ކޮވިޑް-19: އެންމެ ފަހުގެ

18,732,948
  • ސައުދީގެ ރިއެންޓްރީ ވިސާ އިތުރު 3 މަހުގެ މުއްދަތައް އިތުރު ކުރަން ރަސްގެފާނު އަމުރު ކުރައްވައިފި
  • އެމެރިކާގައި އެއްދުވަހާ 33،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި
  • އެމެރިކާގެ ނިއުޔޯކުގައި ކޮވިޑް-19 ޖެހިގެން މަރުވީ މީހުންގެ ޝަރަފުގައި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
 
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީގެ ރިއެންޓްރީ ވިސާ އިތުރު 3 މަހުގެ މުއްދަތައް އިތުރު ކުރަން ރަސްގެފާނު އަމުރު ކުރައްވައިފި

ކޮވިޑް-19 އާއި ގުޅިގެން ސައުދީޢަރަބިއްޔާއިން ބޭރުނުވެވި ތިބި ބިދޭސީ މަސައްކަތްތެރިންނަށް، ހިލޭ 3 މަސްދުވަހަށް ވިސާ އިތުރުކޮށްދިނުމަށް ސައުދީ ރަސްގެފާނު ސަލްމާން އަބްދުލް ޢަޒީޒު އަމުރުކުރައްވައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 11:59
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާގައި އެއްދުވަހާ 33،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި

އެމެރިކާގައި އެއް ދުވަހާއި 33،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. ބުދަ ދުވަހު އެގައުމުން 33,323މީހުންނަށް ވައިރަސް ޖެހިފައިވާއިރު ބުދަ ދުވަހު ވައިރަސް ޖެހިގެން 1,922 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 14,817 އަށް އަރާފަ އެވެ. އެމެރިކާގެ ހުރިހާ ސްޓޭޓްތަކަކުން ވަނީ ވައިރަސް ޖެހިފައިވާ މީހުން ފެނިފަ އެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 10:11
Writer Profile Picture
ޒިހްނަތު ހަސަން
އެމެރިކާގެ ނިއުޔޯކުގައި ކޮވިޑް-19 ޖެހިގެން މަރުވީ މީހުންގެ ޝަރަފުގައި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

އެމެރިކާގެ ނިއުޔޯކުގައި ކޮވިޑް-19 ޖެހިގެން މަރުވީ މީހުންގެ ޝަރަފުގައި ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

ނިއުޔޯކްގެ ގަވަރުނަރު އެންޑްރީ ކުއޯމޯ ވިދާޅުވެފައިވަނީ، ބުދަ ދުވަހަކީ އެ ސިޓީގައި އެންމެ ގިނަ މީހުން ކޮވިޑް-19 ގައި މަރުވި ދުވަސްކަމަށެވެ. ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އޭގެ ޝިކާރައަކަށް އެންމެ ގިނައިން ވަމުންދަނީ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ މީހުންކަމަށާއި، އަދި މުޖުތަމަޢުގެ ޒިންމާއަކީ މިފަދަ މީހުން މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުން ކަމުގައި ގަވަރުނަރު ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ހުރިހައި ސްޓޭޓަކަށް މިހާރު މިވައިރަސް ފެތުރެމުންދާއިރު، ވައިރަސްގެ އެންމެ ނުރައްކާ ބޮޑީވެސް އަދި އެންމެ ހަލުވިމިނެއްގައި ފެތުރެމުންދަނީވެސް ނިއުޔޯކުގައެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 08:28
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މުސާރަ ކުޑަކުރަން ރެއާލް މެޑްރިޑްގެ ކުޅުންތެރިން ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، މުސާރަ ކުޑަކުރަން ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި އޮފިޝަލުން ނިންމައިފި އެވެ.

މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރެއާލްގެ ކުޅުންތެރިންނާއި ކޯޗުގެ އިތުރުން އޮފިޝަލުންގެ މުސާރައިން 10-20 އިންސައްތަ ކުޑަކުރަން ވަނީ ނިންމާފައެވެ. ރެއާލުން ބުނީ މިގޮތަށް ނިންމީ ކްލަބުގެ އެހެން މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދިނުމަށްޓަކައި ކަމަށެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 08:24
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެ

ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓުކުރެވޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށް އެޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 08:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިޔަނަށް ވުރެ މައްޗަށް އަރައިފި

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:58
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ކުށް ގަބޫލުކޮށް މޮރީނިއޯ މާފަށް އެދިއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމުލުކުރެވުމުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ މާފަށް އެދިއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެކަމަކު ޓޮޓެންހަމްގެ ކުޅުންތެރިން ކަސްރަތުކުރުމަށް ނުކުމެ އުޅޭއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް ގައިގޯޅުވެ އުޅެމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މިޑްފީލްޑަރު ޓަންގުއީ އެންޑޮމްބެލޭ އަދި ހޭޑްލީ ކޮމޮން އެކުގައި ބޭރުގައި ކަސްރަތު ކުރަން އުޅުނުއިރު، ސޯޝަލް ޑިސްޓެންސިންގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:57
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ދިފާއު ޓީބީ ވެކްސިނުން ލިބިދާނެ ކަމުގެ އުއްމީދު!

ޓީބީ ބަލިން ދިފާއުވުމަށް ދެމުން އަންނަ ބީސީޖީ ވެކްސިނުން ކޮވިޑް-19 ބަލިން ދިފާއު ވުމުގެ ފަރުވާ ހޯދިދާނެ ކަމުގެ އުއްމީދު ބޮޑު ކަން ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ސައިންސްވެރިން ގެ ދިރާސާ އަކުން ހާމަވެއްޖެއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:39
Writer Profile Picture
ޒިހްނަތު ހަސަން
ކައުންސިލްތަކަށް އަންނަ ޤާނޫނީ ހުސްކަން ފިލުވުމަށް ހުށަހެޅި ބިލު، ޤާނޫނު އަސާސީއާ ޚިލާފެއް ނޫން: ހަސަން ލަތީފު

މިހާރު ހިނގަމުންދާ ކައުންސިލްތަކަށް އަންނަ ޤާނޫނީ ހުސްކަން ފިލުވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރ ޙަސަން ލަޠީފު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު ޤާނޫނީ އަސާސީގެ ރޫޙާ ޚިލާފުނޫންކަމަށް ބިލު ހުށަހެޅުއްވި މެންބަރ ވިދާޅުވެއްޖެއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:38
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފަންޑު ހޯދުމަށް ޕްރިމިއާ ލީގު ކުޅުންތެރިންގެ ހާއްސަ ކެމްޕޭނެއް

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ނެޝަނަލް ހެލްތު ސާވިސަސް އަށް އެހީވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

"ކުޅުންތެރިން އެކުގައި" މި ނަމުގައި ފެށި މި ކޭމްޕޭން މެދުވެރިކޮށް ނެޝަނަލް ހެލްތު ސާވިސަސް އަށް ފަންޑު ހޯދުމަށް ޕްރިމިއާ ލީގުގެ ކުޅުންތެރިން މަސައްކަތް ކުރާނެ އެވެ. އަދި މި ކެމްޕޭން ކުރިއަށް ގެންދަނީ ނެޝަނަލް ހެލްތު ސާވިސަސް ޗެރިޓީސް ޓުގެދާ އާ ގުޅިގެންނެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅިގެން ސައުދީ-ޔޫއޭއީ ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމައިފި

ސައުދީއަރަބިއްޔާއާއި ޔޫއޭއީގެ ގުޅިފައިވާ ލަޝްކަރުން ޔަމަނަށް ދޭ ޙަމަލާތައް މެދުކަނޑާލަން ނިންމައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:33
Writer Profile Picture
ޒިހްނަތު ހަސަން
''ކޮވިޑް-19 ވިޔަފާރި އެހީ''ގެ ނަމުގައި ލޯނެއް ތައާރަފުކޮށްފި

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤުތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޮވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް ތަޢާރަފުކޮށްފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:29
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ކޮވިޑް-19 ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެެނޯމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19އަށް ޓެސްޓުކުރެވޭ މީހުންނާ މެދު ތަފާތުކުރުންތައް ނުގެން ގުޅުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19އަށް ޝައްކުވެގެން ޓެސްޓު ކުރާ މީހުން ބާކީކޮށް، ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.

9 އޭޕްރިލް 2020 | ބުރާސްފަތި 07:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅިގެން ދުބާއީގައި ކައިވެންޏާއި ވަރިކޮށްދިނުުން މަޑުޖައްސާލައިފި

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ދުބާއީގައި ކައިވެނި ކޮށްދިނުމާއި ވަރިކޮށްދިނުން މުއްދަތެއް ނެތް ގޮތަށް މަޑުޖައްސާލައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 23:14
Writer Profile Picture
ޒިހްނަތު ހަސަން
ކާފިއު ގަޑީގައި މިއަދު 215 މީހަކު ބޭރަށް ނިކުތް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކާފިއު އިޢުލާނުކޮށްފައިވާ ގަޑީގައި ބުދަ ދުވަހު ބޭރަށް ނިކުމެ އުޅުނު 215 މީހަކަށް ނަޞޭހަތް ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

8 އޭޕްރިލް 2020 | ބުދަ 23:10
Writer Profile Picture
ޒިހްނަތު ހަސަން
ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުގައި އިތުރު ކަރަންޓީން ފެސިލިޓީއެއް ޤާއިމު ކުރަނީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ނަމުގައި އިތުރު ކަރަންޓީން ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

8 އޭޕްރިލް 2020 | ބުދަ 23:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިޓަލީން 139 ހާހަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިޓަލީވިލާތުގައި މިއަދު އިތުރު 3,836 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވުމާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދު 139,422 އަރައިފިއެވެ.

8 އޭޕްރިލް 2020 | ބުދަ 23:08
Writer Profile Picture
ޒިހްނަތު ހަސަން
ބޮޑުވަޒީރު ކޮވިޑް-19 އިން ސަލާމަތްވާނެކަމުގެ ޔަޤީންކަން އެބައޮތް: އިނގިރޭސި ފޮރިން ސެކްރެޓަރީ

މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އެ ރޯގާއިން ސަލާމަތްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް، އެޤައުމުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވެއްޖެއެވެ.

8 އޭޕްރިލް 2020 | ބުދަ 23:08
Writer Profile Picture
ޙުސައިން މަޚްތޫމް
ކުރެއްދޫ ތަހުގީގު

ކުރެއްދޫގައި ހިންގާ ތަހުގީގަކާއި ގުޅިގެން މަސައްކަތް ކުރަމުންދަނީ އެޗްޕީއޭއާއި ކޯޑިނޭޓް ކޮށްގެން. ލިޔެކިޔުމުން އެދިގެން ހުއްދަ ލިބިގެން އެ ރިސޯޓަށް އަރަމުންދަނީ. އެރަށަށް އަރާ އިރުގައި ކަން ކުރަންވީ ގޮތް ވަނީ ކިޔާ ދީފައި. އެ ރަށަކީ އައިސޮލޭޝަން އޭރިއާއެއް ވަކިން ކަނޑައަޅާފައިވާ ރަށެއް. ތަހުގީގު ކުރަމުންދާ އިރު ސޯޝަލް ޑިސްޓޭންސިން ބަހައްޓާނެ. މީހުންނާ ދިމާވާ ގަޑީގައި މާސްކް ފަދަ ތަކެތި ބޭނުން ކުރާނެ.

8 އޭޕްރިލް 2020 | ބުދަ 21:57
Writer Profile Picture
ޙުސައިން މަޚްތޫމް
ވިލިވަރުގައި ހިނގި އަލިފާނުގެ ހާދިސާ

ރޯވި ކޮންޓެއިނަރުގައި ހުރީ ޕްލާސްޓިކާއި ކޮންސްޓްރަކްޝަންއަށް ބޭނުންކުރާ ތަކެތި.

8 އޭޕްރިލް 2020 | ބުދަ 21:40
Writer Profile Picture
ޙުސައިން މަޚްތޫމް
ކާފިއު ގަޑީގައި 215 މީހަކަށް ނަސޭހަތް ދެވުނު

215 ފަރާތެއް ހުއްޓުވުނު

177 ދިވެހިން

38 ބިދޭސީން

8 އޭޕްރިލް 2020 | ބުދަ 21:38
Writer Profile Picture
ޙުސައިން މަޚްތޫމް
ބޮޑުފުށި އަދި ޖޯލި މޯލްޑިވްސް

33 މީހަކު އައިސޮލޭޓް ކުރެވި 21 މީހެއްގެ ސާމަޕަލް ވަނީ ނެގިފައި.

ކްލޯސް ކޮންޓެކްޓް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން.

8 އޭޕްރިލް 2020 | ބުދަ 21:37
Writer Profile Picture
ޙުސައިން މަޚްތޫމް
ބޮޑުފުށި އަދި ޖޯލި މޯލްޑިވްސް

މި ދެ ރިސޯޓުގައި އުޅުމަށްފަހު ފުރައިގެންދިޔަ ފަހުން ޕޮޒިޓިވްވި މީހާގެ ކޭސް އާއި ގުޅިގެން 33 މީހަކު ވަނީ އެކަހެރި ކުރެވިފައި. މީގެ ތެރޭގައި ހިމެނެނީ ރިސޯޓުގެ ސްޓާފުންނާއި، އެމީހާ ގޮވައިގެން އެއަރޕޯޓަށް ދިޔަ މީހުންނާއި، އެއަރޕޯޓުގެ ގްރައުންޑް ސްޓާފުންނާއި، ފުލައިޓް ކުރޫން ހިމެނޭ.

8 އޭޕްރިލް 2020 | ބުދަ 21:36
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19: ނޫސްވެރިންގެ ބައްދަލުވުން

ކަރަންޓީން ފެސިލިޓީގައި ހުރި މީހާކު މާލެ އައި ވާހަކަ؛

- އެނބޫދޫ ފެސިލިޓީގައި ހުރި ކުއްޖެއްގެ ކާފަ ނިޔާވެގެން އެޗްޕީއޭގެ ފަރާތުން އެ ކުއްޖާއަށް ހުއްދަ ދެވުނީ މޫނު ބެލުމަށާއި، ކަށު ނަމާދުގައި ބައިވެރިވުމަށް މާލެ އައުމަށް ހުއްދަ ދެވުނު. މިކަން ކުރަން ވަކިގޮތަކަށް އިރުޝާދު ދެވިފައިވޭ. އިޖްތިމައީ ގައިދުރުކުރުމުގެ ދަށުން ވަކިން ހުރެގެން ކަށު ނަމާދު ކުރުމަށް އެ ކުއްޖާއަށް އިރުޝާދު ދެވުނު. އަދި އެކަން ކުރެވިފައިވަނީ ހަމަ އެގޮތަށް.

ކަށުނަމާދު ނިންމަފައި އެމްއެންޑީއެފްގެ އުޅަނދެއްގައި އެކުއްޖާ ގެންދެވުނީ އެނބޫދޫ ފިނޮޅަށް ނަމަވެސް އަލުން އެނބޫދޫ ވިލެޖަށް 15 މިނެޓް ފަހުން އަނބުރާ ގެންދެވުނު. މާދަމާ އަކީ އެ ކުއްޖާގެ ސާމްޕަލް ނެގެޓިވް ވެއްޖެނަމަ ދޫކޮށްލުމަށް ހަމަޖެހިފައިވާ ކުއްޖެ.

އެނބޫދޫ ފިނޮޅުގައި އެއްވެސް މީހަކާ ކޮންޓެކްޓް ނުވޭ.

ކަރަންޓީންގައި ތިބި ފަރާތްތަކުގެ އާއިލާގެ މީހަކު ނުވަަތަ ގާތްތިމާގެ މީހަކު ނިޔާވެއްޖެ ނަމަ މި ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ދެމުން އަންނަނީ. އިސްތިސްނަގެ ހާލަތުގެ ދަށުން މިކަމަކީ ހުއްދަ ދެވޭ ކަމެއް.

8 އޭޕްރިލް 2020 | ބުދަ 21:33