ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު

  • ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗުގެ އެނަލިސްޓުން
  • ޓީސީ ފައިނަލަށް ދަތުރުކުރި މަގު
  • ޓީސީއާ ދެކޮޅަށް ނުކުންނަ ޕޮޗިއޮން ސިޓިޒަން އެފްސީ
 
Writer Profile Picture
އަހުމަދު ފައިރޫޒު
ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗުގެ އެނަލިސްޓުން

ރާއްޖޭގެ ޓީސީ ސްޕޯސްޓްސް ކުލަބާއި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބައްދަލުކުރާ ފައިނަލް މެޗުގެ އެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ޓީސީ ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު އާފިއު އަދި ކުލަބު ގްރީންސް ސްޓްރީޓްގެ ކޯޗު ސޮބާހުއެވެ. ޕްރީ ޝޯ ގެނެސްދޭނީ ރާއްޖެޓީވީގެ ރިޕޯޓަރ ނާފިއު މެޗުގެ ކޮމެންޓްރީ ގެނެސްދޭނީ ވާސިފްއެވެ.

3 މާރޗް 2017 | ހުކުރު 22:20
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ފައިނަލަށް ދަތުރުކުރި މަގު

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލަށް ޓީސީން ދަތުރުކޮށްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި ޓީސީއަށް ވާދަކުރަން ޖެހުނީ އެންމެ ވަރުގަދަ ގްރޫޕްގައެވެ. އެގޮތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އާ ކިރްގިސްތާންގެ އަލްގާ ބިޝްކެކް އަދި ފައިނަލްގައި މިއަދު ކުޅޭ ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓިޒަން އެފްސީ އާ ވާދަކުރަން ޖެހުނެވެ. ފުރަތަމަ މެޗުގައި ޑާކާ އަބަހާނީ އަތުން 1-0 އިން މޮޅުވެ، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން ކިރްގިސްތާންގެ އަލްގާ ބިޝްކެކް ބަލިކުރިއެވެ. ގްރޫޕް ފަހު މެޗުގައި ޕޮޗެއޯން ސިޓިޒެންއާ އެއްވަރުވީ 1-1 އިންނެވެ. އެއަށްފަހު ސެމީގައި ޓީސީ ބައްދަލުކުރީ ނޭޕާލްގެ އެންމެ ކާމިޔާބު ޓީމު މަނަންގް މަޝްޔަންޑީއާ ދެކޮޅަށެވެ. އެ މެޗުން ޓީސީ މޮޅުވީ 1-0 އިންނެވެ.

3 މާރޗް 2017 | ހުކުރު 21:55
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީއާ ދެކޮޅަށް ނުކުންނަ ޕޮޗިއޮން ސިޓިޒަން އެފްސީ

ފައިނަލްގައި ޓީސީއާ ދެކޮޅަށް ނުކުންނަށް ޕޮޗިއޮން ސިޓިޒަން އެފްސީ އަކީ ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަން ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ޓީމެވެ. އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ލީގުގައި ނެރެމުންނެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ ބޮޑު ތަށްޓެއް އެޓީމަށް ކާމިޔާބުކުރެވިފައިވާކަމަށް ތާރީހަކުން ނުދައްކަ އެވެ. ކޮރެއާ ތިންވަނަ ޑިވިޝަން އެޑްވާންސްގެ ކުޅުން މި މަހު ފަށާއިރު، މިއީ ޕޮޗިއޮން އަށް ލީގު ފެށުމުގެ ކުރިން ޓީމު އެކުލަވާލަން އަދި ކުޅުންތެރިން ޓެސްޓުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ކޮރެއާގެ ފުޓުބޯޅަ ދުނިޔެއަށް 2007 ވަނަ އަހަރު އުފަންވި ޕޮޗެއިން ތިންވަނަ ޑިވިޝަނަށް ކޮލިފައިވީ ތިން އަހަރު ދުވަހުގެ މަސައްކަތުންނެވެ.

3 މާރޗް 2017 | ހުކުރު 21:53
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބު ކޯޗު

ޓީސީގެ ކޯޗަކީ މީގެ ކުރިން ކްލަބް ވެލެންސިއާ އަދި ޔޫތު ސްޕޯޓްސް ކުލަބުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުލަބުތައް ކުޅެ އަދި ޔޫތު ގައުމީ ޓީމުގެ ކޯޗުގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތަޖުރިބާ ހޯދާފައިވާ މުޙައްމަދު ނިޒާމް (ނިޒާމްބެ)އެވެ. މި މުބާރާތަކީ ނިޒާމްބެގެ ހަޔާތުގައިވެސް ވަރަށް މުހިތްމު މެޗެކެވެ. ދިވެހި ފުޓްބޯޅައާ މެދު ޒަމާނުއްސުރެ އޮތް ވިސްނުން ބަދަލުކޮށް، ކާމިޔާބީ ކުލަބުގެ ނަމަކުން ނުވަތަ ފައިސާކައުން ވާ ކަމެއް ނޫންކަން ނިޒާމްބެ ވަނީ ދައްކުވައިދީފައެވެ. ނިޒާމްބެގެ ހުވަފެނާއި ގާތަށް ޖެހިލަން މިވަނީ އެންމެ ފިޔަވަޅަކަށް ކައިރިވެފައެވެ. ފައިނަލުގެ ކުރިން ޓީސީގެ ކޯޗު ނިޒާމްބެ ބުނީ އެ ޓީމު ފައިނަލަށް ނުކުންނާނީ މުޅި ރާއްޖެ ފަހުރުވެރިކޮށްދިނުމަށް ކަމަށެވެ. މިދިޔަ އަހަރުގެ އެއް ވަނަ ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

3 މާރޗް 2017 | ހުކުރު 21:51
Writer Profile Picture
އަހުމަދު ފައިރޫޒު
ޓިސީގެ ހަޔާތަށް ކުރުނަޒަރެއް

މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް ޒުވާން ކުލަބެކެވެ. ނަމަވެސް 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ޓުރަސްޓް އެންޑް ކެއާ (ޓީސީ) އިންވަނީ ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކުލަބު ފެންވަރު ދައްކާލާފައެވެ.

 

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަ ކުރި އަހަރު ޓީސީންވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައިވެސް ޓީސީން ކުޅުނެވެ. މިދިޔަ އަހަރު އެޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ލީގުގެ ދެވަނަ އާއި އެފްއޭކަޕް އަދި ޕުރެސިޑެންޓްސް ކަޕްގެ ދެވަނަ ހޯދިއެވެ. އެފަހަރު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީގެ ހަސަން ނާއިޒު (ދާދު) އެވެ.

 

ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލުމުގެ އަޒުމުގައި ފުރަތަމަ ފަހަރަށް ލީގުގައި ވާދަކުރި ޓީސީން 2015 ވަނަ އަހަރު ލީގަށް ނުކުތީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ތިބި ގިނަ ކުޅުންތެރިން ހިމަނައިގެންނެވެ. މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ އިތުރުން މިފަހަރު ޓީމާއި ގުޅުނީ މަދު ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ. އެގޮތުން އަލީފާސިރު (ސެންޓޭ) އާ އަހުމަދު އަބްދުﷲ (ލިލީ) ލިލީ ހިމެނެއެވެ. ޓީސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. މި މުބާރާތުގައި މި މި ދެކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ. މީގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިންވެސް ޓީސީއާ ވަނީ ގުޅިފައެވެ. މިސްރުގެ ޑިފެންޑަރު އީސާ މަގްރަބީ އާއި ނޭޕާލް ގައުމީ ޓީމުގެ ކިރަން ސެމްޝޮން އަދި ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްގެ ކުޅުން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

3 މާރޗް 2017 | ހުކުރު 21:50
Writer Profile Picture
އަހުމަދު ފައިރޫޒު
ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ފައިނަލް މެޗު

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލްގައި ބައްދަލުކުރަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަދި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ އެވެ. މިއީ ބައިނަލް އަޤްވާމީ މިފަދަ މުބާރާތެއްގެ ފައިނަލަށް ދިވެހި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ތަޖުރިބާކާރު މަދުކުޅުންތެރިން ކޮޅަކާއިއެކު ވާދަކުރާ ޓީސީން ވަނީ މުބާރާތުގައި އާދަޔާ ޚިލާފު މޮޅުކުޅުމެއްދާފައެވެ. އެގޮތުން މުބާރާތުގެ ފައިނަލާއި ހަމައަށް ޓީސީން ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މާބޮޑު ތާރީޚެއް ނެތަސް މުބާރާތުގެ މިހިސާބަށް ޓީސީ ދަތުރުކޮށްފައިވަނީ އެޓީމުގެ ހިތްވަރާ މަސައްކަތުންނެވެ. މިއަދުގެ މެޗަށް ނުކުންނައިރު ޓީސީން އޮތީ ކުލަބާއި ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އުންމީދުގައެވެ.

3 މާރޗް 2017 | ހުކުރު 21:34