ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް މިއަދު އެ ބޭންކުން ބަދަލު ގެނައުމާ ގުޅިގެން ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް މިނިސްޓަރ ޒަމީރު ވިދާޅުވީ ބޭންކުން ގެނައި ބަދަލު ގެނެސްފައިވަނީ އޭރު މަޝްވަރާ ކުރެވުނު، އަދި ލަފާ އެރުވުނު ގޮތަކަށް ނޫން ކަމަށް. ބޭންކް އޮފް މޯލްޑިވްސްގެ ބޮލަށް މައްސަލަ ޖެހުމަށްފަހު މިނިސްޓަރ ވިދާޅުވީ، ބޭންކަށް ހުރި ދަތިތަކާއި އެއްޗެހި އަންޑަރސްޓޭންޑްވެފަ ވާހަކަ ދައްކައިގެން މަސައްކަތް ކުރީ ކަމަށް. އެމްއެމްއޭއިން ވެސް ފިނޭންސް ވެސް އަދި އެހެން ހުރިހާ ބޭފުޅުން ވެސް ވާހަކަ ދައްކަވާފަ. ބޭންކްތަކަށް ޑޮލަރު ލިބުމަށް އަންނަ ދަތިކަން ހައްލު ކުރެވޭނެ ގޮތަކަށް ވާހަކަ ދެކެވިގެން އައީ ކަމަށް. ސަރުކާރުގެ އިންޓްރެސްޓް އެބަހުރި ބޭންކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް.
ފޮރިންގ މިނިސްޓަރ ޒަމީރު ވިދާޅުވީ ރައްޔިތުންނަށް އުނދަގޫތަކެއް ހުރެއްޖެ ކަމަށްވާނަމަ ރައީސް ޑރ މުއިއްޒަށް ވަރަށް ދަތިފުޅުވާނެ ކަމަށާއި، ބޭންކުން ގެނައި އެ ބަދަލު ބަދަލު ކުރެއްވި އެ ސަބަބާ ހުރެ ކަމަށް. އެގޮތުން އަލުން މަޝްވަރާ ކޮށްގެން މިއަދު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރީ ކަމަށް.
ސަރުކާރު ބޭނުންވާ ގޮތަށް ސަރުކާރުގެ ކުންފުންޏެއް ނުދާ ކަމަށްވަންޏާ ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުން އޮންނަ ނިޒާމެއް އޮވޭ. ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭންކާ ބައްދަލު ކުރެއްވި. އަދި ބައްދަލު ކުރައްވާފަ ދިވެހި ކިޔަވާ ކުދިންނާ ދިވެހިރާއްޖޭގައި ކާޑް ބޭނުންކުރާ ފަރާތްތަކަށް މި ލިމިޓޭޝަން ގެނައުމަކީ އެކަން ކުރަން ބޭނުންވާ ގޮތް ނޫން ކަން ފާހަގަކުރެއްވި. ދެން ބީއެމްއެލްއަށް އޮތް ދަތިކަން ފިލުވަ ދޭން ބީއެމްއެލް އާއި ސެންޓްރަލް ބޭންކް ވާހަކަ ދައްކާނީ ކުރިއަށް އޮތްތާނގައި.
އެމްއެމްއޭ އިން ދިން ޔަގީން ކަމަކީ ކޮބައިތޯ އާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުން ކުރަނީތޯ އަދި ބީއެމްއެލް އަށް ސަޕޯޓް ދެއްވަނީ ކޮންގޮތަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ދެއްވި ޖަވާބުގައި އެވާހަކަ ތަފްސީލުކޮށް ސާފުވާ ގޮތަށް ޖަވާބު ދެއްވާފައި ނުވާތީ އެ ސުވާލު ތަކުރާރު ކުރުމުން މިނިސްޓަރ ސަޢީދު ޕޯޑިއަމަށް ވަޑައިގެން ވާހަކަ ދެއްކެވި. ވިދާޅުވީ އަޅުގަނޑުމެންގެ ރައީސެއް ބޭނުމެއް ނުވާނެއޭ، ރާއްޖެއިން ބޭރުގައި ކިޔަވަން ގޮސްފަ ހުރި ކުއްޖެއްގެ އެކައުންޓަށް ޑޮލަރެއް ނުދާނެ އެއްވެސް ޗޮއިސް އެއް އޮންނާކަށް. ކޮވިޑަށްފަހު ރާއްޖެއަށް މާގިނަ ޗޮއިސް ތަކެއް ނެތް. ކްރެޑިޓް ކާޑް، ޑެބިޓް ކާޑް ބޭނުންކޮށްގެން އޮންލައިން ވިޔަފާރިތައް ވެސް އެބަކުރޭ. ކުރާއިރު، އަޅުގަނޑުމެންނަށް ވާރުތަވި މައްސަލަ އެއީ ހުއްޖަތަކަށް ހަދާފަ ކިޔަވާ ކުދިންނަށް ފައިސާ ނުލިބި އަދި ޑެބިޓް ކާޑު ބޭނުންކުރާ އޮންލައިން ޓްރާންސްސެކްޝަން ހަދާ ބޭފުޅުންނަށް ލިމިޓޭޝަން އެއް އައުމަކީ އަޅުގަނޑުމެއް ގަބޫލު ކުރާނެ ގޮތެއް ނޫން. އެގޮތް ރައީސަކަށް ގަބޫލެއް ނުކުރެވޭ. ބޭންކާއި ސެންޓްރަލް ބޭންކާ އެއްކޮށް މުއާމަލާތްތައް ދެއޭ އެ ބުނާ ވާހަކަ އަކީ ބީއެމްލްގެ ހުރި ދަތިތައް އެމްއެމްއޭ އަށް ކޮށްދެވިދާނެތޯ އަދި ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ވަގުތު ބޭނުންވާނެ. އެކަންތައްތައް ކޮށްދެއްވާނެ ވާހަކަ ފިނޭންސް މިނިސްޓަރ އެ ވިދާޅުވީ.
އެމްއެމްއޭ އިން ދިން ޔަގީން ކަމަކީ ކޮބައިތޯ އާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުން ކުރަނީތޯ އަދި ބީއެމްއެލް އަށް ސަޕޯޓް ދެއްވަނީ ކޮންގޮތަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ދެއްވީ މުޅިން އެހެން ޖަވާބެއް. އެ ސުވާލުގައި މިނިސްޓަރ ވިދާޅުވީ، ޑޮލަރަށް ބަރޯސާވެފައިވާ މިންވަރު އިހުނަށްވުރެ ބޮޑުވެއްޖެ ކަމަށް. އެއީ ވިޔަފާރީގައި ވެސް އާއްމު ދިރިއުޅުމުގައި ވެސް. ޑޮލަރު އައުޓް ފްލޯވެސް އެބަދޭ ވަރަށް ބޮޑަށް. އެކަން ގަބޫލުކުރަން. ބީއެމްއެލް އަކީ ރައްޔިތުންނާ ގުޅިފައިވާ ދިވެހިންގެ ބޭންކް ކަމަށް ވާތީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަކަށް ވީހާވެސް ރަނގަޅަކަށް ގެންދެވޭނީ ކިހިނެއްތޯ ބެލުން. ބީއެމްލެގެ ކާޑު ތަކަކީ ކިޔަވާ ކުދިންނުން ފެށިގެން އެންމެ އާދައިގެ ރައްޔިތު މީހާވެސް ގެންގުޅޭ އެއްޗެއް. ވަރަށް ގިނަ ފަހަރަށް ބީއެމްއެލް އާއެކު މަޝްވަރާ ކުރެވިފައިވާނެ. ބޭންކްގެ ކަންބޮޑުވުންތައްވެސް ހިއްސާކުރެވިފައިވާނެ. ބީއެމްއެލްއަށް ސަޕޯޓް ބޭނުންވާ ކަމަށް ފާހަގަކުރި. އެގޮތުން ކޮންކަހަލަ ސަޕޯޓެއްތޯ ދެވޭނީ. މީގަ ހުރި ސޮލިއުޝަންތަކަކީ ކޮބައިތޯ. ބީއެމްއެލްއަށް ބޭނުންވާ ސަޕޯޓް އޮޕްޝަންތަކެއް އެބަހުރިތޯ، ކޮން ކަމެއްތޯ ކޮށްދެވޭނީ. ކޮށްދެވެން ހުރި ހުރިހާ ކަންތައްތަކެއް އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދޭނަމޭ. ސެންޓްރަލް ބޭންކާ އަޅުގަނޑުމެން މަޝްވަރާ ކުރަންޖެހޭ. ރާއްޖެއިން ޑޮލަރު މި ލިބޭ ގޮތްތައް މިބަލަނީ. ޑޮލަރު އިންފްލޯ އިތުރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިއަދުވެސް ކެބިނެޓްގައި މަޝްވަރާ ކުރެވުނު. އާމްދަނީ ޑޮލަރުން ލިބޭނެ ގޮތްތައް އިތުރު ކުރެވޭތޯ މިބަލަނީ. މިނިސްޓަރ ޝަފީގް ޖަވާބު ނިންމާލެއްވުމުން ތަކުރާރުކޮށް ނޫސްވެރިޔާ ބުނީ އޭނާގެ ސުވާލަށް ޖަވާބު ނުލިބޭ ކަމަށް.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ތިން އަހަރެއްގެ މިޑް ޓާރމްގެ ފިސްކަލް ރިޕޯޓް އޮތީ އެކުލަވާލެވިފައި ކަމަށް. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މެއިންސްޓްރީމް ނުކުރެވޭނެ، ރާއްޖޭގެ ބަޖެޓަކަށް ޑައިވަރސިފިކޭޝަންގެ އެއްވެސް މަސައްކަތެއް މިފަހަރު ފިޔަވާ. އެ އޮތީ އެ ރިޕޯޓް ޑޮމައިން އަށް ދާ ހިސާބުގައި. މި ހުރިހާ ކަމެއްގެ ނާތީޖާ އަކީ ރައްޔިތުން ބޭނުންވާ އަމާން ސްޓޭބަލް އިކޮނަމީއަކާ އަދި މިނިވަން ދިވެހި ދައުލަތެއް ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށް.
ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. ޕްރެސްގައި ބައިވެރިވަނީ، ފިނޭންސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަފީޤް އާއި، ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު އާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް. ދައުލަތަށް ލިބޭ އާމްދަނީ ރާއްޖޭގައި ރިޓެންޑް ކުރެވޭނެ ގޮތްތަކާއި ސިޔާސަތު ކަނޑައެޅުމާއި މިކަންކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮންމެ އާދިއްތަ ދުވަހަކު ކުރެވޭ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި. އެގޮތުން މިއަދު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިއަ ކަމަށް. ސަރުކާރު ހަވާލު ވިއިރު އޮތް ހާލަތާ މިހާރުގެ ހާލަތަށް ބަލާއިރު ބާކީ މިއޮތް 4 މަހުގައި ލަފާ ކުރެވޭ ގޮތުގައި 4.1 % ގެ އިގްތިސޯދު ކުރިއެރުމެއް ލިބޭނެ ކަމަށާއި ހަމަ އެއާއެކު އަންނަ އަހަރު 6.1 އިންސައްތައިގެ އިގްތިސާދީ ކުރިއެރުމެއް ރާއްޖެ ހޯދާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި.
ރައީސް އޮފީހުން މި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ ކޮންކަމަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަން ހާމަ ކޮށްފައެއް ނުވޭ. ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާން ނިންމީ އާދިއްތަ ދުވަހުގެ 1:30 ގައި. ނޫސްވެރިން ވެސް ރައީސް އޮފީހަށް ގެންގޮސް އިރުތަކެއް ވަންދެން ބޭ ތިއްބުމަށްފަހު، އެންގީ ފަހުން މީޑިއާތަކާ ބައްދަލު ކުރާނެ ވާހަކަ. އޭގެ އިރުތަކެއް ފަހުން އަނެއްކާވެސް މިއަދު 5:00 ގައި ބާއްވަން އިއުލާންކުރި. ނޫސްވެރިންގެ ބައްދަލުވުމަކި ކޮންކަމަކާ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަން ހާމަ ކޮށްފަ ނުވިނަމަވެސް މި ދަނޑިވަޅަކީ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ކުރަމުން އައި ޑޮލަރު މުއާމަލާތްތައް އާދިއްތަ ދުވަހުން ފެށިގެން ހުއްޓާލުމަށްފަހު އަނެއްކާވެސް އެ ގެނައި ބަދަލުތައް މިއަދު އުވާލައިފައިވާ ދަނޑިވަޅެއް.