކުރެވޭ ވަރުގެ ޤާބިލު ޓިމެއް ކަމަށާއި އެޓީމަކަށް އެބޭފުޅުންގެ ލަފާ ބޭނުން ނުވާކަމަށް.
އަބްދުއްރަޙީމް: ވަކި މައްސަލައެއް ނޫން. ދައުލަތަށް ޚިޔާނާތްތެރި ވެފަ އޮތިއްޔާ އޮތް މައްސަލައެއް ބައްލަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު އޮންނާނީ ވަރަށް ސާފުކޮށް ވިދާޅުވެފަ. އެމްއެމްޕީއާރްސީ މައްސަލަވެސް، ވެންޓިލޭޓަރު މައްސަލަވެސް، ފެނަކަ މައްސަލަ ވެސް އަދި އެނޫން މައްސަލަތައްވެސް. ދައުލަތަށް ޚިޔާނާތްތެރިވެފަ ހުރި މައްސަލަތައް ބަލާ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިވަނީ ވިދާޅުވެފަ. ދެން އެންމެ ބޮޑު މައްސަލައަކަށް މިއޮތީ ހަމަ އެމްއެމްޕީއާރްސީ މައްސަލަ. އެމައްސަލަ ބަލަންޖެހޭ. ވަރަށް ބައިވަރު ފައިސާ ދައުލަތުން ބަޔަކު ވަގަށް ނަގައިގެން މިއުޅެނީ. އެފައިސާ އެކި އެކި ގޮތްގޮތުން ބޭނުން ކުރަމުން ގެންދާ ތަންވެސް ބައެއް ބޭފުޅުންނަށް ފެންނަ ވާހަކަ އެބަ ވިދާޅުވޭ. އެއީ އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން ބަލާނެ މައްސަލަ. އެއީ މަދު އެތިކޮޅެއް ނޫން އެއީ ވަރަށް ބައިވަރު ފައިސާ. އެހުރިހާ މައްސަލައެއް އަޅުގަނޑުމެން ބަލާނަން.
ފޮރިންގ މިނިސްޓަރ ޒަމީރު:ރައީސްގެ ވިސްނުފުޅުގައި ނެތް ޑްރާސްޓިކް މިޝަރއެއް ނަގައިގެން ރައްޔިތުންނަށް އޭގެ އެތައްބައިވަރު އުނދަގޫތަކެއް ދިމާވެގެން އޭގެއިން ސަލާމަތް ނުވާނެ ގޮތަކަށް ރާވާކަށެއް. ހުރި ރިޒާރވް އެއްގައި އަބަދުވެސް އެބަ މެއިންޓެއިން އެބަކުރެވޭ. އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެޅިފައި އިން އެއްފިޔަވަޅަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ފޮރިންގ ކަރަންސީ ބެލެންސް އިތުރު ކުރަމުން ގެންދިއުން.
މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓު ރިފޯމުގައި އާމްދަނީ ހޯދަން އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ކުރި ކަމަކީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުން ކަމަށް. އަދި އޭގެ އަސަރު ކޮންމެ ރައްޔިތަކަށް ކުރި ކަމަށާއި، ރިފޯމުގައި ނުކުރި ކަމަކީ ޚަރަދު ކުޑަކުރަން ކުރެވޭނެ ކަންކަން ކަމަށް. އަދި އިންތިހާއަށް ސިޔާސީ ގޮތުން އިންތިޚާބު އަހަރަށް ވާތީ މަޤާމުތައް އުފެއްދުން ކަމާއި، ސިޔާސީ ކަންކަމަށް ޚަރަދުކުރުމަށް ޕްރޮޖެކްޓްތައް ތިން ހަތަރުގުނަ ބޮޑުކޮށް ޕާޓީއާ ގުޅުންހުރި ފަރާތްތަކަށް ދެވިގެންދިޔަ ކަމަށް.
އެންމެ އާދައިގެ، އެންމެ އާންމު ރައްޔިތުމީހާގެ ދިރިއުޅުން މިއޮތީ ބީއެމްއެލް އަށް ބަރޯސާވެފަ ކަމަށާއި، އެހެން ކަމުން ދައުލަތުންވެސް ބީއެމްއެލް އާ ދޭތެރޭގައި ޚާއްސަގޮތެއް އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި. އަދި ދެހަފްތާ ކުރިންވެސް ދިޔައީ މިގޮތަށް މިކަން ނުކުރުމަށް ބޭންކަށް ދަންނަވަމުން ކަމަށާއި، މިހާ ކުރު ނޯޓިސްއެއް ނުވަތަ ނޯޓިސްއެއް ނުދީ މިކަހަލަ ކަމެއް ކުރާ އިރު ރައްޔިތުންގެ ސަރުކާރުން ބަލާކަށް ނުހުންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި. މިނިސްޓަރ އިތުރަށް ވިދާޅުވީ މިއީ ބޭންކުގެ ކްރެޑިބިލިޓީ ރަނގަޅު ކުރަންވެސް ކުރަންޖެހޭ ކަމެއް ކަމަށް.
އަދި 2 ހާލަތުގައި އެމްއެމްއޭ ގަވަރުނަރާއި ބައްދަލުކުރެއްވި ކަމަށާއި، އެއް ހާލަތުގައި ބައްދަލުނުވެސް ކުރައްވާ ކަމަށާއި، ބައްދަލުކުރި އަނެއް ހާލަތު ގަވަރުނަރު ވިދާޅުވީ 'ތިމަންނަ އަށް އެނގިގެންނެއް ނޫނޭ ލޯނު ނަގަނީ، ތިމަންނަ އެނގޭ ރޭޓޭއްގައެއްވެސް ނޫނޭ ލޯނު ނަގަނީ'. މިނިސްޓަރ އިތުރަށް ވިދާޅުވީ 27 މާރޗް 2020 ގައި ވެސް މިކަން މިގޮތަށް ނުކުރުމަށް ބުނެ ގަވަރުނަރަށް ސިޓީއެއް ފޮނުވި ކަމަށާއި، އޭގެ އިތުރުން ޕާޓި ތެރޭގައި މަޝްވަރާކުރުމަށްފަހު 28 އެޕްރީލް 2020 ގަ ސިޓީއެއް ފޮނުވި ކަމަށާއި، އެސިޓީގައި ތިވަރަށް ފައިސާ ޗާޕުނުކުރުމަށާއި، ކުރަންޏާ އެބޭފުޅުންގެ ކޮންމެވެސް ވަރެއްގެ ރިޕްރެޒެންޓޭޝަނެއް މަޖިލިސް ތެރޭގައި ނަމަވެސް ބޭންދުމަށް އެދުނު ކަމަށް މިނިސްޓަރު ވިދާޅުވި
އަބްދުއްރަހީމް: ރައީސުލްޖުމްހޫރިއްޔާ ވިދަޅުވެފައި އޮންނާނެ ސިޔާސީ ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނަމޭ. އެ އޮންނަ އުސޫލެއްގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނީ. ރައްޔިތުންނާ ހަމައަށް ސާފުކޮށްދެވޭ ވަރަށް އަދި ތަހުގީގުތަށް ކުރިއަށް ނުދަނީ. މިއަދު އަޅުގަނޑު ދެރަވޭ މިހާލަތަށް ވައްޓަލާފަ އަނެއްކާ އަޅުގަނޑުމެން އައިސް މި ހާލަތުން މިގައުމު ސަލާމަތް ކުރަން ދިމާކުރި ވަގުތު އަނެއްކާ އިތުރަށް މިގައުމަށް ގެއްލުންދޭން މަސައްކަތް ކުރާތީ. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމު ހަލާކުވެގެން ދިއައީމަ އަންނަ ބަޔަކު މިޖެހެނީ ނަގާ ކޮޅަށް ޖަހަން. އޭރު ބީއެމްއެލް އާއި އެމްއެމް އާއި ބައްދަލުކޮށް ހާލަތު ދެނެގަތިން. އެހެންވެ ރައްޔިތުން ވެރިކަން ޕީއެންސީ އާއި ހަވާލުކުރީ. އަޅުގަނޑަކަށް ހިޔެއްނުވޭ ވެރިކަމަށް ވަޑައިގެންނެވި އެއްވެސް ވެރިއަކު 9 މަސްދުވަހު ހުރިހާ ވައުދެއް ފުއްދިހެނެއް. ދައުލަތަށް ޚިޔާނާތްތެރިވެފައި އޮވެއްޖިއްޔާ މިސަރުކާރުން އެކަމެއް ބަލާނެ. ސަރުކާރުގައި ހިތްވަރު ހުންނާނެ. ރައީސް މުއިއްޒު ވަޑައިގަތީ ޤާނޫނީ ވެރިކަމެއް ކުރައްވަން.
މިނިސްޓަރ ސައީދު ވިދާޅުވީ އެމްޑީޕީން ކުރަން އުޅުނު ކަމަކީ މިވަރު ބޮޑު ގެއްލުމެއް ދީފައިވެސް އަނެއްކާވެސް އިދިކޮޅަށް ގޮސް އެހާބޮޑު ގެއްލުމެއް ދޭން މަސައްކަތް ކުރާ ކަމަށާއި، 3-4 ހަފްތާ ވަންދެން ރިޒާވް ހުސްވޭ ކިޔާފައިވެސް ރިޕޯޓްކޮށްލާ ކަމަށާއި، ވަރަށް އުފަލުން ބަނގުރޫޓުކޮށްލާ ވާހަކަ ދައްކާކަމަށާއި، ދުނިޔޭގައި ލެއްވިހާ ބަހަކުން ވެސް އެވާހަކަ ދައްކާލަނީ ކަމަށާއި، ބަނގުރޫޓު ވިއްޔާ އެވީ ހާލަތުގެ ވާހަކަ ކަމަށް ސަރުކާރުން މިދައްކަނީ ކަމަށް.
މިނިސްޓަރ ސަޢީދު: ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އިސްކަމެއްދެއްވާނެ ކަމަކީ ދައުލަތުގެ ރެވެނިއު އިތުރުކުރުން. އޭގެ ތެރެއިން ވެސް ފޮރިންގ ކަރެންސީ ރާއްޖެއިން ހިފެހެއްޓޭނެ އިތުރު ގޮތެއް ހޯދުން. މިއީ ނިމިދިއަ އެއްވެސް ސަރުކާރަކަށް ކުރެވިފައި އޮތް ކަމެއް ނޫން މިހާތަނަށް. ދެވަނަކަމަކަށް ދައުލަތުގެ ޚަރަދު ރެޝަނަލައިޒްކުރުން.
ބީއެމްއެލްގެ ނިންމުމާ ގުޅިގެން ކަންތައްތަކެއް އެއްވަގުތެއްގައި ވެގެންދިޔަ. ކޯއިންސައިޑް ވާގޮތަށް ޕީއެންސީއާ ވާދަވެރި އެމްޑީޕީއިން ޕްރެސްކޮންފަރެންސެއް ދިން ކަމަށާއި، ޕްރެސްގައި ވެސް ރާއްޖޭގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުން ތަކެއް އަންނާނެ ދޮގު ވާހަކަ ތަކެއް ދައްކަމުން ގެންދެވި ކަމަށްވެސް މިނިސްޓަރ ވިދާޅުވި. އަދި 1،2،3 ހަފްތާ ވާންދެއް އެނަލައިޒް ކޮށްލާއިރު ވަރަށް ޓާގެޓްކޮށް ބައެއް އޮންލައިންތަކުގަ އާއި ގޮތް ނޭނގޭ ގޮތަށް އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ ފައިނޭންޝިއަލް ހާލަތު ކޮލެޕްސް ކޮށްލަން ކަމަށް މިނިސްޓަރ ވިދާޅުވި. އަދި ކޮމާޝަލް ބޭންކެއް ވެއްޖެއާ ސެންޓްރަލް ބޭންކާ އެކު މުއާމަލާތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި.
އަބްދުއްރަހީމް: މަޖިލިސް ޗުއްޓީގައި އޮތަސް ސަރުކާރަށް މުހިއްމު ކަމެއް ދިމާވެއްޖެއްޔާ މަޖިލިސް ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން އެކަމެއް ކޮށްދޭ ގޮތަށް މަޖިލިސް މިއޮތީ. ސަރުކާރުން ތައްޔާރުވިހާ އަވަހަކަށް ޖަލްސާތައް ކުރިއަށް ގެންދާނަން. ސަރުކާރަށް އާމްދަނީ ހޯދުމަށްޓަކައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެއްގޮތަކަށް ވެސް ނޯންނާނެ ދައުރު ނިމެންދެން.
އަބްދުއްރަހީމްގެ ޖަވާބާއި ގުޅިގެން ނޫސްވެރިއާ އިތުރަށް ސުވާލު ކުރެއްވުމުން އަބްދުއްރަހީމްވަނީ ނޫސްވެރިޔާ ހުއްޓުވާފައި. އަބްދުއްރަހީމް ވިދާޅުވީ "އަޅުގަނޑު ސުވާލެއް ނުކުރަމޭ އަދަދު ނޫހަކަށް އަޅުގަނޑު ދެއްކި ވާހަކަ އެއް ޖަވާބުދޭކަށް. ތިބޭފުޅާގެ ސުވާލަށް އަޅުގަނޑު ޖަވާބު ދީފިން. އެހެންވީމަ މިހާރު ނިމުނީ. ދެ ސުވާލު ކުރީ." އަނެއްކާވެސް ނޫސްވެރިޔާ ސުވާލު ތަފްސީލު ކުރުމުން އަބްދުއްރަހީމް ވަނީ ވަރަށް ރުންކުރުކޮށް ނޫސްވެރިޔާއާއި މުޚާތަބުކޮށްފަ.
އަބްދުއްރަހީމް: އަޅުގަނޑު ދެންނެވީ ސުވާލު އުފެއްދެވެމުގެ ޖާގަ އެބައޮތޭ. އަޅުގަނޑުމެންނާ ބައްދަލުކޮށް ރައީސް ޔާމީން ވިދާޅުވިއޭ ތިމަންނަ އެއްގަމަށް އަރާ ބަލާލިއިރު ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ބޭފުޅެކޭ އެއީ ޕާޕާއޭ. އޭނާ އޭ އެކަން ކުރީ. އަޅުގަނޑުމެން އެންމެންގެ ހާޒިރުގައި ރައީސް ޔާމީން ވިދާޅުވިއޭ. އެކަން ހިނގި އިރު ޕޮލިހުންގެ އިންޓެލް ތިމަންނަނަށް އަށް ނުލިބޭތާ 6 މަސް ދުވަސްވެއްޖެއޭ. އޭރު ކޮމިޝަނަރ އޮފް ޕޮލިސް އަކަށް ހުންނެވީ ހުސެއިން ވަހީދު
ރައީސް ޔާމީން އޭރުގެ ހައުސިން މިނިސްޓަރަށް ބަވާލީ ސިނަމާލެ ބްރިޖުގެ އެއްލޭން މަދޭ ވިދާޅުވެ. ޑރ މުއިއްޒަކީ ރައީސް ޔާމީންގެ 5 އަހަރު ތެރޭގައި އީވައިސީގައި ހިމެނި ވަޑައިގަތް ބޭފުޅެއް ނޫން. ހައުސިންގ މިނިސްޓަރުގެ މަސްއޫލިއްޔަތަކީ އީވައިސީން ނިންމާގޮތަކަށް އެމަސައްކަތް ކުރުން. އެހެންވީމަ އޭގެ ލޭނެއް މަދުވުން ނުވަދުމަކީ ހައުސިންގ މިނިސްޓަރުގެ ޒިންމާއެއް ނޫން. އެއީ ހައުސިންގ މިނިސްޓަރު ކުރައްވަން ޖެހޭ ކަމެއްވެސް ނޫން. ސިޔާސީ ގޮތުންވެސް ކުރައްވަން ޖެހޭ ކަންތައް ތަކާ ކުރައްވަން ނުޖެހޭ ކަންކަން ހުންނާނެ.